ހުލާސާކޮށް އިއްޔެ: ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ރައީސް މުއިއްޒު އާއި އިހުސާންގެ އިސްތިއުފާއަށް ގޮވުން

Feb 1, 2025, 1:39 AM
ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ --- ފޮޓޯ: އަދަދު

ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ --- ފޮޓޯ: އަދަދު

އެތައް ސަތޭކަ މީހުންނެއް ބައިވެރިވި އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުން 8:30 ގައި މުޒާހަރާ ފެށީ ވެސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަން ފެށުމާއެކު އެވެ.

"އަނިޔާވެރިނުވެ ފަހަތަށް ޖެހިވަޑައިގަންނަވާ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފުދިއްޖެ. ރައީސް މުއިއްޒު އިސްތިއުފާ ދެއްވާ،" މުޒާހަރާ ފެށުމާއެކު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

Advertisement

އެއަށް ފަހު ވާހަކަ ދެއްކި ބައިވެރިން އަދި މުޒާހަރާގައި އަޑުހަރުކޮށް ވެސް ގޮވަމުން ދިޔައީ ރައީސް މުއިއްޒު އާއި އިހުސާން އިސްތިއުފާ އަށް ގޮވަމުން ދިޔަ އެވެ.

އިހުސާންގެ އިސްތިއުފާ އަށް ގޮވީ ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގައި، ޕީއެންސީ އަށް ފޯމުތައް ފުރި މައްސަލަ އާއި، އައިޑީކާޑު ޔުނިޓުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް ވަގު ފޯމު ފުރާފައިވާ ތުހުމަތުގަ އެވެ.

މި މުޒާހަރާ ބޮޑުތަކުރުފާނު މަގުން ގޮސް، އަމީނީ މަގުން އައިސް ނިންމައިލީ ވެސް އާޓިފިޝަލް ބީޗް ސަރަހައްދަށެވެ.

މި މުޒާހަރާގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ބައިވެރި އެވެ.

މުޒާހަރާ ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާޝަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރު ބަދަލު ވަންދެން ނުވަތަ ހަމަ މަގަން އެޅެންދެން ކުރިއަށް އޮތް ތަނުގައި މުޒާހަރާކުރާނެ ކަމަށެވެ.

ހިނގާލުމަށް ފުލުހުން ހުރަސްއަޅާފައެއް ނުވެ އެވެ. އަދި މުޒާހަރާގެ ބައިވެރިން ވެސް ފުލުހުންނާ ކުރިމަތިލާން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައެއް ނުވެ އެވެ.

މި މުޒާހަރާއަށް ތައްޔާރުވަމުންދިޔައިރު ސަރުކާރުގެ އިސްވެރިންނާއި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ދިޔައީ މި މުޒާހަރާއަކީ ގައުމުގެ ހަމަޖެހުން ނަގާލައި، ފުލުހުންނާ ކުރިމަތިލުމަކަށް ދާން ބޭއްވި އެއްވުމެއް ކަމަށް ތުހުމަތު ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox