ރައީސްގެ ދިއްދޫ ދަތުރަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރަން އެމްޑީޕީއަށް އަންގައިފި

ރައީސް މުއިއްޒު މިފަހުން ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރެއްގައި އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިފަހުން ރާއްޖޭގެ ރަށަކަށް ކުރެއްވި ދަތުރެއްގައި އެ ރަށު ރައްޔިތުންނާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ހއ. ދިއްދޫއަށް ކުރަން ނިންމަވާފައިވާ ދަތުރަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރަން ދިއްދޫ ކައުންސިލުން އިދިކޮޅު އެމްޑީޕީއަށް އަންގައިފި އެވެ.

އެމްޑީޕީގެ އެ ދާއިރާގެ ރައީސް، އަބްދުﷲ ވަހީދުއަށް އެޑްރެސްކޮށް އިއްޔެ ދިއްދޫ ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނީ ދިއްދޫ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ދަތިވާ ގޮތަށް ލައުޑް ސްޕީކަރު ކަހަލަ ވަސީލަތްތައް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރަން އެދޭ ކަމަށެވެ.

"މި ދަތުރުފުޅާ ގުޅިގެން އިންތިޒާމު ކުރައްވާ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާ ފަދަ ގޮތަކަށް ލައުޑް ސްޕީކަރު މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ،" ދިއްދޫ ކައުންސިލުން ފޮނުވި ސިޓީގައި ބުންޏެވެ.

Advertisement
ރައީސްގެ ދަތުރަށް ހުރަސް ނޭޅުމަށް އެދި ދިއްދޫ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީ
ރައީސްގެ ދަތުރަށް ހުރަސް ނޭޅުމަށް އެދި ދިއްދޫ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީ

ރައީސްގެ ދަތުރަށް ހުރަސް ނޭޅުމަށް އެދި ދިއްދޫ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީ

ރައީސުލްޖުމްހޫރިޔއްޔާ ދިއްދޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދަތުރަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށް އަންގައި ދިއްދޫ ކައުންސިލުން އެމްޑީޕީއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގި ކަމުގައިވީ ނަމަވެސް ރަށުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާން ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގާނޫނީ އިމުން ބޭރު ނުވުމަށެވެ.

ރައީސްގެ ދަތުރަށް ހުރަސް ނޭޅުމަށް އެދި އެ ރަށު ކައުންސިލުން އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވާއިރު، މިދިޔަ މުއްދަތުގައި ރާއްޖޭގެ އެކި ކަންކޮޅަށް ރައީސް ކުރެއްވި ދަތުރުތަކާ ގުޅުވައި ދަތުރަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް އެ ޕާޓީން ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox