ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް 40،000 މެންބަރުން ވެއްދީ ރައީސްގެ ބައިވެރިވުމާއެކު: ފައްޔާޒު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް މީހުން ވައްދާކަން ފަޅާއެރިފަހުން، ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ އެ ޕާޓީއަށް 40،000 އެއްހާ މީހުން ވެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބައިވެރިވުމާއެކު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ހޯދުމާއި ލިބުމުގެ ހައްގުގެ ދަށުން "އަދަދު" އިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑިސެމްބަރު، 2024، ގެ ނިޔަލަށް ޕީއެންސީއަށް 68،968 މީހުން ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ.

އިލެކްޝަންސްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ސެޕްޓެމްބަރު 19، 2024، ގެ ނިޔަލަށް ޕީއެންސީގައި ތިބީ 28،983 މީހުންނެވެ. އެހެންކަމުން ސެޕްޓެމްބަރު 19، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް ހިނގައިދިޔަ ތިން މަހާއި 12 ދުވަހުގެ ތެރޭގައި އެ ޕާޓީއަށް 39،985 މީހުން އޮތީ ވައްދަައިފަ އެވެ.

މިކަމާ ގުޅިގެން ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އީސީއިން ޕީއެންސީގެ ފޯމުތައް ބަލައިގަތީ އެ ތަކެތީގެ ސައްހަކަން ބެލުމެއް ނެތި ކަމަށެވެ. އަދި ޕީއެންސީން މި ފޯމުތައް ވެއްދީ ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"ފޯމުތަކުގެ ސައްހަކަން ބެލުމެއް ނެތި 40،000 މެމްބަރުން އެ ޕާޓިއަށް އިތުރުކޮށްދީފައި. ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން މިކަމުގައި އޮވެ ނުދާނެ ކަމަށް ޤަބޫލުކުރަން މަޖުބޫރުވަނީ މިކަމުގައި އެމަނިކުފާނު ހަނު ހުންނެވުމުން،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ފައްޔާޒުގެ އިތުރުން އާންމުންނާއި އިދިކޮޅު އެހެން ޕާޓީތަކުގެ ސިޔާސީންވެސް ދަނީ މި މައްސަލާގައި އީސީއަށާއި ޕީއެންސީއަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ މީހުން ބުނަނީ ވަގު ފޯމުތަކުގެ މައްސަލަ ނުބަލާ އީސީއިން ތަފާސްހިސާބުތައް އާންމުކޮށްގެން ވެސް ނުވާނެ އެވެ. ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ބެހުމުގައި ވެސް ބަލަނީ މެންބަރުންގެ އަދަދަށް ކަން ވެސް އެ މީހުން ފާހަގަކޮށްފައިވެ އެވެ.

ޕީއެންސީއަށް ވަގަށް މީހުން ވެއްދުމުގެ މަސައްކަތުގެ ބޮޑު ބައެއް ކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ނެޝިނަލް ރެޖިސްޓްރޭޝަން ހިންގާ އޮފީހުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންނެވެ. ވަގު ފޯމު ފުރުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދިޔައިރު، އިސްކޮށް ހުންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއެންއާރުގެ ވެރިންގެ، އަބްދުލްމަޖީދު އަދި އަހުމަދު އާލީ ވަނީ އެ ހުރިހާ ކަމަކަށް އެއްބަސްވެފަ އެވެ.

ފޯމު ފުރުމުގެ މަސައްކަތް ކުރިއިރު ޕާޓީއަށް ވަންނަން އެދޭ އެއްވެސް މީހަކު އެތަނަކު ނުހުރެ އެވެ. ނަމަވެސް ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާ މީހުން އެތަނުގައި ތިބެ އެވެ. ޕީއެންސީއަށް މީހުން ވައްދާ ފޯމުގެ އިގުރާރުގައި ބުނަނީ، ހެކިވެރިޔާ ސޮއި ކުރަނީ ޕާޓީއަށް ވަންނަން އެދޭ މީހާގެ ހާޒިރުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ތިން މަހު ޕީއެންސީއަށް މީހުން ވެއްދި ރޭޓަށް ބަލާއިރު އެއީ މަހަކު 13،000 އަށްވުރެ ގިނަ މީހުންނެވެ. ދުވާލަކަށް ބަލާއިރު އެއީ ކޮންމެ ދުވަހަކު 388 މީހުންނެވެ. އަދި ގަޑިއިރުން ގުނާ ނަމަ ކޮންމެ 60 މިނެޓަކު އެ ޕާޓީއަށް 16 މީހުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox