ގަބޫލު ކުރަނީ ރޯދައިގެ ކުރިން ފްލެޓު ލިސްޓު އިއުލާނު ކުރެވޭނެ ކަމަށް: ރައީސް

ގަބޫލު ކުރަނީ ރޯދައިގެ ކުރިން ފްލެޓު ލިސްޓު އިއުލާނު ކުރެވޭނެ ކަމަށް: ރައީސް

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ފްލެޓު ލިބުނު މީހުންގެ ލިސްޓު ރޯދަ މަސް ފެށުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދެކުނު ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ގއ. ދެއްވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުލެޓާއި ގޯތި ލިބިފައި ހުރި މީހުންނަށް ހަމަ އެ ތަންތަނުން ގޯއްޗާއި ފްލެޓު ދެއްވާނެ ކަމަށެވެ. ނަމަވެސް މަކަރު ހަދައިގެން ނުވަތަ އޮޅުވާލައިގެން ފްލެޓާއި ގޯތި ހޯދަން މަސައްކަތް ކުރި ފަރާތްތައް އޭގެތެރެއިން އިސްތިސްނާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދު މިކުރަނީ ވީހައިވެސް އަވަހަކަށް ފްލެޓުތައް، އެ 4000 ފްލެޓުގެ ކަންތައް ނިންމައި އަޅުގަނޑުމެންނަށް އިއުލާނު ކުރެވޭނެ ކަމަށް،... ރޯދައިގެ ކުރިއަށް ހަމަ އިރާދަކުރެއްވިއްޔާ އިއުލާނު ކުރަން މި މަސައްކަތް ކުރަނީ، އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

Advertisement

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލުމަށްފަހު އެ ދެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ޑރ. އަބްދުﷲ މުއްތަލިބު އާ ހަވާލު ކުރީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފްލެޓާއި ގޯތީގެ ކަންކަން ކުރިއަށް ގެންދަވަން ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި، މިހާރު އެ މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ ފްލެޓާއި ގޯތި ލިބުނު މީހުންނަށް އެ ލިބުނު ތަންތަނުން ވީހައިވެސް އަވަހަކަށް އެ ތަންތަން ހަވާލު ކުރަން ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ ވަރަށް ބާރު ސްޕީޑުގައި އެ ވައުދުވީ ގޮތަށް އެކަން އަޅުގަނޑު ކުރަން މަސައްކަތްތަކެއް މިހާރު ފަށާފައި އެއޮތީ، މައިގަނޑު ހަމަ އަމާޒަކީ އެމީހަކަށް ފްލެޓު ލިބުނު ތަނަކުން ނޫނީ ގޯތި ލިބުނުތަނަކުންވިއްޔާ ދިނުން، ދެން އެކަމަކު ގޯސްތަކެއް ހަދާފައި އޮތް ބައެއްގެ މައްސަލަތައް ހަމަ ބެލިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލްޓު ލިބޭ މީހުންގެ ލިސްޓު، ރީއިވެލިއޭޓު ކުރުމަށްފަހު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގަ އެވެ. ނަމަވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ނޮވެމްބަރު މަހަށް ލިސްޓު އިއުލާނު ކުރުން ފަސްކުރީ އެވެ.

ނަމަވެސް އެ ތާރީހު ފަހަނައަޅައި ދިޔައިރު ވެސް ފްލެޓު ލިސްޓު އިއުލާނު ނުކުރުމުން، އެކަމާ ގުޅޭގޮތުން އޭރުގެ ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އާ ނޫސްވެރިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރޭ ދުވަހުގެ ކުރީ ދުވަހު ފްލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށެވެ.

އެހެންނަމަވެސް ރީއިވެލިއުއޭޝަންގެ މަސައްކަތް ނުނިމޭ ކަމަށް ބުނެ ފްލެޓު ލިސްޓު އާންމު ކުރުން ނޮވެމްބަރު 16، ގައި ހައުސިން މިނިސްޓްރީން ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ ފުލެޓު ލިބޭ 4,000 މީހުންގެ ލިސްޓު އިއުލާނު ކުރިފަހުން އޭސީސީއަށް ހުށަހަޅުނު މައްސަލައަކާ ގުޅިގެން ފުލެޓުތަކުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން އެ ކޮމިޝަނުން އެންގި އެވެ.

އޭގެ ފަހުން އޭސީސީން ހިންގި ތަހުގީގަށް ފަހު މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ފެބްރުއަރީ 5، ގައި އެ ކޮމިޝަނުން އިއުލާނުކުރި އެވެ.

އޭސީސީން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް 19.7 ޕަސެންޓު ފޯމުގެ މައްސަލަ ހުރި ކަމަށް އޭސީސީން ބުންޏެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތައް ކަމަށާއި އެއީ ޖުމުލަ ފޯމުތަކުގެ 70 ޕަސެންޓު ކަމަށް އޭސީސީން އެ ދުވަހު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox