ރާއްޖޭގެ ފުޓްބޯޅައިގައި ކުރެވުނު މަސައްކަތަކީ ޝަރަފެއް: ގެލާ

ރާއްޖޭގެ ފުޓްބޯޅައިގައި ކުރެވުނު މަސައްކަތަކީ ޝަރަފެއް: ގެލާ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ ކުރެވުނު މަސައްކަތަކީ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ތަޖިކިސްތާން ޓީމުގެ ހެޑް ކޯޗު ގެލާ ޝެކިލާޒޭ ބުނެފި އެވެ.

ސަައުދީ އަރަބިއްޔާގައި 2027 ވަަނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ގްރޫޕް އޭގައި، ރާއްޖެއާ އެކު ހިމެނެނީ، ފިލިޕީންސް، ތަޖިކިސްތާން އަދި އީސްޓް ޓިމޯ އެވެ. މީގެ ތެރެއިން، ތަޖިކިސްތާންގެ ކޯޗަކަށް ހުރީ، ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް 2018 އާއި 2019 ވަނަ އަހަރު ހުރި ގެލާ އެވެ. އެއީ، ހެޑް ކޯޗު ޕީޓަ ސެގާޓްއާ އެކުގަ އެވެ. ގެލާގެ ކުރިން ތަޖިކިސްތާންގެ ހެޑް ކޯޗަކަށް ހުރީ ސެގާޓް އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުލުން ނިމުމާ އެކު، ގެލާ، ތަޖިކިސްތާނުގެ މީޑިއާ އަަކަށް ދިން އިންޓަވިއުއެއްގައި ވަނީ ރާއްޖޭގައި ކުރެވުނު ފުޓްބޯޅައިގެ މަސައްކަތަކުގެ ހަނދާން އާ ކޮށްފަ އެވެ.

"ރާއްޖޭގެ ގައުމީ ޓީމާ އެކު މަސައްކަތް ކުރުމުގެ ޝަރަފް އަހަންނަށް ލިބުނު. އެ ކަންކަމަށް ބަލާއިރު، އަހަންނަށް ޔަގީންކަމާ އެކު ބުނަން ކެރިދާނެ. ރާއްޖެ އަކީ ވަރަށް ޗެލެންޖިން ޓީމެއް. ފަސޭހައެއް ނުވާނެ،" 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެ އަށް ހޯދައިދޭން އެންމެ އިސް މަސައްކަތެއް ކުރި އެއް ކޯޗިން ސްޓާފު ކަމަށްވާ ގެލާ ބުންޏެވެ.

2018 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން، ގެލާ (ކ) އާއި ޝާކިއްޓެ.--- ފޮޓޯ: މިހާރު

"ކޮންމެ ޓީމަކާ އެކު ވެސް އަހަރެމެން ކުޅެން ޖެހޭނީ ވަރަށް އިހުތިރާމާ އެކު، ވަކި ޓީމެއް ދަށޭ އެ ގޮތަށް ވިސްނައިފިނަމަ ދެން އަހަރެމެން ކުރިމަތިލާްން ޖެހޭ ކަންކަން ވަރަށް އުނދަގޫވެދާނެ. ވަރަށް ފަސޭހައިން އަހަރެމެންނަށް 2027 ގެ އޭޝިއަން ކަޕަށް ކޮލިފައިވެވޭނެއޭ ހީކުރުމަކީ ގޯހެއް. ކޮންމެ މެޗަކަށް ތައްޔާރުވާން ޖެހޭނީ ތަފާތުކޮށް ފުރިހަމަަ ފޯކަސް އަކާ އެކު،"

ޖޯޖިއާގެ ފަސް އުމުރުފުރާއެއްގެ ގައުމީ ޓީމުގެ ކޯޗުކަން ކުރުމުގެ އިތުރުން، ބެލްޖިއަމް އާއި ޖޯޖިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް ޓެކްނިކަލް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ގެލާ ވަނީ ކޯޗު ސެގާޓާ އެކު، އަފްގާނިސްތާނާއި ރާއްޖޭގައި މަސައްކަތްތަކެއް ކޮށްފަ އެވެ. އަފްގާނިސްތާނާ އެކު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ރާއްޖެއާ އެކު ފައިނަލަށް ނުކުމެ އިންޑިއާ ބަލިކުރި އެވެ.

ތަޖިކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ގެލާއާ ހަވާލުކޮށްފައިވަނީ، ޒުވާން ޓީމެއް ބިނާކޮށްގެން ގައުމީ ޓީމު ވަރުގަދަ ކުރުމަށެވެ. އެ ގޮތުން، ގެލާ އިސްނަގައިގެން، ސެގާޓާ އެކު، ކުރި މަސައްކަތުން ތަޖިކިސްތާނުން ވަނީ އެވްރެޖް 21 އަހަރުގެ ސްކޮޑެއް ގޮވައިގެން، ތައިލެންޑްގެ ކިންގްސް ކަޕާއި މެލޭޝިއާގެ މެރްޑޭކާ ކަޕް ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭން ވަނީ ތަޖިކިސްތާނާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox