ޔަޝްފާއަށް ފުލުހުން ކުރަނީ ރައީސްގެ ފުރާނައަށް ގެއްލުންވާފަދަ ކަމެއް ކުރަން ގޮވައިލިކަމުގެ ތުހުމަތު

އެމްޑީޕީގެ ޖަލްސާގައި ޔަޝްފާ ވާހަކަދައްކަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެމްޑީޕީގެ ޖަލްސާގައި ޔަޝްފާ ވާހަކަދައްކަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކާނިވާ ސަރަހައްދުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި "ތިއީ ބަހުލޫލެކޭ" އަންބާ ކީ ދުވާފަރު ދާއިރާގެ ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރު ކުރަން އެންގީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކާފަދަ އަމަލެއް ކުރަން ގޮވައިލި ކަމުގެ ތުހުމަތުގައި ކަމަށް އޭނާއަށް ފޮނުވި ޗިޓުގައި ފުލުހުން ބުނެފި އެވެ.

ޔަޝްފާއަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައި އޮތީ ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރު ކުރަނީ ނޮވެމްބަރު 11، ގައި އެމްޑީޕީ ހަރުގޭގައި ބޭއްވި ކައުންސިލަރުންގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ގެއްލުންވާފަދަ އަމަލެއް ކުރުމަށް ގޮވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބަޔާނެއް ނެގުމަށް ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޔަޝްފާއަށް އަންގާފައި އޮތީ މާދަމާ ހެނދުނު 10:30 އަށެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ އެ ޗިޓު ކެންސަލްކޮށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ތާރީހެއް ފަހުން އަންގާނެ ކަމަށް އޭނާއަށް އަންގައިފަ އެވެ.

ޔަޝްފާ މަޝްހޫރު ވީވެސް ނޮވެންބަރު 11، ގައި އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ވާހަކަ ދައްކަމުން ކީ ބަންޖަކާއި ރައިވަރަކަށް ފަހު އެވެ.

ދަނޑިކޮށި ޖަގަހައިގައި ޔަޝްފާ ކީ ރައިވަރު

ރައިވަރުން އަހަރެނާ، ފައިނުމާނޭ ހަމަ ހިލާ.

އައި ކަމަކު ނިޔަތުގާ، އަނގަ ބެދޭނޭ ދޮގު ބެޔާ.

ރައިވަރުން ވާދަކޮށްލަން އައި ސޮރާ، ދޮގު ހަދަން މޮޅު ހޮޅިގަނޑާ.

ރައްޔިތުން އިނދަޖައްސާ ކުރަގަނޑާ، ރައްޔިތުން ނިކުމެ ހަވަރަށް ދެމާ.

--

ރައީސްގެ ފުރާނައަށް ގެއްލުންވާފަދަ ކަމެއް ކުރަން ޔަޝްފާ ގޮވައިލިކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް، އޭނާގެ މައްޗަށް އެ ތުހުމަތު ކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނުވަތަ ކޮން ކަމެއް ކުރަން ގޮވާލައިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޔަޝްފާގެ ވާހަކައިގައި އެފަދަ ގޮވައިލުމެއް އޭނާ ގޮވާލައިފައި ނުވާއިރު، އޭނާ ކީ ރައިވަރުގެ ފަހު ބަހުގައި "ރައްޔިތުން ނުކުމެ ހަވަރަށް ދެމާ،" އޭ ބުނެފައި އޮތީ ކާކަށް ނިސްބަތްކޮށް ކަމެއް އެ ރައިވަރުން ސާފެއް ނުވެ އެވެ.

ރައިވަރުގައި ދައްކާފައި ހުރި ވާހަކަތައް ނިސްބަތް ކޮށްފައި ހުރީ ވަކި މީހަކަށް ނިސްބަތް ނުވާ ވަނަންތަކަކަށެވެ.

އެ ދުވަހު ކީ ރައިވަރަށްފަހު "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޔަޝްފާ ވަނީ "ތިއީ ބަހުލޫލެކޭ" ކިޔައި އަންބާއެއް ކިޔައިފަ އެވެ.

ރީތި ރާގަކަށް ޔަޝްފާ ހުށަހެޅި "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ" އަންބާ ވަރަށް ބޮޑަށް ވައިރަލް ވެގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox