ހުލާސާކޮށް އިއްޔެ: އެމްޑީޕީގެ ޖަލްސާ އާއި ވަރުގަދަ ނިންމުންތައް

Dec 11, 2024, 1:39 AM
އެމްޑީޕީން ކާނަވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އެމްޑީޕީން ކާނަވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުވާ އަދި ތަންފީޒުކުރަމުން ގެންދަވާ ސިޔާސަތުތަކާއި، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާމެދު ރައްޔިތުންގެ ގިނަ ބަޔަކު ނުރުހޭކަން އެމްޑީޕީން ދައްކައިލިއިރު، އެ ޕާޓީން ރޭ ބޮޑެތި ނިންމުންތަކެއް ވެސް ނިންމި އެވެ.

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް އެތައް ހާސް ބަޔަކު ހާޒިރުވި އެވެ. ބައެއް ރަށްތަކުން އެތައް ސަތޭކަ ބަޔަކު ވެސް އެ ޖަލްސާގައި ބައިވެރިވުމަށް މާލެ އައެވެ.

ރޭގެ ޖަލްސާ ފެށުމުގެ ކުރިން ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީތެރިވުމަށް ފާސްކުރުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުން ހިމެނެ އެވެ.

އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅާފައިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވި އެވެ.

އެމްޑީޕީން މި ޖަލްސާ އިންތިޒާމުކޮށް މީހުން މާލެ އެރުމަށް ގޮވާލަމުން ދަނިކޮށް، އާދީއްތަ ދުވަހު ރައީސް މުއިއްޒު ކ. އަތޮޅުގެ ތިން ރަށަކާއި، އއ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވެވަޑައިގެންނެވި އެވެ. އަދި ސަރުކާރުން ވައުދުވެ، ހުއްޓިފައި ހުރި ބައެއް ކަންކަން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ހިންގަން ފެށި އެވެ.

އެމްޑީޕީގެ ޖަލްސާގެ ލައިވްކޮށް ގިނަ ބަޔަކު ބެލި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox