އިންތިހާބުގައި ވެވަޑައިގެން ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަށާނަން: ރައީސް މުއިއްޒު

މީގެ ކުރިން ބޭއްވި ރަސްމީ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ރަސްމީ ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ރާއްޖޭގައި ތަރައްގީތައް ކުރިއަށް ނުގެންދެވުނީ އެމްޑީޕީ ސަރުކާރާ ހެދި ކަމަށެވެ. އެގޮތުން މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި މި ސަރުކާރުން ބޭނުންވި ކަންކަން ހިމަނާފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގައިދޭނެ އަހަރަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

Advertisement

"މި އަންނަ އަހަރު ކުރީކޮޅު، ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް އަދި 2026، މި 24 މަސް، މި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ވަކި ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވައުދެއް، އެއީ ބަނދަރު، މަގު، ބިން ހިއްކުން، ސްކޫލް، ހޮސްޕިޓަލް، ކިޔާނެ ކަމެއް ނެތް ކުޅިވަރާ ބެހޭ ކަންކަން، ތަރުތީބެއްގެ ތެރެއިން އިރާދަކުރެއްވިއްޔާ އަމަލީ ގޮތުން އަޅުގަނޑުމެން މަސައްކަތްތައް ފަށައި އަދި އެކި މަޝްރޫއުތައް ނިމެމުން ވެސް ދާނެ، އެހެންވީމާ ތާވަލު ކުރެވިގެން ތަރުތީބެއްގެ ތެރެއިން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނަން."

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާނެ އެއް ކަމަކަށް އޮންނާނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަޝްރޫއުތައް ކަމަށެވެ.

"ކުރިއަށް އޮތް އަހަރަށް ލަފާކޮށްފައި އޮތް ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކަށް އޮންނާނީ ފެނާއި ނަރުދަމާ އެޅުމާ އެކީގައި މަގު ހެދުން،" ރައީސް ވިދާޅުވި އެވެ.

މިއަދު ވާހަކަ ދައްކަވަމުން ރައީސް ވަނީ ވަނީ ތޮއްޑޫއަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއު އާއި ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި ސްކޫލްގެ ޖާގަ ބޮޑު ކުރުމުގެ އިތުރުން އެ ރަށުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox