ޔާމީން ބިނާކުރި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިއިރު ހުރިހާ ޝުކުރެއް ރައީސް މުއިއްޒަށް

ރޭގެ ޖަލްސާގައި ރއީސް ޑރ. މުހައްމަދު މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައި ދެއްވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް. -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޖަލްސާގައި ރއީސް ޑރ. މުހައްމަދު މުއިއްޒު ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައި ދެއްވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް. -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި އެންމެ ބިޔަ އެއް މަޝްރޫއު ކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށިތާ ފަސް އަހަރު ފަހުން ރޭ ރަސްމީކޮށް ހުޅުވިއިރު، އިއްވި ޝުކުރުގެ ލިސްޓުގައި ޔާމީނުގެ ނަން ނުހިމަނައި ހުރިހާ ޝުކުރެއް އޭރުގެ ހައުސިން މިނިސްޓަރު، އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދީ ނިންމާލައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޝުކުރުގެ ލިސްޓު އިއްވެވީ މާލެ ސިޓީ ހޮސްޕިޓަލްސް ގުރޫޕުގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އެވެ. ހަލީމްގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ރައީސް މުއިއްޒުގެ ނަންފުޅެވެ.

"މިރޭގެ މި ރަސްމިއްޔާތުގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރި ވިސްނުންފުޅު، މިއީ މަނިކުފާނު އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބީ ވައުދުތައް ތަކުރާރު ކުރެއްވި ފަދައިން ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ މާނައިގައި ފުރިހަމަ ގޮތުގައި ތަރައްގީ ކުރުމަށް ކުރެއްވި އުއްމީދު މިއަދު ވެސް ހަނދުމަފުޅު ބަހައްޓަވައި މި ހޮސްޕިޓަލާ މެދު ގެންގުޅުއްވި ހާއްސަ ސިޔާސަތުގެ ފޮނި ނަތީޖާ،" ހަލީމް ވިދާޅުވި އެވެ.

އެއަށް ފަހު ދެން ހަލީމް ޝުކުރު އަދާ ކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ހުރިހާ މުވައްޒަފުންނަށެވެ. ހޮސްޕިޓަލް ޓާޝަރީ ފެންވަރުގައި ހުޅުވުމަށް އެ މުވައްޒަފުން ކުރެއްވި މަސައްކަތް ހަލީމް ފާހަގަ ކުރެއްވި އެވެ.

ލިސްޓުގެ ތިންވަނައަށް ހަލީމް ފާހަގަކުރެއްވީ ހެލްތު މިނިސްޓަރު، އަބްދުﷲ ނާޒިމް އާއި އެ މިނިސްޓަރީގެ މުވައްޒަފުންނެވެ. ދެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި އެ މިނިސްޓަރީގެ މުވައްޒަފުންނެވެ.

ލިސްޓުގެ ފަހަތުން ހަލީމް ޖާގަ ދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ސަޕްލަޔަރުންނަށާއި ދައުލަތުން އެއްވެސް ހަރަދެއް ނުކޮށް މިރޭގެ އިވެންޓު ބާއްވައިދިން ސްޕޮންސަރުންނަށެވެ.

ހަލީމްއަށް ފަހު ވާހަކަދެއްކެވި ހެލްތު މިނިސްޓަރު ނާޒިމްގެ ވާހަކައިގައި ވެސް ފާހަގަ ކުރެއްވީ ރައީސް މުއިއްޒުގެ ދުރު ވިސްނުން ފުޅާއި ސިއްހީ ނިޒާމު ކުރިއެރުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގެ ވާހަކަ އެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށް 2018 ގައި ނިމުނު ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ދޭން ފެށީ އޭޕްރިލް 2019 ގަ އެވެ. ރެއާ ހަމައަށް އެ ހޮސްޕިޓަލް ބޭނުން ކުރަމުން އައީ އައިޖީއެމްއެޗުގެ ބައެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރޭ ރަސްމީކޮށް ހުޅުވި ވަގުތު އެ ރަސްމިއްޔާތުގައި އެޅުވި ވީޑިއޯ ރިޕޯޓުގައި ވެސް ހިފެހެއްޓުމެއް ނެތް ތައުރީފު އެތައް އަޑަކުން ރައީސް މުއިއްޒުއަށް ކުރި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ރަސްމީކޮށް ރޭ ހުޅުވުމާ ހަމައަށް ދިޔައީ އެތައް ގޮންޖެހުމަކާއެކު ގިނަ މަރުހަލާތަކެއް ކަޑައްތު ކޮށްފައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

"ރާއްޖޭގައި ބިނާ ކުރެވިފައިވާ އެންމެ ބިޔަ ބިނާކަމުގައިވާ މި ހޮސްޕިޓަލުގެ ބިންގާ އެޅުނު ދުވަހުން ފެށިގެން އޭރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހޮސްޕިޓަލް ނިންމުމަށް ދެއްވި ހާއްސަ ސަމާލު ކަމަކީ ދިވެހި ހުރިހާ ރައްޔިތުން ވެސް އަދި ހާއްސަކޮށް ހޮސްޕިޓަލުގެ މުވައްޒަފުން ފަހުރުވެރިކަމާއެކު ބަލައިގަންނަ ކަމެއް،" އެ ރިޕޯޓުގައި ބުންޏެވެ.

ރައީސް ޔާމީނުގެ ނަން ނުކިޔާ ރޭގެ ޖަލްސާ ނިންމައިލި ނަމަވެސް، ސިނަމާލެ ބުރިޖާއި ހިޔާ ޓަވަރުތަކުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލަކީ ޔާމީނުގެ ފަސް އަހަރުގެ އެންމެ ކާމިޔާބު މަޝްރޫއުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox