ތަފުސީލަށް ވަޑައިނުގެން ހީނާ ވިދާޅުވީ ރިފޯމް އެޖެންޑާގެ ދަށުން 15 ދުވަހުގެ ތެރޭ 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް

Nov 1, 2024, 10:13 AM
ތަރުޖަމާނު ހީނާ ވަލީދު: ވިދާޅުވީ ރައީސް އިއުލާނު ކުރެއްވި އަދަދަށްވުރެ ގިނައިން މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ތަރުޖަމާނު ހީނާ ވަލީދު: ވިދާޅުވީ ރައީސް އިއުލާނު ކުރެއްވި އަދަދަށްވުރެ ގިނައިން މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުން މަދު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިފަހުން 15 ދުވަހުގެ ތެރޭގައި 248 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން 15 ދުވަހުގެ ތެރޭގައި ވަކި ކުރައްވާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވީ އޮކްޓޯބަރު 15، ގަ އެވެ. އޭގެ ތަފުސީލަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި އޮތީ ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ކަމަށެވެ.

ރައީސް އިއުލާނު ކުރެއްވި އަދަދަށް ވުރެ ވެސް ގިނައިން ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ހީނާ މިއަދު ވިދާޅުވި ނަމަވެސް އޭގެ ތަފުސީލަކަށް ވަޑައެއްނުގަންނަވަ އެވެ. ވަކި ކުރީ ކޮން ވަޒީފާތަކެއްގައި ތިބި މީހުންނެއް ކަމެއް ވެސް ހީނާ ވިދާޅެއްނުވެ އެވެ.

ހީނާ ކުރިން ވިދާޅުވެފައި އޮތީ ރައީސް އިއުލާނު ކުރެއްވި ގޮތަށް 228 ސިޔާސީ މުވައްޒަފުން ވަކި ކުރުމަށްފަހު، ސަރުކާރުގައި ވަޒީފާ ކުރާ ސިޔާސީ މީހުންގެ ޖުމުލަ އަދަދު ވެސް ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އެ އަދަދެއް ވެސް ހީނާ ހާމައެއް ނުކުރައްވަ އެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް މިނިސްޓްރީތަކުން ބުނެފައި ވަނީ އެއްވެސް މުވައްޒަފަކު ވަކި ކުރަން ސަރުކާރުން އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން، މުވައްޒަފުން މަދު ކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް އެ މިނިސްޓްރީތަކުން ބުންޏެވެ.

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ 228 މުވައްޒަފުން ސަރުކާރުން މަދު ކުރުމުން 5.7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށް އެއްބަސްވެވަޑައިގެން ސިޔާސީ މުވައްޒަފުން މަދު ކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ޖޫން 27، 2024، ގަ އެވެ. އިގްތިސާދީ ގޮތުން ބައެއް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް އެއިރު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އިސްލާހީ ފިޔަވަޅުތައް ނުފެންނާތީ ވޯލްޑް ބޭންކުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox