ވިލިމާލޭގައި ހަދާ ސިޓީ ކައުންސިލްގެ އިމާރާތުގެ ގްރައުންޑް ފްލޯ ސަރުކާރަށް ދެނީ ހިލޭ

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ވިލިމާލޭގައި ހަދާ ސިޓީ ކައުންސިލްގެ އިމާރާތުގެ ގްރައުންޑް ފްލޯ ހިލޭ މައި ސަރުކާރަށް ދޭން ވަނީ ނިންމާފައި

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން: ވިލިމާލޭގައި ހަދާ ސިޓީ ކައުންސިލްގެ އިމާރާތުގެ ގްރައުންޑް ފްލޯ ހިލޭ މައި ސަރުކާރަށް ދޭން ވަނީ ނިންމާފައި

ވިލިމާލޭގައި ސިޓީ ކައުންސިލުން ގާއިމުކުރާ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ ރައީސް އޮފީހުގެ އެންގުމަށް އިމިގްރޭޝަނާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ އޮފީސް ގާއިމު ކުރަން މާލެ ސިޓީ ކައުންސިލުން ދޫކޮށްލައިފި އެވެ.

މިއަދު މާލެ ސިޓީ ކައުންސިލްގެ ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ރައީސް އޮފީހުން އެންގި ގޮތަށް، އިމިގްރޭޝަނާއި، ޑީއެންއާރްއަށް ވިލިމާލޭގައި އިމާރާތްކުރާ 2000 އަކަފޫޓުގެ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ ކުލި ނުނަގައި ހަވާލުކުރުމަށެވެ.

އެ ފަސް ބުރީގެ އިމާރާތުން ސިޓީ ކައުންސިލްގެ ބޭނުމަށް ހުންނާނީ އެއްވަނަ ފަންގިފިލާއިން ފެށިގެން ކަމަށް އެ ކައުންސިލުން ވަނީ ނިންމާފަ އެވެ.

އެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކަވާ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ގްރައުންޑް ފްލޯ އެއްކޮށް ދިނުމުން ތިރީގައި ކައުންޓަރެއް ބަހައްޓާނެ ޖާގައެއް ވެސް ނުހުންނާނެ ކަމަށެވެ.

އޭގެއިތުރުން، އިމިގްރޭޝަން އަދި ޑީއެންއާރުގެ ބަޖެޓުގައި އޮފީސް ކުއްޔަށް ހިފާނެ ފައިސާ ނެތީތޯ ސައިފް ސުވާލު އުފެއްދެވި އެވެ.

ސައިފް ވިދާޅުވީ ސިޓީ ކައުންސިލްގެ ސާވިސް ސެންޓަރެއް ގާއިމުކުރަން، ކައުންސިލްގެ ހަރަދުގައި، ކައުންސިލުން އަޅާ އިމާރާތެއްގެ ގްރައުންޑް ފްލޯއިން ކައުންސިލަށް ސާވިސް ކައުންޓަރެއް ބަހައްޓާނެ ޖާގަވެސް ނެތި، އެކީއެކަށް މައި ސަރުކާރަށް ހިލޭ ދޫކޮށްލުމުން ސިޓީ ކައުންސިލުގެ އެކި ޑިޕާޓްމަންޓުތަކާއި، ސެކްޝަންތައް ހުރީ މާލޭގެ އެތައް މިތަނުގައި ކުއްޔަށް ނަގާފައިވާ އިމާރާތްތަކުގައި ކަމަށެވެ.

ވިލިމާލެ އޮފީސް އިމާރާތުން ހިލޭ އިމިގްރޭޝަނާއި ޑީއެންއާރްއަށް ޖާގަ ދޫކުރުމުގެ ބަދަލުގައި، ކައުންސިލުން މިހާރު ކުއްޔަށް ނަގާފައިވާ އިމާރާތްތަކަށް ކުރާ ހަރަދަށް ލުއި ހޯދަން ވިސްނަންޖެހޭކަން ވެސް ސައިފް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެތައް ގޮތަކުން ހޯދައިގެން ތިބި ބިލްޑިންގް އެއްގެ އެެންމެ ތިރީ ފްލޯރވެސް ހިލޭ ދޭންވީ، އެކަމަކު އަޅުގަނޑުމެން މިތިބީ މިހާރު ވެސް މިތަން ވެސް ސަރުކާރު ހިއްސާވާ ކުންފުންޏެއް [އެމްޑަބްލިއުއެސްސީ] ގެ އަތުން ކުއްޔަށް ހިފައިގެންނޭ،" ސައިފް ވިދާޅުވި އެވެ.

މޭޔަރު އާދަމް އާޒިމާއި، ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގައި ވަޑައިގެންފައިވާތީ، ރިޔާސަތުގައި އިންނެވީ ޕީއެންސީއަށް ނިސްބަތްވެވަޑައިންނަވާ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝް އެވެ.

އޭނާ ވިދާޅުވީ މިއީ ސަރުކާރުގެ ނިންމުމެއް ކަމަށާއި، ކައުންސިލުގެ ފަރާތުން ރައީސް ޑރ. މުހައްމަަދު މުއިއްޒުއަށް އެއްބާރުލުން ލިބެމުންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox