ހުލާސާކޮށް އިއްޔެ: ރިސޯޓު ހަދަން ރަށާއި ފަޅު ކަނޑައެޅުމުގެ ބާރު ސީދާ ރައީސްއަށް!

Oct 14, 2024, 2:06 AM
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލްއާ ސަލާމް ކުރަންވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓޫރިޒަމް މިނިސްޓަރު ފައިސަލްއާ ސަލާމް ކުރަންވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރާއިރު ރައީސް އޮފީހުން ހުއްދަ ނަގަންޖެހޭ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލިސްޓު ކަނޑައަޅާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ފަށާއިރު ޓުއަރިޒަމް ގާނޫނަށް ގެންނަ އެ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވުން ވެސް އޮންނާނެ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅާނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން އެވެ.

ޓުއަރިޒަމް ގާނޫނުގައި މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ފަޅެއް، ބިމެއް ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހެ އެވެ. ނަމަވެސް ސަރުކާރުން މިހާރު ބޭނުން ވަނީ އެ މާއްދާ ބާތިލު ކުރާށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ މާލީ އަހަރެއްގައި ވެސް ކުއްޔަށް ދިނުމަށް ކަނޑައަޅާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ ލިސްޓެއް އެތަންތަނުގެ މައުލޫމާތާއެކު އާންމުން ކުރަންވާނެ އެވެ. އެ ލިސްޓު އާންމު ކުރަންޖެހެނީ ރައީސް އޮފީހުގެ މަޝްވަރާއާއެކު ޓުއަރިޒަމް މިނިސްޓްރީންނެވެ. އެ ލިސްޓަށް އުނިއިތުރު ގެނެވެނީ ވެސް ރައީސް އޮފީހުގެ ހުއްދައާއެކު އެވެ.

ސަރުކާރުން ބޭނުން ވަނީ އެ މާއްދާ ބަދަލުކޮށް، ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ލިސްޓު އެކުލަވާލާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަންޖެހޭ ގޮތަށް ހެދުމަށެވެ. އަދި އެ ލިސްޓަށް އުނިއިތުރެއް ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ހުއްދައެއް ލިބިގެން ކަމަށް ކަނޑައަޅަން ވެސް ސަރުކާރުން ބޭނުންވެ އެވެ.

ރިސޯޓު ތަރައްގީކުރަން އިއުލާނުކޮށްފައިވާ ލިސްޓަށް ދޭތެރެ ދޭތެރެއިން އިސްލާހު ގެނެސް އަލުން އިއުލާނު ކުރެ އެވެ. އަދި އެ ލިސްޓުން ރަށާއި ފަޅު ގަތް ފަރާތްތަކުގެ ލިސްޓު އާންމުކުރުން ވަނީ ހުއްޓާލައިފަ އެވެ.

އޭގެ އިތުރުން ވެސް ބައެއް އިސްލާހު އެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް އުފުލުން ހިމެނެ އެވެ. މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 16 ޕަސެންޓެވެ. އޭގެ އިތުރުން ގްރީން ޓެކްސް ވެސް ބޮޑު ކުރަން ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހު ކުރަން ނިންމައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox