މިއަދުގެ ހަބަރުތައް ކުރުކޮށް

Oct 10, 2024, 6:06 AM
ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ ސިއްހަތުގެ ދެބައިކުޅަ އެއްބައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމަކީ ސިއްހަތުގެ ދެބައިކުޅަ އެއްބައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މުރާލި، ނަތީޖާ ނެރެވޭ މީހަކަށްވުމަށް ނަފުސާނީ ދުޅަހެޔޮކަން މުހިންމު: ރައީސް

މުރާލި ނަތީޖާ ނެރެވޭ މީހަކަށްވުމަށް ނަފުސާނީ ދުޅަހެޔޮކަން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުރާލި އަދި ނަތީޖާ ނެރެވޭ މީހަކަށްވުމަށް މީހާގެ ނަފުސާނީ ދުޅަހެޔޮކަން ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ.

"ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން،" އެމަނިކުފާނު ވިދާޅުވި އެވެ. "އެހެންކަމުން ނަފުސާނީ ދުޅަހެޔޮކަމަށް ސަމާލުކަމެއް ދެމާތޯ!."

ޒަހަމްތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ޒަހަމްތަކަކާއެކު މަޖީދީ މަގަށް ވެއްޓިފައި އޮތް ފިރިހެނަކު ރޭ ދަންވަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މީހާ ފެނުނީ ރޭ ދަންވަރު 1:25 ހާއިރު "ސޮރީ ބަޮއިސް" ފިހާރަ ކައިރިން ކަމަށެވެ.

އޭނާ އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ހެނދުނު 6:19 ހާއިރު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ އެއްބަސްވުންތައް ނުފޮރުން: ފޮރިން މިނިސްޓަރު

މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ، އެހެން ގައުމުތަކާއެކު ސޮއި ކުރާ އެއްބަސްވުންތަކުގައި ފޮރުވާނެ ކަމެއް ނެތުން ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ސީނިއާ ވަފުދެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވިދާޅުވީ،

"އެންމެ ބޮޑު ތަފާތަކީ ދިވެހި ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނެތް ކަން. އަޅުގަނޑުމެން އިންޑިއާ ސަރުކާރާ އެއްކޮށް ކުރެވުނު ނެގޯޝިއޭޝަނުގެ ތެރޭގައި އުފެދިގެންދިޔައީ ވިޝަން ޑޮކިއުމެންޓު ކިޔާ ޑޮކިއުމެންޓެއް. އެ ޑޮކިއުމެންޓު އެ އޮތީ އިންޑިއާ ސަރުކާރުން އިންޑިއާ ސަރުކާރުގެ ވެބްސައިޓުތަކުގައި ޝާއިއުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް މުއިއްޒު މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox