އިންޑޮނޭޝިއާ މެޗަށް ވުރެ ރަނގަޅަށް ޔަމަން މެޗުގައި ކުޅެންޖެހޭ

އިންޑޮނޭޝިއާ މެޗަށް ވުރެ ރަނގަޅަށް ޔަމަން މެޗުގައި ކުޅެންޖެހޭ

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މިއަދު ޔަމަނާ ދެކޮޅަށް ރަނގަޅަށް މަސައްކަތްކޮށް ފުރަތަމަ މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު ވަރަށް ވުރެ ރަނގަޅަށް ކުޅެންޖެހޭ ކަމަށް ޓީމުގެ ގޯލްކީޕަރު މުހައްމަދު ޔާމީން ބުނެފި އެވެ.

ގްރޫޕް އެފްގެ އެއް ވަނައިގައި މި ވަގުުތު އޮތީ ފުރަތަމަ މެޗުން ރާއްޖެ އަތުން 4-0 އިން މޮޅުވެ، ތިން ޕޮއިންޓާ އެކު އިންޑޮނޭޝިއާ އެވެ. ދެ ވަނައިގައި އޮތް ޔަމަނުން ވެސް ތިން ޕޮއިންޓް ހޯދާފައިވާއިރު، އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ އަތުން 3-1 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓާ އާއި ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ މެޗުގައި އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭން ފުރަތަަމަ ހާފު ނިންމާލީ 0-0 ގައި އޮވެގެންނެވެ. މި ހާފުގައި ކީޕަރު ޔާމީން ވަނީ އިންޑޮނޭޝިއާ އިން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އިންޑޮނޭޝިއާ އިން ދެ ވަނަ ހާފުގައި ފަސް މިނިޓް ތެރޭ ތިން ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ، ތިން ވަނަ ލަނޑު ޖެހިތާ ނުވަ މިނިޓް ފަހުންނެވެ. ރާއްޖެ އަށް ވެސް އެ މެޗުގައި ލަނޑު ޖަހަން ފުުރުސަތުތަކެއް ލިބި ބޭނުންނުކުރެވިދިޔަ އެވެ.

Advertisement

"ފުރަތަމަ އަސްލު ހޯސްޓްއާ (ކޮލިފައިން ބާއްވާ ގައުމު އިންޑޮނޭޝިއާއާ) ދެކޮޅަށް ކުޅެން ޖެހޭތީވެ އެ މީހުން ފަރިތަވާނެތާ މުބާރާތް ވެސް ކުޅޭ. ފުރަތަމަ ހާފު ވަރަށް ރަނގަޅަށް ދިޔައީ. އެންމެން ވެސް ވަރަށް މަސައްކަތްކުރި، އެކަމަކު، ދެ ވަނަ ހާފު ކުޑަ ހިނދުކޮޅަކުން ކޮންސަންޓްރޭޝަން ގެއްލިގެންދިޔައީމަ ގޯލުތަކެއް ވަނީ. އެ ގޯލުތަކުން އަހަރެމެން އަތުން މެޗު ގެއްލިގެންދިޔައީ،" އިންޑޮނޭޝިއާ މެޗާ ބެހޭގޮތުން، ޔާމީން ބުންޏެވެ.

އޭނާ ބުނީ ޔަމަނުން ކުޅުނު ފުރަތަމަ މެޗުގައި މޮޅުވެފައި އޮތް ނަމަވެސް، ރާއްޖެ އަށް ރަނގަޅަށް މަސައްކަތްކުރެވިއްޖެނަމަ ނަތީޖާއެއް ނެރެވިދާނެ ކަމަށެވެ.

"ދެން އަހަރެމެން މީނީ، ޔަމަނާ އެއްކޮށް، މާދަމާ ހަވީރު (މިއަދު ހަވީރު)، ޔަމަން، ފުރަތަމަ މެޗުން އޭނީ 3-1 އިން ޓިމޯ ލެސްޓޭ ކައިރިން މޮޅުވެފައި، ދެން، (ޔަމަން) ވަކި މޮޅެއް ނުވާނެ. އެކަމަކު، މަސައްކަތް ކުރާނަން، މަސައްކަތް ކޮށްގެން ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" ޔާމީން ބުންޏެވެ.

މިދިޔަ މަހު ނޭޕާލުގައި ކުރިއަށްދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔާމީން އަކީ ޓީމު ލީޑުކުރުމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. ސާފް އަށް ދިޔަ 12 ވަރަކަށް ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި އެކި ސަބަބުތަކާ ހެދި ނުހިމެނޭއިރު، ޖުމްލަކޮށް ބަލާއިރު، އާ ކުޅުންތެރިންނާ އެކު ވެސް އިންޑޮނޭޝިއާއާ ދެކޮޅަށް ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ޔަމަން އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ، ރާއްޖެ ގަނޑިން މިއަދު މެންދުރު 1 ޖަހާއިރު އެވެެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox