މޯދީއަށް މަލާމާތް ކުރި މައްސަލަ ކުށްވެރިކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކަމުގައި ފިޔަވަޅު އެޅުއްވިން ކަމަށް

Sep 26, 2024, 7:20 PM
ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ދުވަހަކު ވެސް ގެންގުޅުއްވާފައި ނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޕްރިންސްޓަން ޔުނިވާސިޓީގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިންޑިއާއާ ދެކޮޅު އެޖެންޑާއެއް ދުވަހަކު ވެސް ގެންގުޅުއްވާފައި ނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެ ޑެޕިއުޓީ މިނިސްޓަރަކު މަލާމާތް ކުރި މައްސަލަ ކުށްވެރިކޮށް، އެކަމުގައި ބަރާބަރަށް ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީއިން ކުރިއަށް ގެންދާ ޑީންސް ލީޑާޝިޕް ސީރީޒްގެ މެހަމާނެއްގެ ގޮތުގައި އެ ޔުނިވާސިޓީގައި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުވަޒީރު މޯދީއަށް ޑެޕިއުޓީ މިނިސްޓަރުން ރައްދު ކުރި ފަދަ އެއްވެސް ބަހެއް، އެއްވެސް މީހަކަށް ރައްދު ކުރުމަކީ ގޯހެއް ކަމަށެވެ.

"އެ ބާވަތުގެ އެއްޗެއް އެއްވެސް މީހަކު ބުނެގެން ނުވާނެ. އަޅުގަނޑު ހަމަ ގައިމު ވެސް އެކަމަށް ފިޔަވަޅު އެޅިން. އެއްވެސް މީހަކާ ދިމާލަށް އެގޮތަށް އެއްޗެހި ބުނުން އަޅުގަނޑު ބަލައެއްނުގަންނާނަން. އެއީ ލީޑަރެއް އަދި އާދައިގެ މީހެއް ކަމަށް ވިޔަސް. ކޮންމެ އިންސާނަކީ ވެސް އަބުރުވެރި މީހެއް،" ރައީސް ވިދާޅުވި އެވެ.

މޯދީއަށް ފުރައްސާރަކޮށް މަލާމާތްކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވިި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އެވެ. މޯދީއަކީ "ކްލައުންއެއް" އަދި "ޓެރަރިސްޓެއް" ކަމަށް އެ މީހުން ބުންޏެވެ.

އެ މައްސަލައަށްފަހު މުސާރަ ހިނގާ ގޮތަށް މަލްޝާ އާއި ޝިއުނާ ތިބީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އިއުލާނު ކުރި ދުވަހު އެ ދެ މީހުން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އެއީ ސެޕްޓެމްބަރު 10، އެވެ. އެ ދެ މީހުންގެ މަސައްކަތަށް ސަރުކާރުން ވަނީ ފަހުން ޝުކުރު އަދާކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އިންޑިއާއާ ގުޅޭ ގޮތުން ޕްރިންސްޓަން ޔުނިވާސިޓީގައި މުއިއްޒު ވާހަކަ ދެއްކެވި އެވެ. ރައީސް މުއިއްޒު "އިންޑިއާ އައުޓް" ސްޓޭންޑާ ގުޅޭ ގޮތުން އެ މަނިކުފާނާ ސުވާލު ވެސް ކުރި އެވެ. އެކަމަކު ރައީސް ވިދާޅުވީ ދުވަހަކު ވެސް އިންޑިއާއާ ގުޅުން ކަނޑާލަން މަސައްކަތްކޮށްފައިނުވާނެ ކަމަށާއި މައްސަލައަކަށްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކަމަށެވެ.

"ބޭރުގެ މިލިޓަރީ މި ފަސްގަނޑުގައި ތިބުމުގެ ސީރިސް މައްސަލައެއް ރާއްޖެއަށް އޮތީ ކުރިމަތިވެފަ،" ރައީސް ވިދާޅުވި އެވެ. "ބޭރުގެ އެންމެ ސިފައިންގެ މީހަކު ގައުމުގައި ހުރުމަށް ވެސް ދިވެހި ރައްޔިތުން ނޭދޭ."

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެންމެ ފުރަތަމަ މައްސަލައަކަށްވީ ދައުލަތާއެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން އިންޑިއާއިން ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ތިބޭ އެ ގައުމުގެ ސިފައިން ބޭރު ކުރަން މަސައްކަތް ކުރުމެވެ.

އެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުން ވެސް ސަރުކާރުން ހުއްޓާލި އެވެ. ނަމަވެސް މިފަހުން ހެލިކޮޕްޓަރު އުދުއްސަން އަލުން ވަނީ ފަށައިފަ އެވެ.

ދެން މައްސަލަ ޖެހުނީ މަލްޝާ އާއި ޝިއުނާ އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ކުރި މައްސަލައިގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒު ޗައިނާ ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ވަޑައިގެން އިންޑިއާގެ ސަފީރުގެ ވެސް ހާޒިރުގައި އިންޑިއާއަށް ވަރަށް ހަރުކަށިކޮށް ފާޑު ކިޔެވެ.

ރައީސް މުއިއްޒު އިންޑިއާ ސިފަ ކުރެއްވީ ރާއްޖެއަށް ގަނާ ކުރަމުންދާ ގައުމެއްގެ ގޮތުގަ އެވެ. ކުރީ ސަރުކާރު އޮތީ އިންޑިއާގެ އަތް ދަށުގައި ކަމަށް ވެސް ސިފަ ކުރެއްވި އެވެ. އަދި މުދާ އިމްޕޯޓް ކުރުމުގައި އާއި ބޭސް ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައްވަން އެ ދުވަހު ޕްލޭނެއް ވެސް ހުށަހެޅުއްި އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެއިރު ތިއްބެވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒެއްގެ ދަށުވެފައިވާ އަޅުންތަކެއް ގޮތަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox