ޓީމު ބަދަލުވެފައި އޮތް ކަމުގައި ވިޔަސް އުންމީދު އެބައޮތް

ޓީމު ބަދަލުވެފައި އޮތް ކަމުގައި ވިޔަސް އުންމީދު އެބައޮތް

ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި އެހެން ނަަމަވެސް ކުރާ މަސައްކަތަށް ބަލާއިރު، ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް ޓީމުގެ ކެޕްޓަން، ޝަނާން ރަޝާދު ބުނެފި އެެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ މިދިޔަ މަހު، ނޭޕާލުގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕާއި މި ފަަހަރުގެ އޭޝިއަން ކަޕް ކޮލިފައިންއާ އެކު، ރާއްޖޭން ތަމްރީންތައް ފެށި ނަމަވެސް، އޭ ލެވަލް ޓެސްޓުތަކާއި އަނިޔާގެ މައްސަލަތައް ކުރިމަތިވުމާ ހެދި، އޭޝިއަން ކަޕް ކޮލިފައިން އަށް ގެންނަން ޖެހުނު ގައުމީ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އަތުވެފަ އެވެ. އެކަން، ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އަސްލު މި ޓީމު މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. އެހެންވީމަ، ކުޑަކުޑަ އުނދަގޫތަކެއް ދިމާވި، ނަމަވެސް އެ މިހާރު ޓީމާ އެކު މަސައްކަތްކޮށްލީމަ ހުރިހާ ކުޅުންތެރިން ހަމަ ދަސްވެއްޖެ ހުރިހާ އެންމެނަށް ވެސް. އިންޝާﷲ ރަނގަޅުވާނެ،" ޓީމު ބަދަލުވުމަށް އިޝާރާތްކޮށް، ސާފް ޗެމްޕިއަންޝިޕްގައި ވެސް ޓީމުގެ ކެޕްޓަންކަން ކުރި ޝަނާން، ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ގްރޫޕްގެ މެޗުތައް މިއަދު އިންޑޮނޭޝިއާގައި ފަށާއިރު، މި ދެ ޓީމުގެ އިތުރުން، ދެން މި ގްރޫޕްގައި ހިމެނެނީ، ޔަމަން އާއި ޓިމޯ ލެސްޓޭ އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި މިއަދު އިންޑޮނޭޝިއާއާ ކުޅޭނެ އެވެ.

ޝަނާން ބުނީ، މި ވަގުތަށް ބަލާއިރު ވެސް އެންމެ ވަރުގަދަ ޓީމު ކަމަށް ބެލެވެނީ އިންޑޮނޭޝިއާ ކަމަށެެވެ. އެހެންކަމުން، ފުރަތަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭއިރު، ޕްރެޝަރާއި ހުރިހާ ކަމަކަށް ވިސްނައިގެން ތައްޔާރުވެގެން ނުކުންނާނެ ކަމަށް ޝަނާން ވަނީ ބުނެފަ އެވެ.

"އިންޑޮނޭޝިއާ އެ އަންނަނީ ވަރަށް ބައިވަރު މެޗުތަކެއް ކުޅެފައި. އެ މީހުން ގައުމުން ބޭރުގަޔާއި ގައުމުގައި ވަރުގަދަ ޓީމުތަކާ އެކު ކުޅެފައި. އެ މީހުންނަށް ވުރެ ވަރުގަދަ ޓީމުތަކާ ކުޅެފައި، އެހެންވީމަ ބެލެވެނީ (ރާއްޖެ އަށް) ވަރަށް އުނދަގޫތަކެއް ވާނެ ކަމަށް. އެ ހުރިހާ ކަމަކަށް ޓީމު ވަރަށް ތައްޔާރުވެގެން ވަރަށް ބަލައިގެން މި ނުކުންނަނީ،" ޝަނާން ބުންޏެވެ.

މި އަހަރު ތެރޭ ރަސްމީ މެޗުތަކާއި އަދި އެކުވެރިކަމުގެ މެޗުތައް ހިމަނައިގެން، ގިނަ އަދަދެއްގެ މެޗުތަކެއް ވަނީ ކުޅެފަ އެވެ. އޭގެ ތެރޭގައި، ޔޫކްްރެއިންގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗާއި އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗާއި ދެކުނު ކޮރެއާގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން، ޖަޕާނުގެ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ހިމެނެ އެވެ.

އިންޑޮނޭޝިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 17:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox