ފުލުހުން ބުނަނީ ފޮޓޯގެ ސަބަބުން ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވި ކަމަށް

ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ދުވަހު: މި މައްސަލައިގައި ހިމެނޭ މީހާގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ދުވަހު: މި މައްސަލައިގައި ހިމެނޭ މީހާގެ ފޯނު ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރުގެ ޝޮޕިން މޯލެއްގެ ތެރޭގައި އުޅުއްވަނިކޮށް މީހަކު ނެގި ފޮޓޯގެ ސަބަބުން އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވި ކަމަށް ފުލުހުން ބުނެފި އެވެ.

ސިންގަޕޫރުގެ ޕެރަގަން މޯލްގެ ތެރޭގައި ރައީސް ހަރަކާތްތެރިވެވަޑައިގެންނެވި ފޮޓޯއެއް ލީކުކޮށްލީ މިދިޔަ ބުދަ ދުވަހު އެކްސްގައި ހިންގާ ހަސަން ކުރުސީ އެކައުންޓުންނެވެ. އެ ފޮޓޯ ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރީ ރޭ ސިންގަޕޫރުން މާލެ އައި ވަގުތެވެ.

އޭނާގެ ފޯނު ހިފަހައްޓަން ފުލުހުން އެދުނީ ރައީސް އާއި އެމަނިކުފާނުގެ އާއިލާ އޯގަސްޓު 26، ގައި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި އެމަނިކުފާނާއި އާއިލާއަށް ފާރަލުމާއި، ސިންގަޕޫރުގައި ދިރިއުޅުއްވިތަން އާންމުވާ ގޮތަށް ފޮޓޯނަގައި އާންމުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވެފައިވާތީ ކަމަށް ބުނެ އެވެ.

މި މައްސަލައިގައި އޭނާގެ ފޯނު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން އެކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކޯޓުން އަމުރު ނެރުނީ ގާނޫނުލްއުގޫބާތުގެ 231 ވަނަ މާއްދާއާ 233 ވަނަ މާއްދާއާ 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގެ ދަށުންނެވެ. އެ މާއްދާތަކުގައި ހިމެނާ ކުށްތަކަކީ:

  • 231 ވަނަ މާއްދާ - މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުން
  • 233 ވަނަ މާއްދާ - ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުން
  • 615 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރު - އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުން.

އާންމު ކުރި ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ. ރައީސް ސިންގަޕޫރަށް ވަޑައިގެންނެވީ އަމިއްލަ ދަތުރެއްގައި، މެޑިކަލް ޗެކަޕަކަށެވެ.

ރައީސްގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރި، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox