އިއްޔެ ގެންނަން އުޅުނީ ބަގާވާތެއް ކަމަށް ބަލައި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

އިއްޔެ ގެންނަން އުޅުނީ ބަގާވާތެއް ކަމަށް ބަލައި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން އެ ބޭންކުން އިއްޔެ ނިންމި ވަގުތު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ގާނޫނީ ވެރިކަމެއް ވައްޓައިލަން ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާ ވެސް ކުރިއަށް ދަނިކޮށް ދާދި ދެންމެއަކު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ، ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމަކީ ސަރުކާރުގެ މަޝްވަރާ އާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ކަމަށެވެ.

އަދި، އެ ނިންމުން ނިންމި ވަގުތު ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުން ދިޔަ ކަމަށާއި ހަމަ އެ ވަގުތު ސޯޝަލްމީޑިއާގައި އެތައް ސަތޭކަ "ބޮޓް އެކައުންޓު" ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލަން ގޮވަމުންދިޔަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

Advertisement

ބީއެމްއެލްގެ ނިންމުމާ ގުޅުވައި ގައުމުގެ އާންމު މަސްލަހަތު ނަގައިލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ބުނީ ގާނޫނީ ވެރިކަމެއް ގައިރު ގާނޫނީ ގޮތުން ބަދަލު ކުރުމަށް އިއްޔެ ބަޔަކު މަސައްކަތް ކުރި ކަމުގައި ބެލޭނެ ޖާގަ އެބަ އޮތް ކަމަށެވެ.

"މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަގާވާތެއް ގެނެސް އިއްޔެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ޖާގަ އޮތް ކަމަށް ފުލުހުން ބުނިއިރު، ބީއެމްއެލްއިން އިއްޔެ ނިންމި ނިންމުމަކީ ސަރުކާރުގެ މަސްލަހަތު އޮންނަ އެ ބޭންކުގެ ބޯޑުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިންމި ނިންމުމެކެވެ. އެ ނިންމުމަށް އަމަލު ކުރާނެކަން ބީއެމްއެލްއިން އިއުލާނު ކުރީ ވެސް އެކަން ނުކުރަން ސަރުކާރަށް އެންގޭނެހައި ވަގުތު ފާއިތުވިފަހުން އިއްޔެ ހެނދުނު އެވެ.

ބީއެމްއެލްގެ ނިންމުން ނިންމީ ޑޮލަރު ގަންނަން ލިބޭ މިންވަރު މަދުވުމުގެ ސަބަބުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިދާނެ ކަމަށް މީގެ އެތައް ދުވަހެއް ކުރިން ތަކުރާރުކޮށް ބުނުމަށްފަހު އެވެ.

އެގޮތުން މިދިޔަ ތިން އަހަރު އެކަނިވެސް އެ ބޭންކަށް ގަންނަން ލިބުނު އަދަދަށްވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކި ކަމަށް މިދިޔަ މެއި 25، ގައި އޮތް އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ވިދާޅުވެފައިވެ އެވެ.

އަދި، މި އަހަރުގެ މިހައިތަނަށް ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ މިހާރުވެސް ވިއްކާފައިވާ ކަމަށް އިއްޔެގެ ނިންމުމާ ގުޅިގެން އެ ބޭންކުގެ މުވައްޒަފުންނަށް ކާލް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox