މާލޭގައި ހުރި ސަރުކާރު ހޮސްޕިޓާތަކުގެ އޯޕީޑީ ބަންދުކޮށްފި؛ ބަހަނާއަކީ ސަރުކާރު ބަންދުވުން

ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުން ނަގާފައިވާ މަންޒަރެއް؛ސާޖަރީތައް ވެސް ވަނީ އައިޖީއެމްއެޗް އާއި ދަރުމަަވަންތަ އަދި ވިލިމާލޭ ހޮސްޕިޓަލުގައި ފަސްކުރެވިފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުން ނަގާފައިވާ މަންޒަރެއް؛ސާޖަރީތައް ވެސް ވަނީ އައިޖީއެމްއެޗް އާއި ދަރުމަަވަންތަ އަދި ވިލިމާލޭ ހޮސްޕިޓަލުގައި ފަސްކުރެވިފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ކަނޑައެޅުއްވުމުން ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުކޮށްފި އެވެ.

އައިޖީއެމްއެޗް އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މޫސުން ގޯސްވުމާ ގުޅިގެން މިއަދު ރައީސް އޮފީހުން ސަރުކާރު ބަންދު ކުރައްވާފައިވާތީ އެ ހޮސްޕިޓަލުތަކުން ދެއްވަމުން ގެންދާ އޯޕީޑީ ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.

"އޯގަސްޓު މަހުގެ 14 ވާ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ކަނޑައަޅުއްވާފައިވާތީ ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ހިދުމަތްތައް ބަންދުވާނެ" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެއްދުމަކީ ވަރަށް ދަތި ކަމެކެވެ. އެތައް ދުވަހެއް މަޑު ކުރުމަށްފަހު އެޕޮއިންޓްމެންޓް ހަމަޖެހޭއިރު މިގޮތަށް ކެންސަލް ކުރުމުން ބައެއް އާންމުން ދަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްއަށް ގުޅުމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުނީ މިއަދަށް ހުރި އެޕޮއިންޓްމެންޓްތައް ކެންސަލްކޮށް ރީޝެޑިއުލް ކުރެވިފައިވާ ކަމަށެވެ. އެޕޮއިންޓްމަންޓުތައް ރީޝެޑިއުލް ކުރީ އަންނަ ހަފުތާއަށް ކަމަށާއި މިއަދަށް ކުރަން ހަމަޖެހިފައި ހުރި އޮޕެރޭޝަންތައް ވެސް ލަސްކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުކަމުގައި ވިޔަސް އައިޕީޑީ އަދި އިމަޖެންސީ ހިދުމަތްތައް ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox