ޝަރީޢަތަށް ނުފޫޒު ފޯރުވި މީހުންގެ އޯޑިއޯ ވަރަށް އަވަހަށް އާންމު ކުރާނަން: ޔާމީން

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ، ސަރުކާރުގެ އިސްވެރިންނާއި އެމަނިކުފާނާ ދެމެދު ދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން -- ފޮޓޯ: އަދަދު

ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ، ސަރުކާރުގެ އިސްވެރިންނާއި އެމަނިކުފާނާ ދެމެދު ދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން -- ފޮޓޯ: އަދަދު

ރައީސް ޔާމީނުގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި މި ސަރުކާރުގެ ވެރިންނާއި ޕީއެންސީގެ އިސް ވެރިންގެ އޯޑިއޯތައް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕްލަސް ނެޝަނަލް ފްރަންޓު، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ލަސް ކުރަން ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވީ ކޮންބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ ހަމަ އެބަ ނުކުމޭ ކޮންމެވެސް ކަހަލަ އަޑުތަކެއް ޝަރީއަތުގައި އަޅުގަނޑުގެ މައްސަލައިގައި ނުފޫޒު ފޯރުވި މީހުންނާއި ގުޅި މީހުންނާ އެމީހުންގެ އޯޑިއޯ ބައިޓާ އެކީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ކުރައްވާ ތުހުމަތުގެ ތަފުސީލު ދެއްވަމުން ޔާމީން ވިދާޅުވީ ހައިކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު މައްސަލައަށް ނުފޫޒު ފޯރުވި މީހުންނާއި ހައި ކޯޓުގައި މައްސަލަ ލަސްކުރި މީހުންނާއި ހައިކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޕީޖީ އޮފީހުގެ މީހުން ތިން ހަތަރު ޖަލްސާއަށް ގާތްގަނޑަކަށް މަހެއްހާ ދުވަސްވަންދެން މައްސަލަ ނުބެލި ދިޔައީ ޕީޖީ މީހުން ނައިސްގެން، އެކަން ކުރި މީހުން، މި ހުރިހާ އެއްޗެއް އަޅުގަނޑަށް އެނގޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ޝަރީއަތްތަކަށް މި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ތަކުރާރުކޮށް މީގެ ކުރިން ވެސް އެމަނިކުފާނު ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ޝަރުއީ ނިޒާމުގެ ތެރެއަށް މި ސަރުކާރުން އަތް ނުބާނާނެ ކަމަށް ރައީސް މުއިއްޒު ވެެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވިދާޅުވި އެވެ.

އެ ދުވަހު ރައީސް ވިދާޅުވީ "ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިނދަށް ނިންމުން، އެކަން މި ނިންމީ،" ކަމަށެވެ.

ރައީސް އެ ދުވަހު ވިދާޅުވީ ބާރުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިސްކަން ދެއްވާނެ ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުން ފަދަ ކުށްތައް ކުރާ ފަރާތްތަކާއި މެދު ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ޔާމީންއާ އެކު އެމަނިކުފާނުގެ ބޭފުޅުންގެ ގޮތުގައި އިދިކޮޅުގައި ތިއްބެވިއިރު، އެންމެ ބޮޑަށް ކުރި ތުހުމަތަކީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި، އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް ކަމަށް ތަކުރާރުކޮށް މިހާރު ޕީއެންސީގެ އިސްކޮށް ތިއްބެވި ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވި އެވެ.

ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު، ޕާޓީ ދެފަޅިވުމަށްފަހު މިހާރު އެ ވާހަކައިގެ ރާގު ބަދަލުވެ ޔާމީންގެ އެންމެ އަރިހުގައި ހުންނެވި، އަބްދުއްރަހީމް ވެސް ޔާމީނަށް މީގެ ތިން ރޭ ކުރިން ވަގަށް ގޮވި އެވެ. ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާއަކީ ކިހިނެއް ލިބުނު ފައިސާއެއްތޯ ރައްޔިތުންނަށް ސާފު ކޮށްދެއްވަންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް އެރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox