އަބްދުއްރަހީމްއަށް އޮޅިގެން ވިދާޅުވެވުނީ ހަގީގަތް، ވެރިކަން ހޯދަން ޔާމީން ޖަލުގައި ބޭއްވީ މުއިއްޒު: ރައީސް ޔާމީން

ޕީއެންއެފް ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ، އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު ދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން -- ފޮޓޯ: އަދަދު

ޕީއެންއެފް ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަދައްކަވަނީ، އެމަނިކުފާނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު ދަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން -- ފޮޓޯ: އަދަދު

ވެރިކަން ކުރާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން "ހަމަ ގަސްތުގައި ރާވައިގެން ތިމަންނައަށް ވެރިކަން ހޯދަންވެގެން ރައީސް ޔާމީނު ޖަލުގައި ބޭއްވީ މުއިއްޒު،" ކަމަށް އަބްދުއްރަހީމްއަށް ވިދާޅުވެވުނީ އެއީ ހަގީގަތަށް ވީމާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު، ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ﷲ ކަންކަން މެދުވެރި ކުރައްވާ ގޮތުގެ ސިއްރުތަކެއް ހުންނަ ކަމަށާއި އަބްދުއްރަހީމްއަށް އޮޅިގެން ހަގީގަތް ވިދާޅުވެވުނީ އެފަދަ އިއްތިފާގަކުން ކަމަށެވެ.

"އަބްދުއްރަހީމްގެ ވާހަކައިގައި ރައީސް ޔާމީން ޖަލުގައި ބޭއްވީ އަމިއްލައަށް ވެރިކަން ހޯދާށޭ، ހަމަ ސީދާ މުއިއްޒު ކުރި ކަމެކޭ އެ ބުނީ، އެ ބުނެވުނީ ހަމަ ރަނގަޅަށް އިނގޭތޯ، އެއީ ﷲ މެދުވެރި ކުރެއްވި ވަރުގަދަ އިއްތިފާގެއް، އޭނާގެ ދުލުން އެ ބުނެވުނީ، އޭނަގެ ދުލުން އެ ބުނީ،" ޔާމީން ވިދާޅުވި އެވެ.

އެ ވާހަކައަށް ބާރު ދިނުމަށް ހެކި ދައްކަވަމުން ޔަމީން ވިދާޅުވީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ރައީސް މުއިއްޒު އެދިވަޑައިގަނެގެން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ވެސް ހަގީގަތެއް ނޫންކަން އަބްދުއްރަހީމްގެ ވާހަކައިން ސާބިތުވެއްޖެ ކަމަށެވެ.

އެގޮތުން އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއާ އިންތިހާބީ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ބައްދަލު ކުރެއްވިއިރު، ޔާމީން އިންނެވީ ގޭ ބަންދަށް ބަދަލު ކުރަން ނިންމައި ލޯންޗަށް އަރުވާފައި ކަމަށް ވިދާޅުވިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"[ގޭބަންދަށް ބަދަލު ކުރުމުން] އަޅުގަނޑާ ސަލާމް ކުރަމުންދިޔައިރު މައިކު އަތުލާފައި މީހަކު ލައްވައި ބުނުވި މިއީ ރައީސް މުއިއްޒު ނުތަތަ ހޮވިވަޑައިގެންފައި ހުރި ރައީސް މުއިއްޒު އިބްރާހިމް މުހައްމަދު ސޯލިހު ކައިރީގައި ދަންނަވައިގެންނޭ އިލްތިމާސް ކޮށްގެންނޭ ރައީސް ޔާމީން ގެއަށް ގެނެސްފައި އެހުރީ، ހަމަ އަޑުގަދަ ކުރާއިން ގޮވަމުންދިޔަ،،" ޔާމީން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެސް އަދި އަބްދުއްރަހީމް ވެސް އޭރުގެ ރައީސްގެ އަރިހުން ޔާމީނު މިނިވަން ކުރުމަށް ނުދަންނަވާކަން އެނގޭ ކަމަށާއި އެ ވާހަކަ ދައްކަނީ ކަށަވަރު ވީމާ ކަމަށް ޔާމީނު ވިދާޅުވި އެވެ. އަދި، ރައީސް މުއިއްޒު ނިންމަވާފައި އޮތީ މަޖިލިސް އިންތިހާބު ނިންމާފައި ޔާމީނު މިނިވަން ކުރަން ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ހަމަ ހަގީގަތުގައި ވެސް، ހަމަ ހަގީގަތުގައި ވެސް އެ ބޭފުޅުން ބޭނުންފުޅުވީ އަޅުގަނޑު ޖަލުގައި ބާއްވައިގެން އެ ބޭފުޅުން އިންތިހާބަށް ނެރޭ މީހަކު ނެރެން،" ޔާމީން ވިދާޅުވި އެވެ.

ވެރިކަން ހޯދުމުގެ ބޭނުމުގައި ރައީސް ޔާމީން ޖަލުގައި ބޭއްވީ ރައީސް މުއިއްޒު ކަމަށް އަބްދުއްރަހީމްއަށް ވިދާޅުވެވުނީ އޮޅިގެންނެވެ. އެހެން ވިދާޅުވުމަށް ފަހު ވަގުތުން އެކަން އިސްލާހު ކުރައްވައި އެކަން ކުރެއްވީ ޑރ. ޖަމީލް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ރައީސް ޔާމީނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އެރޭ ދެއްވި އެވެ. އެގޮތުން ޔާމީނުގެ އެކައުންޓުތަކުގައި ހުރި ފައިސާއަކީ ކިހިނެއް ހޯދި ފައިސާއެއްތޯ ސުވާލު އުފައްދެވި އެވެ. އަދި މަޖިލިސް އިންތިހާބުގައި ޕީއެންއެފްއަށް އެއްވެސް ގޮނޑިއެއް ރައްޔިތުން ނުދީ ބުނީ ތިތިބީ ވައްކަން ކޮށްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox