މުހިންމީ ކެބިނެޓުން ކަންކަން ނިންމުމެއް ނޫން ތަންފީޒު ކުރުން، ފާއިތުވި އަށް މަސްދުވަސް ތެރޭ އެއްވެސް ކަމެއް ނުކުރެވޭ: އެމްޑީޕީ

ހަވަރު ބެރުގެ ނަމުގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

ހަވަރު ބެރުގެ ނަމުގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އެމްޑީޕީ

ސަރުކާރެއްގެ ދުވެލި ވަޒަން ކުރަނީ ކެބިނެޓުން ނިންމާ ނިންމުންތަކުގެ އަދަދުން ނޫން ކަމަށާއި ސަރުކާރުގެ ހިންގުންތެރިކަން ފެންނަނީ ތަންފީޒު ކުރާ ކަންތައްތަކުގެ އަދަދުން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން ބުނީ މި ސަރުކާރު އައި ފަހުން އަދި އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

"ހަވަރު ބެރު"ގެ ނަމުގައި އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި، ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވި އަށް މަސްދުވަސް ތެރޭގައި ކެބިނެޓުން ނިންމި ކަންތައްތަކުގެ ތަފުސީލު ފެންނަން ވެސް ނެތް ކަމަށާއި ފެންނަން ހުރި ނިންމުންތަކުގެ ތެރެއިން ތަންފީޒު ކުރެވުނީ ރޯދަމަހުގެ ފަހު ދިހައެއް ބަންދު ކުރުމާއި ދެ އީދު ދެދުވަހުގެ މެދުތެރެއަށް އައި ދުވަސްތައް ބަންދު ކުރުން ކަހަލަ ކަންތައްތައް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކެބިނެޓުގެ ބަންދަލުވުންތަކަށްފަހު ކުރީކޮޅުގައި ބަޔާންތައް ދެއްވަމުން ގެންދެވި ދެން ފަހުން 225 ތެރޭގައި ހިމެނޭ އެއްޗެއް އެނގޭކަށް ވެސް ނެތް، އެހެންވީމާ އަޅުގަނޑުމެންނަށް ފެންނަން ހުރި ތަންތަނުގައި 225 ގެ ތެރެއިން ތަންފީޒުވެފައި ހުރީ ބަންދު ދުވަސްތައް ކަނޑައަޅައިގެން އެ ބަންދު ދުވަސްތައް ބަންދު ކުރުން ކަހަލަ ކަންތައްތައް،" ޝާހިދު ވިދާޅުވި އެވެ.

"ނިންމަވާ ކަމެއް ތަންފީޒު ކުރުން ހަރާން، އެއް ކަމެއް ވެސް ނުހިނގާ، ބައްލަވާ ރާއްޖޭގެ ރަށްތައް ބައްލަވާ ހުރިހާ ކަމެއް ހުއްޓިފައޭ ހުރީ، ދެން 225 އެއް ނޫން 530 ވެސް ނިންމިދާނެ،"

ކެބިނެޓުން ނިންމާ ކަންކަން ތަންފީޒު ނުވާ ކަމުގެ މިސާލެއް ދައްކަވަމުން ޝާހިދު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ނިންމައި އެކަން އިއުލާނު ކުރެއްވިތާ އެތައް ދުވަހެއް ވީއިރު ވެސް އެކަން ތަންފީޒު ނުވާ ކަމަށެވެ.

"އެއް ދުވަހެއްގައި ކެބިނެޓު ބައްދަލުވުމެއް ނިންމަވާފައި ނުކުމެވަޑައިގެން ހަމަ ވަޒީރުންގެ ރަނގަޅު ޓީމެއް ނުކުމެ ވަރަށް ބާރަށް އެއްކަލަ ގޮތަށް ޕޯޑިއަމްގައި މިހެން ޖައްސަވާފައި ވަރަށް ބާރަށް ޖައްސަވާފައި ވިދާޅުވި އިޒުރޭލު މިހާރު ޕާސްޕޯޓު މަނާކުރިއްޔޭ، މިކަން ނިމުނިއްޔޭ އިނގޭތޯ؟ ދުނިޔޭގެ ހުރިހާ ނޫސްތަކެއްގައި ޖެހި އިނގޭތޯ؟ އަޅުގަނޑުމެން ވެސް ހަމަ ދުށިން އެ ހުރިހާ ކަމެއް ކޮބައިތޯ؟ ރާއްޖެއަކުން އެކަން ތަންފީޒެއް ނުކުރޭ، ތަންފީޒެއް ނުކުރޭ، ތަންފީޒު ކުރުން ކަމަކީ ދެއްތޯ؟" ޝާހިދު ވިދާޅުވި އެވެ.

ފާއިތުވި އަށް މަސްދުވަސް ތެރޭގައި ސަރުކާރުން 20 ޖަލްސާ ބާއްވާފައިވެ އެވެ. ބައްދަލުވުންތަކަށް ނިންމުންތަކުގެ އަދަދު ބަހައިލުމުން އެއީ ކޮންމެ ޖަލްސާއަކަށް 11.25 ނިންމުމެވެ. އެގޮތުން ބަލާއިރު ވެސް ކޮންމެ ކެބިނެޓު ބައްދަލުވުމަކަށް ހަ ގަޑިއެއްހާއިރު ހޭދަ ކުރަންޖެހޭނެ އެވެ.

އެކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ސަރުކާރު ހިންގަން މިހާރު ލިބެނީ ހަފުތާއެއްގެ ފަސް ދުވަހުގެ ބަދަލުގައި ހަތަރު ދުވަސް ކަމަށެވެ. ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓިފައި ހުރީ އެހެންވެގެން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ އެމަނިކުފާނު އެކަނި ދައުލަތް ހިންގަން ކަމަށެވެ. ނަމަވެސް ރައީސް އޮފީހުގައި ކެބިނެޓު މިނިސްޓަރުން ބައިތިއްބައިގެން ކުރައްވަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުއިއްޒު އެބަ ވިދާޅުވޭ ދެއްތޯ އެންމެ މީހަކަށް ވެސް ރަށްރަށް ވެސް ކުރިއަށް ގެންދެވިދާނެޔޭ، ރަށެއްގައި އެއް ކައުންސިލަރު ހުރެގެން، ކޮންމެވެސް ތަނެއްގައި ވިދާޅުވި އަޅުގަނޑަށް ހީވަނީ އެ ވިސްނުމުގައި ޑރ. މުއިއްޒު ގަބޫލުފުޅު ކުރައްވަނީ ކަންނޭނގެ ދިވެހިރާއްޖެ ވެސް އެންމެ މީހަކަށް ހިންގިދާނެ ކަމަށް،" ފައްޔާޒް ވިދާޅުވި އެވެ.

"ދެން ހަމަ އެހައި މޮޅު ވެސް ވެދާނެ، އަޅުގަނޑު ނުދަންނަވާނަން އެހެން ނޫނެކޭ، އެހެން ނަމަވެސް މިހައި ހިސާބަށް ދުނިޔޭގައި އަދިއެއް އެގޮތަށް ހިންގިފައެއް ނެތް،"

ފައްޔާޒް ވިދާޅުވީ ސަރުކާރުން އެ ހުރިހާ ކެބިނެޓް ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ އިރުގައި ވެސް ރާއްޖޭގެ ތަރައްގީގެ ދުވެލި އެއްކޮށް ހުއްޓިފައި އޮތް ކަމަށެވެ.

"އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ނުހިނގާ ރައްޔިތަކަށް ފައިސާއެއް ލިބެނީކީ ނޫން އެއްވެސް ކަމެއްގައި ކުރިއެރުމެއް މިގައުމަށް ލިބެނީއަކީ ނޫން، އެހެންވީމާ ނޫނީ އަދިވެސް ހަމަ ތައްޔާރު ވަނީ، އަށް މަސްދުވަސް ހަމަ ތައްޔާރުވެލަން ރަނގަޅު،"

މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ "މި ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގެ 17 ބައްދަލުވުން،" ބާއްވައި "225 ނިންމުމެއް ވާނީ ނިންމާފައި" ކަމަށެވެ.

އަދި، "225 ނިންމުމެއް ނިންމި ވާހަކަ ދަންނަވާއިރުގައި، އެއީ، ވަރަށް ގިނަ މަޝްވަރާތައް. ވަރަށް ގިނަ ކަންކަން،" ކަމަށް ރައީސް މުއިއްޒު އެދުވަހު ވިދާޅުވި އެވެ.

މީގެ ކުރީގެ ދެ ވެރިކަމުގައި ފުރަތަމަ އަށް މަސްދުވަހު ކެބިނެޓުން ނިންމި ނިންމުންތަކާއި މި ސަރުކާރުގެ އަދަދުތައް އަޅާކިޔައި ރައީސް ވަނީ އެއީ މި ސަރުކާރުގެ ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox