ސްކޮޓްލެންޑް

Jun 14, 2024, 9:16 AM
ސްކޮޓްލެންޑް

އިނގިރޭސި ފުޓްބޯޅައިގެ ހިޔަނީގެ ތެރޭގައި އޮތް ސްކޮޓްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ވާދަކުރަނީ، ހަތަރު ވަނަ ފަަހަރަށެވެ. ސްކޮޓްލެންޑް އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވަނީ 2020 ވަނަ އަހަރު އެވެ. އޭގެ ކުރިން، ވާދަކުރީ ދެ ފަހަރު އެވެ. އެއީ، 1992 އާއި 1996 ވަނަ އަހަރު އެވެ.

ސްޓީވް ކްލާކްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ސްކޮޓްލެންޑް، ޔޫރޯ އަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް އޭގެ ރަނަރަޕްގެ ގޮތުގަ އެވެ. ސްޕެއިނާ އެކު، ސްކޮޓްލެންޑް ހިމެނުނު މި ގްރޫޕްގައި އެ ޓީމުން ކުޅުނު އަށް މެޗުގެ ތެރެއިން ވަނީ ފަސް މެޗުން މޮޅުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. ސްކޮޓްލެންޓް ކޮލިފައިވީ، ނޯވޭ ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

މިހާތަނަށް ސްކޮޓްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ތިން ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެ ގޮތުން، ފުރަތަމަ ދެ ފަހަރު ގްރޫޕް ސްޓޭޖުގެ އެއް މެޗުން މޮޅުވި އެވެ. އެކަމަކު، އެންމެ ފަހުން، ކުޅުނު ޔޫރޯގައި ސްކޮޓްލެންޑް، އެނބުރި ގައުމަށް ދާން ޖެހުނީ މެޗަކުން މޮޅެއް ނުލިބި އެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

Advertisement

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލެންޑް ހިމެނޭ ގްރޫޕަށް ބަލާއިރު، ޖަރުމަނާއި ހަންގޭރީ އަދި ސްވިޒަލެންޑާ އެކު އޮތުމުން، ގްރޫޕް ފަހަނައަޅައި ކުރިއަށް ދިއުމުގެ ފުރުސަތު އެ ޓީމަށް އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ސްކޮޓްލެންޑް ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ، އެ ޓީމުގެ ކެޕްޓަން، އެންޑީ ރޮބަޓްސަން އެވެ. ރޮބަޓްސަން އަކީ، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަބާރު ލިވަޕޫލަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox