ތުރުކީ ލީގުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ: އިންފަންޓީނޯ

Mar 19, 2024, 12:49 PM
ތުރުކީ ލީގުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ: އިންފަންޓީނޯ

ޒިއުރިކް (މާޗް 19) - ތުރުކީ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ޓްރަބްޒޯންސްޕޯ އާއި ފެނަބާޗޭ ބައްދަލުކުރި މެޗުގައި ޓްރަބްޒޯންސްޕޯރުގެ ސަޕޯޓަރުންނާއި ފެނަބާޗޭގެ ކުޅުންތެރިންނާދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ޓްރަބްޒޯންސްޕޯގެ ދަނޑުގައި ކުޅުނު މެޗު ފެނަބާޗޭ 3-2 އިން ކާމިޔާބުކުރީ މެޗުގެ ފަހުކޮޅު މިޝޭލް ބަޓްޝުއާއީ ޖެހި ލަނޑުންނެވެ.

މި މެޗުން މޮޅުވުމުން ފެނަބާޗޭގެ ކުޅުންތެެރިން އުފާފާޅުކުރަމުންދިޔަ ވަގުތު، ޓްރަބްޒޯންސްޕޯގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށްއަރައި، ފެނަބާޗޭގެ ކުޅުންތެރިންނާ ދިމާކޮށް، ހަމަލާ ދިނެވެ. އެ ވަގުތުގެ ރައްދުގައި ފެނަބާޗޭގެ ބައެއް ކުޅުންތެރިން ވަނީ ޓްރަބްޒޯންސްޕޯރުގެ ސަޕޯޓަރުންނަށް ވެސް ހަމަލާދީފަ އެވެ.

އެކަމަކު، ސެކިއުރިޓީން ވަނީ ފެނަބާޗޭގެ ކުޅުންތެރިން ޗޭންޖިން ރޫމަށް ވައްދައި، އެ ޓީމަށް ހިމާޔަތްދީފަ އެވެ.

މި ހާދިސާއާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ އެ މެޗަށް ފަހު ފެނިގެންދިޔައީ "ގަބޫލްކުރެވޭނެ ކަންތައްތަކެއް ނޫން" ކަމަށާއި މި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލަން މި ހަމަނުޖެހުމުގެ މައްސަލަ ބަލައި، މިކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އަޅަން،" އިންފަންޓީނޯ ވިދާޅުވިއެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކާޔާ ވިދާޅުވީ ދަނޑަށް އެރި މީހުން ދެނެގަނެ، އެ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށެވެ.

ތުރުކީ ފުޓްބޯޅައިގައި ހަމަނުޖެހުމާއި މާރާމާރީގެ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ގިނަވެފައެވެ. އެ ގޮތުން މީގެ މަހެއްހާ ދުވަސް ކުރިން ސުޕަ ލީގު ކްލަބެއް ކަމަށްވާ އަންކަރާގުކޫގެ ރައީސް މެޗެއްގެ ރެފްރީ އަށް ހަމަލާ ދިން މައްސަލައިގައި ލީގުގެ މެޗުތައް މެދުކަނޑާލަންވެސް ޖެހުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox