ޒޯން ޗެމްޕިއަންކަން ގާފަރު، މަތިވެރި، ކުޑަހުވަދޫ އަދި މާފަންނަށް

ޒޯން ތިނެއްގެ ތައްޓާއެކު ގާފަރު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން ތިނެއްގެ ތައްޓާއެކު ގާފަރު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ޗެމްޕިއަންކަން ކ. ގާފަރު, އއ. މަތިވެރި, ދ. ކުޑަހުވަދޫ އަދި މާލެ ސިޓީ, މާފަންނުން ހޯދައިފި އެވެ.

ރެހެންދި ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވަނީ ޒޯން ތިނެއް, ޒޯން ހަތަރެއް, ޒޯން ފަހެއް އަދި ޒޯން އަށެއްގެ ފައިނަލް މެޗު ކުޅެފަ އެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން ގާފަރުން ހޯދީ ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ 11 ވަނަ މިނެޓުގައި އޭދަފުށީގެ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި ގާފަރުގެ އިބްރާހީމް ރިމާހު ގޯލު ޖަހާ ނަތީޖާ ހަމަހަމަކުރި އެވެ. މި މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ގާފަރުން އެ ޓީމުގެ ކެޕްޓަން ފައްޔާޒް ފަޔާޒްގެ ބަދަލުގައި ގޯލު ބެލެހެއްޓީ މުހައްމަދު ޝަމްއާން އެވެ. އޭނާ ވަނީ ޕެނަލްޓީގައި ދެ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ.

މި ނަތީޖާއާއެކު ގާފަރުން ގަދަ 16 ގައި ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ޒޯން ހަތެއްގެ ފައިނަލުން ބަލިވާ ޓީމަކާއެވެ.

ގާފަރު އާއި އޭދަފުށި ބައްދަލުކުރި ފައިނަލު މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ގާފަރު އާއި އޭދަފުށި ބައްދަލުކުރި ފައިނަލު މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގާފަރު އާއި އޭދަފުށި ބައްދަލުކުރި ފައިނަލު މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން މަތިވެރިން ހޯދީ އދ. މާމިގިލި 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ނުވަވަނަ މިނެޓުގައި މަތިވެރީގެ އަލީ އަލްސަން ގޯލު ޖަހާ އެޓީމަށް ލީޑު ނަގާދިނެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން މާމިގިލީގެ އިބްރާހީމް ރިޒުހާން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. މަތިވެރި މޮޅުވި ގޯލު އެޓީމަށް ޖަހާދިނީ މެޗުގެ ފަހު މިނެޓުގައި ކެޕްޓަން މުހައްމަދު ޝަފުރާޒް އެވެ.

މި ނަތީޖާއާއެކު މަތިވެރިން ގަދަ 16 ގައި ބައްދަލުކުރަން ޖެހޭނީ ޒޯން ފަހެއްގެ ރަނަރަޕް ފ. ބިލެތްދޫއާ އެވެ.

ޒޯން ހަތަރެއްގެ ތައްޓާއެކު މަތިވެރި ކުޅުންތެރިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ޒޯން ހަތަރެއްގެ ތައްޓާއެކު މަތިވެރި ކުޅުންތެރިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން ހަތަރެއްގެ ތައްޓާއެކު މަތިވެރި ކުޅުންތެރިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން ފަހެއްގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫ އިން ދިފާއުކުރީ ޕެނަލްޓީގައި ބިލެތްދޫގެ މައްޗަށް 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގެ ނުވަވަނަ މިނެޓުގައި ކުޑަހުވަދޫ އަށް ލީޑު ނަގާދިނީ ޖުމައިލް ޖަމީލް (ޖުމްބެ) ޖެހި ގޯލުންނެވެ. އެކަމަކު އެކަމަކު އޭގެ ދެ މިނެޓު ފަހުން ކުޑަހުވަދޫގެ ހުސެއިން އިފްހާމް އަތުން ބައިކޮޅަށް ވަން ލަނޑުން ބިލެތްދޫ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ކެޕްޓަން ޖުމްބެ ފައިގައި ޖެހިފައި ބައިކޮޅަށް ގޯލެއް ވަދެ, ބިލެތްދޫ އިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. ކުޑަހުވަދޫ އިން ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން ހަ މިނެޓަށްވެފައި ހުއްޓަ ޖުމްބެ ޖަހާދިން ގޯލުންނެވެ.

ޕެނަލްޓީގައި ކުޑަހުވަދޫ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ މުހައްމަދު އަރީޝް ޖެހި ޕެނަލްޓީ އެވެ. ބިލެތްދޫގެ ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. އެއީ ރިމާން އަލީ އަދި ހުސެއިން ޝަހުމީލް ޖެހި ޕެނަލްޓީ އެވެ.

މި ނަތީޖާއާއެކު ގަދަ 16 ގައި ކުޑަހުވަދޫ ބައްދަލުކުރަން ޖެހޭނީ މިރޭ ޒޯން ދޭއްގެ ފައިނަލުގައި ދުވާފަރު އާއި ކެނދިކުޅުދޫ ކުޅޭ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ.

ޒޯން ފަހެއްގެ ތައްޓާއެކު ކުޑަހުވަދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ޒޯން ފަހެއްގެ ތައްޓާއެކު ކުޑަހުވަދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން ފަހެއްގެ ތައްޓާއެކު ކުޑަހުވަދޫ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން އަށެއްގެ ފައިނަލުގައި މާފަންނުން ވިލިމާލޭގެ މައްޗަށް ކުރިހޯދީ ޕެނަލްޓީގައި 6-7 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މާފަންނުންނެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ހުސެއިން ޝުހައިލް އެވެ. އަދި މާފަންނުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ހުސެއިން ޝިފާޒް (ޑުނގާ) އެވެ. މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ވިލިމާލެއިން ވަނީ ދެ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވިލިމާލޭގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ ޑުނގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖަހާދިނީ އަބްދުالله ސަމީހު މޫސާ އެވެ. މި ނަތީޖާއާއެކު މާފަންނުން ގަދަ 16 ގައި ނުކުންނާނީ ޒޯން ތިނެއްގެ ރަނަރަޕް އޭދަފުއްޓާ ދެކޮޅަށެވެ.

ޒޯން އަށެއްގެ ތައްޓާއެކު މާފަންނު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ޒޯން އަށެއްގެ ތައްޓާއެކު މާފަންނު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޒޯން އަށެއްގެ ތައްޓާއެކު މާފަންނު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް ހަތަރު ފައިނަލެއް ކުޅޭނެ އެވެ. އެއީ ޒޯން އެކެއް, ޒޯން ދޭއް, ޒޯން ހައެއް އަދި ޒޯން ހަތެއްގެ ފައިނަލެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ހދ. ނައިވާދޫ - ހއ. އުތީމު : 20:00 (ގްރައުންޑް 1) ޒޯން 1 ފައިނަލް
  2. ތ. ތިމަރަފުށި - ލ. ގަން : 20:00 (ގްރައުންޑް 2) ޒޯން 6 ފައިނަލް
  3. ދަޑިމަގު - ސ. ހިތަދޫ : 22:00 (ގްރައުންޑް 1) ޒޯން 7 ފައިނަލް
  4. ނ. ކެނދިކުޅުދޫ - ރ. ދުވާފަރު : 22:00 (ގްރައުންޑް 2) ޒޯން 2 ފައިނަލް

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox