ފަހަތުން އަރައި ލޫޓަން ބަލިކޮށް ލިވަޕޫލުން ތާވަލުގެ ކުރީގައި ލީޑުނަގައިފި

Feb 22, 2024, 4:13 AM
ފަހަތުން އަރައި ލޫޓަން ބަލިކޮށް ލިވަޕޫލުން ތާވަލުގެ ކުރީގައި ލީޑުނަގައިފި

ލިވަޕޫލް (ފެބްރުއަރީ 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 4-1 އިން ލޫޓަން ޓައުން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އަލުން ލީޑުނަގައިފި އެވެ.

މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ، 26 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން 10 ކުޅުންތެރިން ނުލައި ރޭގެ މެޗު ކުޅެން ޖެހުނު ލިވަޕޫލުން މެޗު ފަށަން ޖެހުނީ ވެސް އުނދަގޫ ފައްތަރެއްގަ އެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި ލޫޓަންގެ ޗިއޮޑޯޒީ އޮގްބޭނޭ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިނެވެ. އެ ލީޑުގައި އޮވެ، ލޫޓަން އިން ފުރަތަަމަ ހާފު ނިންމާލީ ކުރީގައި އޮވެ އެވެ.

ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ހަތަރު ގޯލު ޖަހައިގެންނެވެ.

އެ ގޮތުން، ދެ ވަނަ ހާފް ފަށައިގެން، 11 މިނިޓް ތެރޭ ލިވަޕޫލުން ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު ޖެހީ މެޗުގެ 56 ވަނަ މިނިޓްގަ އެެވެ. މިއީ އަލެކްސިސް މެކް އަލިސްޓާ ނެގި ކޯނަރަކުން ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، މެކް އަލިސްޓާ ނެގި ހުރަހަކުން ބޮލުން ގޯލު ޖަހައި، ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 71 ވަނަ މިިނިޓްގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ލުއިޒް ޑިއާޒް އެވެ. މިއީ އޭރިއާތެރެއިން ލޫޓަންގެ ކުޅުންތެރިއަކު ކައިިރިން ނައްޓާފައި ގޮސް ޖެހި ގޯލެކެވެ. މެޗުގެ އިތުރު ވަގުުތުގައި، ލޫޓަން އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން، ހާވީ އެލިއަޓް ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަަހައިފަ އެވެ.

ލިވަޕޫލަށް ދެން އޮތީ އާދިއްތަ ދުވަހުގެރޭ ކުޅޭ، ލީގު ކަޕް ފައިނަލް މެޗެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، އެ މެޗަށް ދާއިރު ވެސް އަނިޔާގެ މައްސަލަތަކަށް މާ ބޮޑު ހައްލެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި 11 ކުޅުންތެރިން މެޗު ކުޅެވޭ ހާލަތުގައި ތިއްބަސް މެޗަށް އަރައި، ތަށްޓަށް ޓާގެޓްކޮށް ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox