ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަނޑިމަގު ފައިނަލާ ގާތައް، ކަނޑިތީމު އަދި އަލިފުއްޓައް މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުގެ ތެރެއިން ދަޑިމަގު ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުގެ ތެރެއިން ދަޑިމަގު ކުޅުންތެރިން ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" ގެ ޒޯން ހަތެއްގެ ފައިނަލާ ގާތައް ދަނޑިމަގުން ޖެހިލިއިރު, ޒޯން ދޭއްގައި އަލިފުށި އަދި ކަނޑިތީމު ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވަނީ ޒޯން ބުރުގެ ހަތަރު މެޗު ކުޅެފަ އެވެ. އެއީ ޒޯން ހަތެއް އަދި ޒޯން ދޭއްގެ މެޗުތަކެވެ.

ޒޯން ދޭއްގައި ރޭ އަލިފުށިން ކުޅުނު ފުރަތަމަ މެޗުގައި ށ. ފޭދޫގެ މައްޗަށް އެ ޓީމުން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލިފުށިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އަބްދުލް ސަމީއު ހަސަން އެވެ.

ރޭ ޒޯން ދޭއްގައި ށ. ކަނޑިތީމުން, ނ. ކެނދިކުޅުދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކެނދިކުޅުދޫއިންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އަލީމް އެވެ. އެކަމަކު ފަހަތުން އަރައި ކަނޑިތީމުން ދެ ގޯލު ޖަހާ މެޗު ކާމިޔާބު ކުރިއެވެ. ކަނޑިތީމުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ހަސަން ނިހާލް އަދި މުހައްމަދު ޝާން އެވެ.

މިދިޔަ އަހަރު މުބާރާތުގެ ރަނަރަޕް ގދ. ވާދޫގެ މައްޗަށް ދަނޑިމަގުން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 12 ވަނަ މިނެޓުގައި ދަނޑިމަގަށް ލީޑު ނަގާދިނީ އަލީ ޝަމާލް އަބްދުالله އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ވާދޫގެ މުސައްނިފް މުހައްމަދު ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ދަނޑިމަގުން އަލުން ލީޑު ނެގި އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިނާން އަހުމަދެވެ. އަދި އޭގެ މިނެޓެއް ފަހުން އިނާން ވަނީ އިތުރު ގޯލެއް ޖަހާ ދަނޑިމަގުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ޒޯން ހަތެއްގައި ރޭ އިތުރު މެޗެއް ވެސް ކުޅުނެވެ. ގއ. ކަނޑުހުޅުދޫއިން އެ އަތޮޅު ގެމަނަފުށީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 15 ވަނަ މިނެޓުގައި ކަނޑުހުޅުދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން މުހައްމަދު ޒައިން ނިޔާޒް ޖަހާދިން ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގެމަނަފުށީގެ ކެޕްޓަން އަލީ ޝާޒް ހަބީބް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި އިސްމާއިލް އަންވަރު ޖެހި ގޯލުން ކަނޑުހުޅުދޫއިން އަލުން ލީޑު ނެގި އެވެ. އަދި އޭގެ މިނެޓެއް ފަހުން އަހުނަފް ޒާހިރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކުރި އެވެ.

މި މުބާރާތުގައި މިރޭ އަށް މެޗު ކުޅޭނެ އެވެ. އެއީ ޒޯން ތިނެއް, ހަތަރެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ޅ. ކުރެންދޫ - ކ. ގާފަރު : 20:00 (ގްރައުންޑް 1) - ޒޯން 3
  2. ކ. ކާށިދޫ - ބ. އޭދަފުށި : 20:00 (ގްރައުންޑް 2) - ޒޯން 3
  3. އދ. މާމިގިލި - ވ. ކެޔޮދޫ : 21:00 (ގްރައުންޑް 1) - ޒޯން 4
  4. އދ. މަހިބަދޫ - އއ. މަތިވެރި : 21:00 (ގްރައުންޑް 2) - ޒޯން 4
  5. ފ. ބިލެތްދޫ - މ. ނާލާފުށި : 22:00 (ގްރައުންޑް 1) - ޒޯން 5
  6. މ. މުލަކު - ދ. ކުޑަހުވަދޫ : 22:00 (ގްރައުންޑް 2) - ޒޯން 5
  7. ހުޅުމާލެ - މައްޗަންގޯޅި : 23:00 (ގްރައުންޑް 1) - ޒޯން 8
  8. މާފަންނު - ވިލިމާލެ : 23:00 (ގްރައުންޑް 2) - ޒޯން 8

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox