ގޯލްޑަން ފުޓްސަލް ޗެލެންޖު: ތިމަރަފުށި، ކިނބިދޫ އަދި ކެނދިކުޅުދޫ އަށް ބޮޑު މޮޅެއް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ތިމަރަފުށިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ތިމަރަފުށިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ރޭ ކުޅުނު މެޗުތަކުން ތ. ތިމަރަފުށި, ތ. ކިނބިދޫ އަދި ނ. ކެނދިކުޅުދޫ އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ގޯލްޑަން ފުުޓްސަލް ޗެލެންޖުގައި ރޭ ވެސް އަށް މެޗު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ތ. އޮމަދޫ އާއި ތ. ވިލުފުށި ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން މެޗު ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެއާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގާ ކޮމެޓީން މި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށިން އެ އަތޮޅު މަޑިފުށީގެ މައްޗަށް ކުރި ހޯދީ 9-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އަދި އިބްރާހިމް ހަމްދާން ހެޓްރިކް ހެދިިއިރު, އިބްރާހީމް އަސްވަދު (ގަބޭ) އަހުމަދު ނާސިހް އަދި އިސްމާއިލް މުނީޒް (ޓްރީ) ވަނީ ގޯލެއް ޖަހާފަ އެވެ. މިި މެޗުގައި މަޑިފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަފްޒަލް މުހައްމަދެވެ.

ތ. ކިނބިދޫ އިން އެ އަތޮޅު ބުރުނީގެ މައްޗަށް ކުރިހޯދީ 7-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މުހައްމަދު ޝަޚާއު (ބޭލް) ހެޓްރިކް ހެދިއިރު, މުހައްމަދުު ޝާފިއު ވަނީ ދެ ގޯލު ޖަހާފަ އެވެ. އަދި އަބްދުالله ސާމިހު އާއި އަބްދުالله ޔާމިން މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އެވެ. މި މެޗުގައި ބުރުނިން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ނާހިލް ނޫހު އެވެ.

މި ނަތީޖާތަކާ އެކު، ކިނބިދޫ އާއި ތިމަރަފުށިން ވަނީ އަތޮޅު ސެމީން ފުރުސަތު ހޯދައިފަ އެވެ.

މީގެ އިތުރުން ތ. ހިރިލަންދޫ އިން އެ އަތޮޅު ވޭމަންޑޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓައް ވެފައިވަނިކޮށް ހިރިލަންދޫ އަށް ލީޑު ނަގާދިނީ މުހައްމަދު މިންވާލް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ހިރިލަންދޫ އަށް ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން މުހައްމަދު ޝާން ޖެހި ގޯލުންނެވެ. އަދި ހިރިލަންދޫގެ ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ އިސްމައިލް އަޒުހާން އެވެ.

ލަނޑު ޖެހުމަށް ފަހު ކިނބިދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މީގެ އިތުރުން ރޭ ވަނީ އއ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ބޮޑުފޮޅަދޫ އިން އެ އަތޮޅު ތޮއްޑޫގެ މައްޗަށް ކުރިހޯދީ 7-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބޮޑުފޮޅަދޫގެ މުހައްމަދު ޝިރުޚާން ހަތަރު ގޯލު ޖެހިއިރު, އަލީ ޝާނީޒް, ރުޚުޝާން ޖަމީލް އަދި އަހުމަދު ރިޔުޝާން ގޯލެއް ޖަހި އެވެ. މި މެޗުގައި ތޮއްޑޫ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ އަހުމަދު ޝަމީމް އެވެ.

އއ. މަތިވެރިން އެ އަތޮޅު ފެރިދޫގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ލީޑު މަތިވެރިން ނެގީ ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގަ އަލީ އަލްސަން ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ފެރިދޫގެ މުހައްމަދު ޝަފްރާޒް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މަތިވެރީގެ އަހުމަދު ފިރާޝް ވަނީ ގޯލު ޖަހާ އަލުން މަތިވެރިއަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން އަލްސަން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ރޭ ވަނީ ނ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. ނ. އަތޮޅު ހޮޅުދޫ އާއި މިލަންދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މިލަންދޫ އިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން ހަސަން އަބްދުލް ސަމަދެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ހޮޅުދޫގެ ކެޕްޓަން އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރޭގެ ފަހު މެޗުގައި ނ. ވެލިދޫގެ މައްޗަށް ކެނދިކުޅުދޫ އިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކެނދިކުޅުދޫގެ އިބްރާހީމް އަލީމް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުހައްމަދު އަރީހް ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ވެލިދޫ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާ ދިނީ އަލީ އާލިމް އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުތައް:

  1. ށ. ކަނޑިތީމު - ށ. ފޯކައިދޫ : 16:00 (ގްރައުންޑް 1)
  2. ށ. ޅައިމަގު - ށ. ފީވަށް : 16:00 (ގްރައުންޑް 2)
  3. ގދ. ވާދޫ - ގދ. ތިނަދޫ : 17:00 (ގްރައުންޑް 1)
  4. ގދ. ގައްދޫ - ގދ. ހޯދެއްޑޫ 17:00 (ގްރައުންޑް 2)
  5. ލ. މާމެންދޫ - ލ. އިސްދޫ : 20:00 (ގްރައުންޑް 1)
  6. ލ. ހިތަދޫ - ލ. މުންޑޫ : 20:00 (ގްރައުންޑް 2)
  7. ލ. ގަން - ލ. ކަލައިދޫ : 21:00 (ގްރައުންޑް 1)
  8. ލ. ދަނބިދޫ - ލ. މާވަށް : 21:00 (ގްރައުންޑް 2)
  9. އދ. ފެންފުށި - އދ. މާމިނގިލި : 22:00 (ގްރައުންޑް 1)
  10. އދ. ދަނގެތި - އދ. ކުނބުރުދޫ : 22:00 (ގްރައުންޑް 2)
  11. އދ. ހަންޏާމީދޫ - އދ. އޮމަދޫ : 23:00 (ގްރައުންޑް 1)
  12. އދ. މަންދޫ - އދ. މަހިބަދޫ : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox