މައިގްނޯންއާ ދިމާކޮށްލި މެޗުން މިލާނަށް މޮޅެއް

Jan 21, 2024, 3:07 AM
ރޭގެ މެޗުގެ ތެރެއިން މިލާންގެ ކީޕަރު މައިންގްނޯން.

ރޭގެ މެޗުގެ ތެރެއިން މިލާންގެ ކީޕަރު މައިންގްނޯން.

މިލާން (ޖެނުއަރީ 21) - އިޓާލިއަން ލީގުގައި އުދިނޭޒީ ސަޕޯޓަރުން ނަަސްލީ ގޮތުން އޭސީ މިލާންގެ ގޯލްކީޕަރު، މައިކް މައިގްނޯންއާ ދިމާކޮށްލުމުން މެދުކަނޑާލަން ޖެހުނު މެޗުން މިލާނުން 3-2 އިން އުދިނޭޒީ ބަލިކޮށްފި އެވެ.

އުދިނޭޒީ ދަނޑުގައި މިލާނުން، 31 ވަނަ މިނިޓްގައި ރުބެން ލޮފްޓަސް-ޗީކް ޖެހި ގޯލުން ލީޑުނެގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިލާންގެ ފްރާންސް ކީޕަރު މައިގްނޯންއާ އުދިނޭޒީ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކޮށްލި އެވެ. އެއާ އެކު، އެކަން ރެފްރީގެ ސަމާލުކަމަށް ގެނައުމަށް ފަހު، އެކަން ތަކުރާރުވާތީ، މައިގްނޯން ވަނީ މިލާންގެ ބައެއް ކުޅުންތެރިންނާ އެކު ދަނޑުން ފައިބައިފަ އެވެ.

އަލުން މެޗު ފެށީ 10 ވަރަކަށް މިނިޓަށް ފަހު އެވެ.

މެދުކެނޑުމަށް ފަހު ކުޅުން ފެށިގެން ފުރަތަމަ ހާފު ނިމުމުގެ ކުރިން އުދިނޭޒީން އެއްވަރުކުރި އެވެ. މި ގޯލު މެޗުގެ 42 ވަނަ މިނިޓްގައި ޖެހީ ލަޒާ ސަމަރްދްޒިޗް އެވެ. އަދި މެޗުގެ 62 ވަނަ މިނިޓްގައި ފްލޯރިއަން ތޯވާން ވަނީ އުދިނޭޒީ އަށް ލީޑުނަަގައިދީފަ އެވެ.

އެކަމަކު، މިލާނުން ވަނީ ފަހު ވަގުތު ކުރި ހިތްވަރާ އެކު ނަތީޖާ އަނބުރާލައިފަ އެވެ. މިލާނަށް އެއްވަރުކޮށްދިނީ 83 ވަނަ މިނިޓްގައި ލޫކަ ޔޯވިޗް އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި މިލާން މޮޅުކޮށްދިން ގޯލު ޖެހީ ނޯއާ އޮކަފޯ އެވެ.

ލީގުގައި ރޭ ހެޔަސް ވެރޯނާ އަތުން އަމިއްލަ ދަނޑުގައި ކުޅުނު ރޯމާ މޮޅުވީ 2-1 އިންނެވެ. މިއީ ހޯސޭ މޮރީނިއޯ ވަކިކޮށް ޑަނިއެލޭ ޑި ރޮސީއާ ރޯމާގެ ކޯޗުކަން ހަވާލުކުރި ފަހުން، އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި ރޯމާގެ ސަޕޯޓަރުން ވަނީ މޮރީނިއޯ އަށް އޮތް ލޯބި ދައްކާލުމަށް ދަނޑުގައި ބެނާތަކެއް ހަރުކޮށްފަ އެވެ.

މި ނަތީޖާތަކަށް ފަހު މިލާން ތިން ވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އިންޓަ މިލާނަށް 20 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް 20 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox