އާ އަހަރުގެ ހަދިޔާ: އާސަންދައިން ހެލްތު ޗެކަޕް ތައާރަފުކޮށްފި، ފުރަތަމަ 50 އަހަރުން މަތީ މީހުންނަށް

މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ޒީނިޔާ، އެންސްޕާގެ ސީއީއޯ ހީނާ، އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް. -- ފޮޓޯ: އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ޒީނިޔާ، އެންސްޕާގެ ސީއީއޯ ހީނާ، އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް. -- ފޮޓޯ: އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހެލްތު ޗެކަޕް ހެދުމުގެ އުސޫލު ކަނޑައަޅައި، އެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ތައާރަފުކުރީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ހަދާފައި ވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ބޮޑެތި ބަލިތައް ދުރާލައި ދެނެގެނެވޭނެ ގޮތަށް ކަމަށެވެ.

މި ޗެކަޕްގެ ޕެކޭޖުތައް އެކުލަވައިލުމުގައި ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ އަދަދާއި އުމުރުފުރާގެ މައްޗަށް ބަލާފައިވާ ކަމަށާއި، އަދި އެކަމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދި ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.

ހެލްތު ޗެކަޕް ހެދޭނީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން އެކަންޏެވެ. އެހެންވެ، މިއަދުން ފެށިގެން އެ މީހަކު ބޭނުންވާ ކޮންމެ ތަނަކުން ޗެކަޕް ހެދުމަށް ރަޖިސްޓްރީކުރަން ފެށޭނެ އެވެ.

titledesc

މި ހިދުމަތް ތައާރަފު ކުރި ނަމަވެސް އޭޕްރީލް މަހާ ހަމައަށް ޗެކަޕް ހެދޭނީ ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ފުރަތަމަ އެ އުމުރުފުރާ އަށް ތައާރަފު ކުރީ، ބޮޑެތި ބަލިތައް ތަހައްމަލުކުރާ ގިނަ މީހުންނަކީ އެ އުމުރުފުރައިގެ މީހުންނަށް ވުން ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

މެޑިކަލް ޗެކަޕް ތައާރަފުކުރާ މަރުހަލާ، އަދި އުމުރުފުރާ

  • އުމުރުން 50 އަހަރުން މަތި: މިއަދުން ފެށިގެން
  • އުމުރުން 35 އަހަރާއި 49 އަހަރުގެ މީހުން: އޭޕްރީލް 1، 2024
  • އުމުރުން 19 އަހަރާއި 49 އަހަރުގެ މީހުން: ޖުލައި 1، 2024
  • 19 އަހަރުން ދަށުގެ ކުދިން: އޭޕްރީލް 1، 2024

މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ ކަމަށް ޒީނިޔާ ވިދާޅުވި އެވެ. ހެލްތު ޗެކަޕްގައި އެކްސްރޭއެއް ނުހިމެނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ "މިއީ އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހަދިޔާއެއް" ކަމަށެވެ. މިކަމުގެ ސަބަބުން ބަލިތަކުން ރައްކާތެރިވެ، ދުރު މުސްތަގުބަލެއްގައި ދައުލަތުގެ ބަޖެޓަށް ވެސް ހަރަދު ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިނިޔާ ވިދާޅުވީ މެޑިކަލް ޗެކަޕް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، ދެ ވަނަ މެޑިކަލް ޗެކަޕެއް ހެދޭނީ ފުރަތަމަ ޗެކަޕަށް ހަ މަސް ދުވަސް ފަހުން ކަމަށެވެ. މެޑިކަލް ޗެކަޕެއް ފުރިހަމަ ވުމަކީ، ޓެސްޓުތައް ހެދުމާއި އެއަށް ފަހު ޑޮކްޓަރަށް ދެއްކުން އަދި ޑޮކްޓަރު ލައްވައި މެޑިކަލް ޗެކަޕްގެ ފޯމް ފުރިހަމަ ކުރުމެވެ. ދެވަނަ މެޑިކަލް ޗެކަޕް ހެދޭނީ ފުރަތަމަ މެޑިކަލް ޗެކަޕް ފުރިހަމަކޮށްފައިވާ ނަމަ އެވެ.

މާލޭ ސަރަހައްދުގައި ހެލްތު ޗެކަޕް ހެދޭނެ ގޮތް

  • އައިޖީއެމް ހޮސްޕިޓަލުން މެޑިކަލް ހައްދަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓުމެންޓު ހަދަން ގުޅާނީ 7226614 ނަންބަރަށް. ހޮސްޕިޓަލްގެ ކައުންޓަރަށް ވަޑައިގެން ވެސް އެޕޮއިންޓުމެންޓު ހެއްދޭނެ.
  • ހެލްތު ޗެކަޕް ހެދުމަށް ވަޑައިގަންނަވަން ޖެހޭނީ އެޕޮއިންޓުމެންޓު ލިބޭ ދުވަހު. މެމޯ ހެއްދުމަށް ފަހު ހެލްތު ޗެކަޕް ހަދަން ހާއްސަކޮށްފައިވާ ތަނަށް ގެންގޮސްދޭނެ.
  • ލޭ ނަގައި އީސީޖީ ހެދުމަށް ފަހު ގެއަށް ވަޑައިގެންނެވޭނެ. ނަތީޖާ ލިބުމުން ހޮސްޕިޓަލުން އަންގާނެ. އަދި އެއަށް ފަހު ޑޮކްޓަރަށް ދައްކުން ކުރިއަށް ދާނެ.
  • އައިޖީއެމްއެޗުން ހެލްތު ޗެކަޕްއަށް އެޕޮއިންޓުމެންޓު ހައްދާނީ ހޮނިހިރު އަދި ބުދަ ދުވަހު. ހެލްތު ޗެކަޕް ހަދާނީ އާދީއްތަ، އަދި ބުރާސްފަތި ދުވަހު. ޑޮކްޓަރަށް ދެއްކުން އޮންނާނީ އަންގާރަ އަދި ހޮނިހިރު ދުވަހު
"ނަމަވެސް ޑޮމާންޑު އަންނަ ވަރަކުން ނުވަތަ ބޭފުޅުން އެޕޮއިންޓުމެންޓު ހައްދާ ވަރަކުން އަޅުގަނޑުމެން މި ދުވަސްތައް އިތުރުކުރަމުން ދާނަން،" ހަލީމް ވިދާޅުވި އެވެ.
  • ވިލިމާލޭ ހޮސްޕިޓަލުން ހެލްތު ޗެކަޕް ހެދުމަށް ގުޅާނީ 3038520 ނަންބަރަށް
  • ހުޅުމާލޭ ހެލްތު ޗެކަޕް ހެދޭނީ ހިޔާ 16 ނަންބަރު ޓަވަރުގައި ހުންނަ ހުޅުމާލޭ ހޮސްޕިޓަލްގެ ޖީޕީ ކްލިނިކުން.
  • ހުޅުމާލޭން މެޑިކަލް ޗެކަޕް ހެދުމަށް ގުޅާނީ 1417 ނަންބަރަށް.
  • ވިލިމާލެ، އަދި ހުޅުމާލޭގައި ވެސް މެޑިކަލް ޗެކަޕް ހެއްދުން ކުރިއަށްދާނީ އައިޖީއެމް ހޮސްޕިޓަލްއެކޭ އެއްގޮތަށް.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox