ވީއޭއާރަށް ކުޅުންތެރިންގެ އިތުބާރު ގެއްލުމަކީ ފުޓްބޯޅަ އަށް އޮތް ނުރައްކަލެއް: ކްލެޓެންބާގް

Dec 15, 2023, 12:10 AM
ވީއޭއާރަށް ކުޅުންތެރިންގެ އިތުބާރު ގެއްލުމަކީ ފުޓްބޯޅަ އަށް އޮތް ނުރައްކަލެއް: ކްލެޓެންބާގް

ލަންޑަން (ޑިސެމްބަރު 15) - ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު)ގެ ސަބަބުން ކުޅުންތެރިން ރެފްރީންނަށް ކުރާ އިތުބާރު ގެއްލި، ގިނަ ރެފްރީންތަކެއް ފުޓްބޯޅައާ ދުރަށް ޖެހުން ގާތްކަމަށް އިނގިރޭސި ކުރީގެ ރެފްރީ މާކް ކްލެޓެންބާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް 2019 ވަނަ އަހަރު ޖޫން މަހު، ވީއޭއާރް ތައާރަފްކުރި ފަހުން، މި ޓެކްނޮލޮޖީ އަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ ފަހަރަކަށް މި ސީޒަން ވާނެ އެވެ. ވީއޭއާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ރެފްރީންނަށް އަމާޒުވަމުން އަންނައިރު، ޓީމްތަކުގެ މެނޭޖްމަންޓުން ވެސް އަންނަނީ އެކަން ފާހަގަ ކުރަމުންނެވެ.

އިނގިރޭސި ފުޓްބޯޅައިގެ ކުރީގެ މަޝްހޫރު ރެފްރީ ކްލެޓެންބާގް ބުނީ ރެފްރީންގެ ނިންމުންތައް ގޯސްވެގެން އަބަދުވެސް އެ ވާހަކަ މީހުން ދައްކާ ކަމަށާއި، ނަމަވެސް މި ސީޒަނަކީ އާދަޔާ ހިލާފަށް އެކަން ފާހަގަވާ ސީޒަނެއް ކަމަށެވެ.

އޭނާ ބުނީ މި ސީޒަންގައި އެންމެ ބޮޑަށް ފާހަގަވަނީ ވީއޭއާރުން އެކި މެޗުތަކުގައި އެކި ގޮތަށް ނިންމުންތައް ނިންމުން ކަމަށާއި، މިކަމުގެ ސަބަބުން ކުޅުންތެރިންގެ އިތުބާރު ވެސް ގެއްލެމުން އަންނަ ކަމަށެވެ. އަދި މިއީ ފުޓްބޯޅަ އަށް ހުރި ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

އެ ގޮތުން، 2004 އިން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ރެފްރީކަންކުރި ކްލެޓެންބާގް ބުނީ ރެފްރީންނަށް އަމާޒުވަމުން އަންނަ ފުރައްސާރައިގެ ސަބަބުން ގިނަ ރެފްރީންތަކެއް ރެފްރީކަން ކުރުމުން ދުރަށްދިޔުމަކީ ވެސް ގާތްކަމެއް ކަމަށެވެ. އެކަން ހުއްޓުވޭނީ ރެފްރީންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވިގެން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ކްލެޓެންބާގް ވަނީ ބައެއް ރެފްރީން ވީއޭއާރަށް މާބޮޑަށް ބަރޯސާވާތީ އެކަން ވެސް ފާހަގަކޮށްފަ އެވެ. މި ގޮތުން މެޗު ކުރިއަށްދާއިރު ބައެއް ރެފްރީން ގަސްތުގައި ފައުލް ނުދައްކައި ވީއޭއާރުން އެންގުމެއް އަންގަންދެން މަޑުކުރާކަން ފާހަގަކުރެވޭކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox