ރޯޔަލްސް، ޓަލޮންސް އަދި ސްޓިންގާސް ދެ ވަނަ ބުރަށް

Nov 29, 2023, 3:48 AM
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ރޯޔަލްސް އާއި ސްޕާޓަންސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ރޯޔަލްސް އާއި ސްޕާޓަންސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ބުރުން ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު، ޓަލޮންސް ބާސްކެޓްބޯޅަ ކުލަބު އަދި ސްޓިންގާސް ބާސްކެޓްބޯޅަ ކުލަބުން ޖާގަ ހޯދައިފި އެވެ.

ހަތް ޓީމާ އެކު މި މަހުގެ 17 ވަނަ ދުވަހު ފެށި ގައުމީ ލީގުގެ ދެ ވަނަ ޑިވިޝަންގެ ފުރަތަމަ ބުރު ނިމުނުއިރު އެއް ވަނަ ހޯދީ ޓަލޮންސް އެވެ. ދެ ވަނަ ރޯޔަލްސް އިން ހޯދިއިރު، ތިން ވަނަ އަށް ދިޔައީ ސްޓިންގާސް އެވެ. ދެ ވަނަ ބުރުން ފުރުސަތު ލިބެނީ ފުރަތަމަ ބުރުގެ ގަދަ ތިން ޓީމަށެވެ. ލީގުގެ ޗެމްޕިއަން ކަނޑައަޅާނީ ދެ ވަނަ ބުރުގައި ހުރިހާ ޓީމެއް ލީގު އުސޫލުން ކުޅުމަށްފަހުގަ އެވެ.

ފުރަތަމަ ބުރުގެ ނަތިޖާތަކަށް ބަލާއިރު ޓަލޮންސް އާއި ރޯޔަލްސް އިން ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ. ދެ ޓީމުވެސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ރޯޔަލްސް ބަލިވެފައިވަނީ ޓަލޮންސް އަތުންނެވެ. އަދި ޓަލޮންސް ބަލިވީ ޑަބްލިއު ސްޕޯޓްސް އެކަޑެމީ އަތުންނެވެ. ފުރަތަމަ ބުރުގެ އެއް ވަނަ ޓަލޮންސް އަށް ލިބުނީ ހެޑް ޓު ހެޑަށް ބަލާއިރު ކުރި ލިބިގެންނެވެ.

ތިން ވަނަ އަށް ދިޔަ ސްޓިންގާސް އާއި ޑަބްލިއު ސްޕޯޓްސް އެކަޑެމީއަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ސްޓިންގާސް ބަލިވީ ރޯޔަލްސް އާއި ޓަލޮންސް އަތުންނެވެ. ޑަބްލިއު ސްޕޯޓްސް ބަލިވީ ރޯޔަލްސް އަތުންނާއި ސްޓިންގާސް އަތުންނެވެ. ތިން ވަނަ ސްޓިންގާސްއަށްވެސް ލިބުނީ ދެ ޓީމުގެ ކުރިމަތިލުން ސްޓިންގާސް ކާމިޔާބުކޮށްފައިވާތީ އެވެ.

ލީގުގެ ފަސް ވަނަ އަށް ދިޔައީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްޕާޓަސްން އެވެ. ސްޕާޓަންސް އަށް ހަ މެޗުން ލިބުނީ ނުވަ ޕޮއިންޓެވެ. އެ ޓީމު ވަނީ ތިން މެޗުން މޮޅުވެ، ތިން މެޗުން ބަލިވެފަ އެވެ. އެލްކިއު ސްޕޯޓްސް ކުލަބުން ހަ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކުރިއިރު، ލީގު ބުރުގެ ފުލަށް ދިޔައީ ކުޅުނު ހަ ބަލިވި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox