އެފްއޭއެމްއިން ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމުގެ ހެކި ފެންނަން އެބަހުރި: ފުލުހުން

Nov 13, 2023, 7:51 AM
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަމުގެ ހެކި ބޭންކް ސެޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން ތަހުގީގު ފަށައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެފަ އެވެ. އަދި އެތަނަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފަ އެވެ.

ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅޭގޮތުން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއަށް ލިބިފައިވާ އެފްއޭއެމަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައިނުވާނެ ކަމަށާއި، މިއީ އަމިއްލަ މަސްލަހަތާއި، ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއްކަމަށެވެ.

ފުލުހުން ކުރަމުން އަންނަ ތަހުގީގުގެ ތަފްސީލްތަކެއް ދާދިފަހުން އެ އިދާރާއިން ހާމަކޮށްފައިވާއިރު، އެފްއޭއެމުން ފައިސާއަށް ހިޔާނަތްތެރިވެފައިވާކަމުގެ ހެކި ފެންނަން ހުރިކަމަށްވަނީ ބުނެފަ އެވެ.

މީޑިއާއަކަށްދިން އިންޓަވިއުއެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން، އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އޭގެ ސާފު ކިތާބީ ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށެވެ.

މި މުއާމަލާތްތައް ތަފްސީލްގޮތެއްގައި ބަލަންޖެހޭތީ ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާ އެކު ހާއްސަ އޮޑިޓެއް ހަދަން އެދިފައިވާނެކަމަށެވެ.

މި މައްސަލައިގައި ކުރިން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމަކީ މިނިވަން އޮޑިޓަރުން އޮޑިޓްކުރާ އިދާރާއެއްކަމަށާއި، އޮޑިޓް ރިޕޯޓްތަކަކީ ފީފާ އަދި އޭއެފްސީއާ ހިއްސާކުރާ ރިޕޯޓްތަކެއްކަމަށެވެ. އެހެންކަމުން މާލީ ގޮތުން އެ އިދާރާއިން ކަމެއް ގޯސްކޮށް ކުރާނަމަ އެކަން ރިޕޯޓްތަކުން ފެންނަން އޮންނާނެކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އިދާރާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ގިނަ ކުންފުނިތަކަކަށް ދައްކަންޖެހޭ ފައިސާ އާއި އެ އިދާރާގެ މުވައްޒަފުންނާއި ކުލަބުތަކަށް ދޭންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފެންމަތިވާން ފެށުމުންނެވެ. މިގޮތުން ގިނަ ކުންފުނިތަކަކަށް އެތައް ލައްކަ ރުފިޔާއެއް ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ގައުމީ ޓީމްތަކުގެ ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދޭ މައްސަލަތައްވެސް އަންނަނީ ގިނަ ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox