ކޮންޓުރެކްޓް ބާތިލްކޮށް އާސެނަލް އިން ޕެޕޭ ދޫކޮށްލައިފި

Sep 11, 2023, 3:35 PM
ކޮންޓުރެކްޓް ބާތިލްކޮށް އާސެނަލް އިން ޕެޕޭ ދޫކޮށްލައިފި

ލަންޑަން (ސެޕްޓެމްބަރު 11) - އާސެނަލްގެ އެންމެ އަގުބޮޑު އެއް ޓްރާންސްފާގެ ގޮތުގައި އެ ކްލަބާ މީގެ ހަތަރު އަހަރު ކުރިން ގުޅުނު އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ނިކޮލަސް ޕެޕޭއާ އެކު އިން ހަދާފައިވާ ހަދާފައިވާ ކޮންޓުރެކްޓް ބާތިލްކޮށް، އެ ކްލަބުން އޭނާ ދޫކޮށްލައިފި އެވެ.

އާސެނަލް އިން ކޮންޓުރެކްޓް ބާތިލްކުރުމާ އެކު ޕެޕޭ ،28، ވަނީ ތުރުކީގެ ޓްރަބްޒޮންސްޕޯ އަށް ބަދަލުވެފަ އެވެ.

ފްރާންސްގެ ލިލް އިން 2019 ވަނަ އަހަރު އާސެނަލް އަށް ޕެޕޭ ބަދަލުވީ 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ. މިއީ އޭރު އާސެނަލްގެ އެންމެ އަގުބޮޑު ޓްރާންސްފާ އެވެ.

ބޮޑު އަގުުގައި އާސެނަލް އަށް ބަދަލުވިޔަސް، އެ ކްލަބުގައި އޭނާ އަށް އެއް ފެންވަރެއްގައި ކުޅުން ނުހިފެއްޓުނެވެ. އާސެނަލްގައި ހޭދަކުރި މުއްދަތުގައި ޕްރިމިއާ ލީގުގައި އާސެނަލްގެ ފުރަތަމަ 11 ގައި ޕެޕޭ ހިމެނުނީ އެންމެ 43 މެޗުގަ އެވެ.

އާސެނަލް އަށް އެންމެ ފަހުން ޕެޕޭ ކުޅުނު މެޗަކީ 2022 ވަނަ އަހަރުގެ މެއި މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗެވެ. މިދިޔަ ސީޒަންގައި ޕެޕޭ ލޯނު އުސޫލުން ކުޅުނީ ފްރާނަސްގެ ނީސް އަށެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޕެޕޭގެ ކޮންޓުރެކްޓް އާސެނަލް އިން ބާތިލްކުރީ ބާކީ އެއް އަހަރު އޮއްވަ އެވެ.

"މި ކްލަބުގައި ހޭދަކުރި މުއްދަތުގައި ޕެޕޭގެ މި ކްލަބަށް ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރަން،" އާސެނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox