ވެލެންސިއާ މެޗު މާޒިޔާ އަށް ލިބިއްޖެ

Jul 29, 2023, 11:02 AM
ވެލެންސިއާ މެޗު މާޒިޔާ އަށް ލިބިއްޖެ

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ކްލަބް ވެލެންސިއާ އިން ހާޒިރުވި ނަމަވެސް ރޯގާގެ އަސަރު ޓީމަށް ކުރުމާ އެކު، މެޗު ކުޅެވެން ނެތުމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މެޗު ލިބިއްޖެ އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށަން ހަމަޖެހިފައި އޮތް މެޗަށް، ވެލެންސިއާ ވަނީ ދަނޑަށް ހާޒިރުވެފަ އެވެ.

އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ)، މީޑިއާ އަށް ދިން މައުލޫމާތުގައި ވިދާޅުވެފައިވަނީ، ދަނޑަށް ވެލެންސިއާ އިން ހާޒިރުވި ނަމަވެސް އެ ޓީމުން އަންގާފައިވަނީ މި ވަގުތު މާލެ ސަރަހައްދުގައި ފެތުރެމުންދާ ރޯގާގެ އަސަރު ޓީމަށް ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް މެޗު ފެށުމާ މިހާ ކައިރިވެފައި ވަނިކޮށް މި ގޮތަށް އަންގާފައިވާތީ މި މެޗު ވެލެންސިއާ އިން ފޯފެއިޓް ކޮށްފައިވާ ކަމަށް، މުބާރާތުގެ ކޮމިޓީ މި މެޗު މުބާރާތުގެ ގަވާއިދާ އެއްގޮތަށް މާޒިޔާ އަށް މެޗު ލިބުނު ކަމަށް ނިންމާފައެވެ،" ޖަވާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވެލެންސިއާ އިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. ވެލެންސިއާގެ ބަޔާނުގައި ބުނެފައިވަނީ މެޗަށް 11 ކުޅުންތެރިން ހަމަކުރެވޭގޮތްނުވި ކަމަށާއި އޭގެ ސަބަބަކީ މާލޭގައި ފެތުރެމުން އަންނަ ރޯގާގެ ސަބަަބުން ގިނަ ކުޅުންތެރިންތަކެއް ބަލިވުމުން ކަމަށެވެ.

މި ވަގުތަކީ ހަލުވިކަމާ އެކު ރޯގާ ފެތުރެމުންދާ ދަނޑިވަޅަކަށްވާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް މީހުން އެއްވެ، އުޅޭ ގޮތަށް ހަރަކާތްތައް މަދުކުރަން އަންގާފައިވާ ވަގުތަކަށް ވާތީ، ވެލެންސިއާ އިން މި މެޗު ފަސްކުރަން ވެސް އެފްއޭއެމްގައި އެދިފައިވާނެ ކަމަށް ވެލެންސިއާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެފްއޭއެމް އިން ނިންމީ މި މެޗު ފެށެން އެހާ ކައިރިވެފައިވަނިކޮށް ވެލެންސިއާގެ އެ ހުށަހެޅުން އައުމާ އެކު މުބާރާތުގެ ގަވާއިދާ އެއްގޮތަށް ކުރިއަށްދިއުމަށެވެ. އެހެންވެ، މާޒިޔާ އަށް މެޗު ލިބުނު ކަމަށް ނިންމީ އެވެ.

މި މެޗުގެ ތިން ޕޮއިންޓާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ، ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. ލީގު ތާވަލު ފުލުގައި ވެލެންސިއާ އޮތީ ހަ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox