ހާލަތަށް ބަލާއިރު މެޗުތަކަށް ތައްޔާރުވާން އުނދަގޫތަކެއް އެބަހުރި: ނިސްތާރު

Jul 20, 2023, 10:53 AM
ހާލަތަށް ބަލާއިރު މެޗުތަކަށް ތައްޔާރުވާން އުނދަގޫތަކެއް އެބަހުރި: ނިސްތާރު

މިހާރުގެ ހާލަތަށް ބަލާއިރު ލީގުގެ މެޗުތަކަށް ތައްޔާރުވާން މާ ބޮޑު ކަމެއް ކުރެވޭކަށް ނެތްކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބް މިރޭ ވާދަކުރާނެ އެވެ. މި މެޗަށް ނުކުންނައިރު ގްރީން ސްޓްރީޓްސް ކޯޗު ނިސްތާރަށް އޮތް ކަންބޮޑުވުމަކީ ޓީމުގެ މުހިންމު ކުޅުންތެރިންތަކަށް ނުކުޅެވުމެވެ.

ނިސްތާރު ބުނީ ޓީމްގެ ފުރަތަމަ އެގާރައިގެ މުހިންމު ދެ ކުޅުންތެރިއަކަށް މި މެޗުގައި ނުކުޅެވޭނެ ކަމަށެވެ. މީގެ އިތުރުން ވެސް މި ވަގުތު ފުޓްސަލްގެ އެކި މުބާރާތްތައް ކުރިއަށްދާތީ ލީގުގެ މެޗުތަކަށް ތައްޔާރުވާން މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

ކުރިން ފުރަތަމަ ޑިވިޝަނުގައި އއ. މާޅޮހާއި ށ. ފޯކައިދޫ ޓީމަށް ކޯޗުކޮށްދިން ނިސްތާރު ބުނީ ގިނަ މެޗުތަކަށް ކުޅުންތެރިން އަންނަނީ އެއްވެސް ޕްރެކްޓިހެއް ވެސް ނެތި ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ ސްޓްރައިކާއެއް މި މެޗަކު ނީންނާނެ. އެއީ އެމްއެންޑީއެފް ކަމެއްގައި އެ ޕްލޭޔަރު ދާން ޖެހިއްޖެ. ދެން ޑިފެންސަށް ބަލާއިރު ހަސީބު ހުރީ އޮފީސް ޓްރެއިނިންގައި ރާއްޖެއިން ބޭރުގައި. އެހެންވީމަ އަޅުގަނޑުމެންނަށް ބަލާއިރު އެއީ ވަރަށް މުހިންމު ދެ ކުޅުންތެރިން." ނިސްތާރު ބުންޏެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު އެއް މެޗުން އަނެއް މެޗަށް މާ ބޮޑު ކަމެއް ކުރެވޭކަށް ނެތް ތައްޔާރުވާން ބަލާއިރު. އެއީ ކުލަބު މޯލްޑިވްސް އާ ރަށް ރަށުގައި ހުރި މުބާރާތްތަކާ އެއްޗެހި އޮންނައިރު ޓީމް އެއްކޮށް ޕްރެކްޓިސް ކޮށްލަން އުނދަގޫތަކެއް ހުރޭ. ހަމަ މެޗަށް ގިނަ ޕްލޭޔާސް އަންނާނީ."

ނިސްތާރު ބުނީ މުހިންމު ކުޅުންތެރިން ނެތް ނަމަވެސް އެ ކުޅުންތެރިންގެ ބަދަލުގައި އަރުވާ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިންނާ އެކު ޕްރެކްޓިސްކުރަން ފުރުސަތު ނުލިބުމުން ޓީމް ޓެކްޓިކަލީ ރާވަން ގިނަ ޗެލެންޖަސްތަކެއް ދިމާވާ ކަމަށެވެ.

ޓީސީއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ކޯޗު ނިސްތާރު ބުނީ ދެ ޓީމަކީ ވެސް އެއްވަރެއްގެ ދެ ޓީމު ކަމަށާއި ގްރީންގެ ޓާގެޓަށް ދާން ބަލާއިރު މިކަހަލަ މެޗުތަކުން މޮޅުވުން މުހިންމު ކަމަށެވެ.

"ޓީސީއާ ގްރީން އާ ދެން ވަރަށް ލެވެލް ދެ ޓީމް ކަންނޭގެ. އަދި ބުރު އަތުން ބަލިވިޔަސް އަޅުގަނޑުމެންގެ ޓާގެޓެއް ބަދަލެއް ނުވޭ. ދެން ފުޓްބޯޅައިގެ ބިއުޓީއަކީ ވަރަށް ދަށް ޓީމެއްވެސް ބޮޑުކޮށް މި ކިޔާ ޓީމެއް ބަލިވެސް ކޮށްފާނެ. އެހެންވީމަ ގަބޫލުކުރެވޭ އީގަލްސް އަށްވެސް ޗެލެންޖަސް އަންނާނެ." ނިސްތާރު ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox