ބާސެލޯނާ އަށް ރަނގަޅު ކުޅުންތެރިން ގަންނަން ހުރަހެއް ނެތް

Jun 15, 2023, 8:45 AM
ބާސެލޯނާ އަށް ރަނގަޅު ކުޅުންތެރިން ގަންނަން ހުރަހެއް ނެތް

ބާސެލޯނާ (ޖޫން 15) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ބޭނުންވާ ކުޅުންތެރިޔާ ގަންނަން ހުރަހެއް ނެތް ކަމަށް އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން އެންމެ ބޮޑަށް ޓާގެޓްކުރި އެއް ކަމަކީ މީގެ ދެ އަހަރު ކުރިން އެ ކްލަބްގެ މާލީ ހާލަތު އަޑިއަޅާލާފައި އޮތުމުން ކޮންޓްރެކްޓް އާ ނުކުރެވިގެން ދޫކޮށްލަން ޖެހުނު ތަރި ލިއޮނަލް މެސީ އަލުން ގެނައުމެވެ. އެކަމަކު، ބާސެލޯނާގެ މާލީ ހާލަތު އަދިވެސް ރަނގަޅުނުވާތީ އާއި އަމިއްލަ އެެހެން ސަބަބުތަކާ ހުރެ މެސީ ވަނީ ބާސެލޯނާ އަށް އެނބުރި ނައިސް، އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފަ އެވެ.

މެސީ އަނބުރާ ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވުމުން ބާސެލޯނާގެ ރައީސް ލަޕޯޓާ އަށް ވެސް ގިނަ ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. ލަޕޯޓާ ދިން އިންޓަވިއުއެއްގައި ބުނީ ބާސެލޯނާ އިން ބޭނުންވާ ކުޅުންތެރިން ގަންނަން ހުރަހެއް ނެތް ކަމަށެވެ.

"އަހަރެމެންގެ މާލީ ހާލަތު ދުވަހެއް ދުވަހަަކަށް އަންނަނީ ރަނގަޅުވަމުން، ލަލީގާ އިން އެ ބުނާ ގަވާއިދުތަކާ އެއް ގޮތަށް ހުރިހާ ކަމެއް ވެސް މިދަނީ، އަހަރެމެން ބޭނުންވާ ކުޅުންތެރިން، ރަނގަޅު އަގުގައި ގެންނަން ހުރަހެއް ނެތް،" ލަޕޯޓާ ވިދާޅުވި އެވެ.

ބާސެލޯނާ އިން ވަނީ މި ފަަހަރު ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އެ ކްލަބުން ލީގު ހޯދި ފުރަތަމަ ފަހަރެވެ. ލަޕޯޓާ ވިދާޅުވީ މިދިޔަ ސީޒަން ބާސެލޯނާ އަށް ކާމިޔާބު ކަމަށެވެ. އަދި ބާސެލޯނާ ކުރިން އޮތް ހިސާބަށް ގެންދަން ކޯޗު ޒަވީ ހެނާންޑޭޒް ކުރަމުން އަންނަ މަސައްކަތަށް ލީޑަޝިޕްގެ އެއްބާރުލުން ފުރިހަމަ އަށް ދޭނެ ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox