ރާއްޖެ ދެން ފެންނާނީ ވަރުގަދަ ބާސްކެޓެއް ކުޅޭ ގައުމެއް ގޮތު: ޒިލާ

Jun 13, 2023, 5:47 AM
ރާއްޖެ ދެން ފެންނާނީ ވަރުގަދަ ބާސްކެޓެއް ކުޅޭ ގައުމެއް ގޮތު: ޒިލާ

ޒަމާނީ ވިސްނުންތަކާ އެއްގޮތަށް ރާއްޖޭގެ ބާސްކެޓްބޯޅަ ބަދަލުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖެ ފެންނާނީ "ވަރުގަދަ ބާސްކެޓެއް" ކުޅޭ ގައުމެއްގެ ގޮތުގައި ކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗިންގައި އިސް މަސައްކަތްތަކެއް ކުރަމުން އަންނަ ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، މުހައްމަދު ޒިލާލް (ޒިލާ) ބުނެފި އެވެ.

ސާބިއާގެ ކޯޗު/ޓެކްނިކަލް އެޑްވައިޒަރު، ނިމާންޏާ ޖެޑޯވްއާ އެކު ގައުމީ ބާސްކެޓްބޯޅަ ޓީމުން މަސައްކަތް ކުރަމުން އަންނައިރު، ދިވެހި ކޯޗުންގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރަމުން އަންނަނީ ޒިލާ އާއި އަލީ ފަޒްލީ (އޮލިމްޕިކް) އެވެ.

މި ކޯޗިން ޓީމާ އެކު، ރާއްޖޭގެ ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުން މާދަމާ މާލޭގައި ފަށާ ފައިވް ނޭޝަންސް ކަޕް ބާސްކެޓްބޯޅަ މުބާރާތާ ކުރިމަތިލާނެ އެވެ. މި މުބާރާތުގައި ކުޅެނީ ރާއްޖެ، ބޫޓާން، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާން އެވެ. މިއީ، 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމުން އަމިއްލަ ގައުމުގައި ކުރިމަތިލާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެެ.

ފައިވް ނޭޝަންސް ކަޕަށް ތައްޔާރުވާން ގައުމީ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރަވިޑް ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީންތަކެއް ހަދައިފަ އެވެ. އަދި އެ ޓްރެއިނިން ކޭމްޕްގައި މެޗުތަކެއް ކުޅުނުއިރު، ފަހު ދެ މެޗުން މޮޅުވެފައިވާއިރު، އެއީ ބޮޑު ކަމެއްގެ ގޮތުގައި ޒިލާ ފާހަގަކުރެ އެވެ.

"ކޯޗިން ސައިޑުން ބުނެލަން ބޭނުންވަނީ މުބާރާތް ރާއްޖޭގައި ބާއްވާތީ ކުޅުންތެރިން އަދި ކޯޗުން އަދި ބާސްކެޓް ކޮމިއުނިޓީ މި ތިބީ މި ކަމަށް ތައްޔާރުވެގެނޭ. ވަރަށް ގިނަ ދުވަސްވެއްޖެ ނެޝަނަލް ޓީމަށް ކާމިޔާބީއެއް ނުލިބި މެޗުތަކެއް ދިޔަތަން، އެ ވެސް ޓްރެެއިނިން ކޭމްޕް ތެރެއިން ބްރޭކްވެ، ފަހު ދެ މެޗު އިރާދަކުރެއްވިއްޔާ ކާމިޔާބުވި، ކުޅުންތެރިންނާއި އަޅުގަނޑުމެންގެ ވެސް އަޒުމަކީ މިއީ ކާމިޔާބީގެ ފެށުމަކަށް ހެދުން،" ޒިލާ ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން ޒިލާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ޓެކްނިކަލް އެކްސްޕަޓީސް ލިބޭތީ ވަރަށް ފަސޭހަ، ކޯޗިން ސައިޑުން މިހާރު މެންޓަލީ ތައްޔާރުވާން ވެސް ފަސޭހަވެއްޖެ، އެއީ ވަރަށް ގިނަ ދުވަހު މޮޅެއް ނުލިބި އޮވެފައި މޮޅެއް ލިބުނީމަ އެ ވެސް ހިތްހަމަޖެހުމެއް، ދެން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ބަލާއިރު ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް އައިސްފައި."

ވިއްސަށް ވުރެ ގިނަ އަހަރު މަތީ ފަންތީގެ ބާސްކެޓްބޯޅަ ކުޅުނު ޒިލާ ބުނީ ކެރިއަރުގައި ނެޝަނަލް ޓީމަށް ކުޅެފައި، ކޯޗިން ސައިޑަށް އައިއިރުގައި ވަރަށް ބައިވަރު ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ފިޒިކަލީ ތައްޔާރުވާ މިންވަރަށް މެންޓަލީ ކަންކަމަށް ތައްޔާރުވުން ވެސް އޮންނަކަން ވިސްނަން ޖެހޭކަން ޒިލާ ފާހަގަކުރި އެވެ.

"ފެބްރުއަރީ އިން ފައްޓައިގެން ކޮން ކަންތައްތަކެއްގައި ތޯ ބޭނުންވަނީ ބަލައިގެން، ހެޑް ކޯޗުގެ ފަރާތުން ވެސް އެ މައުލޫމާތު ހޯދައި ވަރަށް ދުރާލާ ސްޓްރެޓިޖިކް ކޮށް މުބާރާތަށް މި ތައްޔާރުވީ. މިހާރު މުބާރާތަށް ތައްޔާރުވެފައި މި އޮތީ، ދެން ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ދެން ފެންނާނީ ވަރުގަދަ ބާސްކެޓް ކުޅޭ ޓީމެއްގެ ގޮތުގައޭ،" ޒިލާ ބުންޏެވެ.

ޒިލާ ބުނީ ޕަޑުކޯން ޑްރަވިޑް ހައި ޕާފޯމަންސް ސެންޓަރުގެ ތަމްރީންތަކުގެ ފައިދާ ހުރިހާ ވިސްނުމަކުން ބެލިޔަސް ރަނގަޅު ކަމަށެވެ.

"ކޭމްޕް ފާހަގަކުރާނީ މި ފަހުން ރާއްޖެ އަށް ލިބުނު އެންމެ ރަަނގަޅު ޓްރެއިނިން ފުރުސަތު ކަމަށް. ޓްރެއިނިން މެޗުތަކަށް ބަލާއިރު، ކޮންމެ މެޗެއް ނިންމާފައި އަޅުގަނޑުމެން ކޯޗާ ޑިސްކަސް ކޮށްފައި، އެޑްޖަސްޓްމަންޓްތަކާ އެއްކޮށް މެޗަކަށް ފަހު މެޗެއް އިމްޕްރޫވް ވެސް ވި، މިހާރު މި އޮތީ މުބާރާތަށް އައިއިރު ޓީމު ބޭނުންވާ ކޮމްޕެޓިޝަން ލެވަލަށް ގެނެވިފައި،" ކުރިން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑުކުރުމުގައި ނަމޫނާ ދެއްކި ޒިލާ ބުންޏެވެ.

ބާސްކެޓް ޓީމުގެ ބިދޭސީ ކޯޗު ނިމާންޏާ ބުނީ ޓީމު އަންނަނީ އަލުން "ރީއިވެންޓް" ވަމުން ކަމަށާއި މިއީ މަރުހަލާތަކެއް ފުރިހަމަވަމުން އަންނަ މަސައްކަތަކަށްވާއިރު، މި ދަނޑިވަޅުގައި ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އިސްކަންދޭނީ ކޯޓުމަތީގައި ކަންކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox