ރައިސްގެ ވިސްނުން މި ވަގުތު އޮތީ ވެސްޓް ހޭމަށް އެކަނި

Jun 8, 2023, 8:11 AM
ރައިސްގެ ވިސްނުން މި ވަގުތު އޮތީ ވެސްޓް ހޭމަށް އެކަނި

ޕްރާގް (ޖޫން 8) - ވެސްޓް ހޭމް ޔުނައިޓެޑް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭ އަޑުތައް ފެތުރުނަސް، މި ވަގުތު ވިސްނުން އޮތީ ހަމައެކަނި އެ ޓީމަށް ކަމަށް އެ ޓީމުގެ ކެޕްޓަން ޑެކްލަން ރައިސް ބުނެފި އެވެ.

ރައިސްގެ ކެޕްޓަންކަމުގެ ދަށުން ވެސްޓް ހޭމް އިން ވަނީ ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ރޭ ފިއޮރެންޓީނާ އަތުން 2-1 އިން މޮޅުވެ، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ، 1965 ވަނަ އަހަރުގެ ފަހުން ވެސްޓް ހޭމް އިން ޔޫރަޕްގެ ތައްޓެއް ހޯދި ފުރަތަމަ ފަހަރެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ރައިސް، 24، މި ސީޒަނަށް ފަހު އެހެން ކްލަބަކަށް ބަދަލުވާނެކަމަށް ވަނީ އަޑުފެތުރިފަ އެވެ. އަދި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުން އޭނާ އަށް ޝައުގުވެރިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެ އެވެ.

އެހެން ނަމަވެސް، ރޭގެ ފައިނަލަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ރައިސް ބުނީ އޭނާ އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަމަށް އަޑު ފެތުރު ނަމަވެސް، އިތުުރު ކްލަބަކާ މެދު އޭނާގެ ވިސްނުމެއް މި ވަގުތު ނެތް ކަމަށެވެ.

"ވެސްޓް ހޭމް އަކީ އަހަރެން ވަރަށް ލޯބިވާ ކްލަބެއް. އަދި މި ކްލަބަށް އަހަރެން މި ކުޅެނީ ވަރަށް ކުޅޭހިތުން،" ރައިސް ބުންޏެވެ.

"އެހެން ކްލަބުތަކުން ޝައުގުވެރިވާކަން އެނގޭ. އެކަމަކު އަހަރެން ވެސްޓް ހޭމްއާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް. އަހަރެންގެ ވިސްނުން މި ވަގުތު އޮތީ ވެސްޓް ހޭމަށް. ދެން ވާނެ ގޮތެއް ބަލަމާ. އެއްވެސް މީހަކަށް ކުރިއަށް އޮތް ތަނުގައި ވާނެގޮތެއް ނޭނގޭނެ."

މި ސީޒަނަށް ފަހު ވެސްޓް ހޭމް ދޫކޮށް ރައިސް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސް ވެސް ވަނީ ކުރިން ބުނެފަ އެވެ.

ރައީސްއާ އެކު ހަދާފައިވާ ކޮންޓުރެކްޓް އާކުރުމަށް ވެސްޓް ހޭމް އިން މިހާތަނަށް ކުރި މަސައްކަތްތައްް ކާމިޔާބެއްނުވި އެވެ.

ވެސްޓް ހޭމް އިން ވަނީ އެހެން ކްލަބަކުން ރައިސް ބޭނުންނަމަ 100 މިލިއަން ޑޮލަރު މަދުވެގެން ދައްކަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ޗެލްސީ އާއި އާސެނަލުން ރައިސް އަށް ޝައުގުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox