ފޯރިގަދަވާނެ އެމްބީބީއޭ ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ލޯންޗްކޮށްފި

Jun 5, 2023, 10:44 AM
ފޯރިގަދަވާނެ އެމްބީބީއޭ ގައުމީ ލީގުގެ ފުރަތަމަ މުބާރާތް ލޯންޗްކޮށްފި

މިދިޔަ އަހަރު މުޅިން އަލަށް ފެށި ގައުމީ ބޮޑީބޯޑިން ލީގުގެ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ އިތުރުން ބޮޑީބޯޑިން ލީގުގެ ޕާޓްނަރުން އިއުލާނުކޮށްފި އެވެ.

ހެންވޭރު ބޯޅަގޭގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އަދި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ހަަސަން ރަޝީދު (ރަޝް) އަދި ގައުމީ ބޮޑީބޯޑަރު، އާމިން އުމަރު މޫސާ ބައިވެރިވި އެވެ.

މި އަހަރުގެ ކުރީކޮޅު އިއުލާންކުރިއިރު ގައުމީ ލީގު ފަށަން ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ 5-13 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާ އެކުގަ އެވެ. ނަމަވެސް މި މުބާރާތް މިހާރު ވަނީ މި މަހުގެ 17-23 އަށް ފަސްކޮށްފަ އެވެ.

މިއަދުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ފުކޫ ވިދާޅުވީ ބޮޑީބޯޑިން ލީގު ފަށަން މިދިޔަ މަހު ރޭވި ނަމަވެސް އެކަމަކު އެއް މަސް ފަސްވީ ބޭނުންވާ ވަރަށް ސްޕޮންސަ ހަމަނުޖެހިގެން ކަމަށާއި މިހާރު އެކަން ވަނީ ހަމަޖެހިފައި ކަމަށެވެ.

"ކުރިއަށް އެބައޮތް ވޯލްޑް ޓުއާގެ މުބާރާތް، މޯލްޑިވްސް ޕްރޯ ވެސް. ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެހެން އެއްވެސް ސަރުކާރަކުން ނުދޭ ވަރަށް މި ސަރުކާރުން ބޮޑީބޯޑިން އަށް އަހައްމިއްޔަތުކަން ދެއްވާތީ،" ފުކޫ ވިދާޅުވި އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ފުކޫ ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު މިހާރު ބާއްވަން ނިންމާފައިވަނީ 21-29 ސެޕްޓެމްބަރުގަ އެވެ. ފުވައްމުލަކުގައި ބާއްވާ މި މުބާރާތް ކުރިން މިމުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ޖޫން 21-30 އަށެވެ. ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 13-21 އަށެވެ. ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ އާ ތާރީހަކީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މޯލްޑިވްސް ޕްރޯ މުބާރާތް އޮންނާނީ އޮގަސްޓް 3-12 އަށެވެ.

ގައުމީ ބޮޑީބޯޑިން ލީގުގެ އިވެންޓްތައް ބާއްވަން ތުލުސްދޫ އާއި ފުވައްމުލަށް ކަނޑައެޅި ސަބަބާ ބެހޭގޮތުން ފުކޫ ވިދާޅުވީ އެ ދެ ރަށަކީ ވެސް މި ކަމަށް ގާބިލު ދެ ސަރަހައްދު ކަމަށެވެ.

"ފުވައްމުލަކު ކަނޑައެޅީ ފުދޭ ވަރަކަށް ގިނަ ކުދިން އުފެދެމުން އެބަ އާދޭ، ނެޝަނަލް ޓީމުގެ ވެސް ބައެއް ކުދިން ހިމެނޭ، ފުވައްމުލަކުގައި މި ކުޅިވަރު އާލާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް، އެހެންވެ، ފުވައްމުލަކުގައި މި މުބާރާތް މި ބާއްވަނީ،" ފުކޫ ވިދާޅުވި އެވެ.

"ދެ ވަނަ ތަނަކަށް ތުލުސްދޫ މި ނެގީ، ތުލުސްދޫގައި ނަގާ ރާޅަކީ ބޮޑީބޯޑުކުރަން ވަރަށް އެކަށީގެންވާ ރާޅެއް. ދެން ތުލުސްދޫގައި އެބަ ބޭނުންވޭ އިތުރަށް ކުދިން މި ކަމަށް ހޭލުންތެރި ކުރުމަށް، އެހެން ރަށްރަށާ ބަލާއިރު ތުލުސްދޫގައި ރާޅާ އަޅާ ކޮމިއުނިޓީގައި ތުލުުސްދޫ ކުދިން ވަރަށް މަދު. ތުލުސްދޫގައި ބާއްވާއިރު، ވަރަށް ދަތުރު ފަތުރުގެ ކަންކަން ވެސް ފަސޭހަކޮށް މި އޮންނަނީ،"

އެމްބީބީއޭ ލީގު ލޯންޗްކުރަން ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ރަޝް ބުނީ ބޮޑީބޯޑިން ލީގުގެ ބައެއް މުބާރާތައް ރިޝެޑިއުލް ކުރަން ޖެހުނު އެއް ސަބަބަކީ ފައިނޭންސް މައްސަލަ ކަމަށާއި ދެން މި އަހަރަކީ އަނެއްކާ ވެސް ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތް ބޭއްވޭ އަހަރެއް ކަމަށްވާތީ އޭގެއާ ގުޅޭ އެކި ކަންކަމަށް ވެސް ބެލުމަށް ފަހު ކަމަށެވެ.

"ދެން އަޅުގަނޑުމެން ޝެޑިއުލް ރާވާއިރު ވެސް ބަލަން ހަމަ ވީހާ ވެސް މީޑިއާގެ އެކްސްޕޯޝާ އަދި މީގެ އުޅޭ ޕާޓްނާސް އަށް. ދެން، އަނެއް ކަމަކީ އަޅުގަނޑުމެން ޖުލައި މަސް އެއްކޮށް އެބަ ބޭނުންވޭ ހުސްކޮށް ބާއްވަން އެއީ އޮގަސްޓް މަހު އަޅުގަނޑުމެންގެ އެންމެ ބޮޑު މުބާރާތް މޯލްޑިވްސް ޕްރޯ ބޭއްވުމަށް ނިންމާފައި. އެހެންވީމަ އެ އިވެންޓަށް ތައްޔާރުވާން ވެސް ޖެހޭތީ،" ރަޝް ބުންޏެވެ.

"އޮގަސްޓް މަހު މޯލްޑިވްސް ޕްރޯ ބޭއްވުމުގެ ކުރިން ވަރަށް މުހިންމު ލޯކަލް މުބާރާތެއް ބޭއްވުން އެއީ ކޮމްޕެޓިޓިވް ވާދަވެރިކަން އޮތުމުގެ ފުރުސަތު ދިނުމުގެ ގޮތުން،"

މި އިވެންޓްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ބޮޑީބޯޑިންގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ ކުޅިވަރެއް ކަމަށެވެ. އަދި އެހެން ރަސްމީކޮށް ލީގެއް ގޮތުގައި މިދިޔަ އަހަރު ތައާރަފްކުރެވި މި ސަރުކާރުން މޫދު ކުޅިވަރުތައް ތަރައްގީ ކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން، ލީގެއްގެ ގޮތުގައި ބޮޑީބޯޑިން މި ގޮތަށް ކުރިއަށްދާ ދިއުމަކީ ހަމަ ޔަގީނުން ވެސް މިއީ މި ސަރުކާރުން ކުޅިވަރެއް ދޭ ސަމާލުކަމާއި އަހައްމިއްޔަތުކަން ދޭހަވާ ކަމެއް ކަމަށް ޝިމާޒް ފާހަގަކުރެއްވި އެވެ.

ޝިމާޒް ވިދާޅުވީ މި ގޮތަށް ބޮޑީބޯޑިން މުބާރާތްތައް ލީގެއް ގޮތަށް ބޭއްވުމަކީ އިންޓަނޭޝަނަލް މުބާރާތްތަކަށް ދާންވާއިރަށް ރާއްޖޭގެ އެތުލީޓުންނަށް ލިބޭނެ އިތުރު ހިތްވަރަކާއި ކުރިއެރުމެއް ކަމަށެވެ.

ބޮޑީބޯޑިން ލީގުގެ ކޯ ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ، ގައުމީ މުބާރާތުގެ ކޯ ސްޕޮންސަރަކަށް އެޓޯލް އެޑްވެންޗާސް ހަމަޖައްސާފައިވާއިރު، ލީގުގެ އެހެން ޕާޓްނަރުންނަކީ ޑިޖިޓަލް ޕާޓްނަރު، ދިރާގާއި އޮންލައިން މީޑިއާ ޕާޓްނަރު އަދަދު، މާޗަންޑައިސް ޕާޓްނަރު މުޖާސް އާޓް ބޮކްސް، އިވެންޓް ޕާޓްނަރު، އިފެކްޓްސް އެންޓަޓައިމަންޓް އަދި 10 އަހަރު އެމްބީބީއޭއާ އެކު ޕާޓްނަރަކަށް މަސައްކަތްކުރި ޕްރިންޓް ލެބްގެ އިތުރުން ސަޕޯޓިން ޕާޓްނަރު ރެޑްބުލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox