ބުރުނު ޝިކާރު ޗެލެންޖު ފަސްކޮށް ބޮޑީބޯޑިން ލީގު ފެށުން އަންނަ މަހު

Jun 1, 2023, 6:32 AM
ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ މިދިޔަ އަހަރުގެ ވިިޒިޓް މޯލްޑިވްސް އޯޕަންގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު ކުޑަ އައްޔަ މިދިޔަ އަހަރުގެ ވިިޒިޓް މޯލްޑިވްސް އޯޕަންގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ހަތަރު މުބާރާތް ބާއްވަން ހަމަޖެހިފައި އޮތް ތާރީހު ތަކަށް ބަދަލުގެނެސް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާ އެކު އަންނަ މަހު ލީގު ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ކަލަންޑަރު މި އަހަރުގެ ކުރީކޮޅު އިއުލާންކުރިއިރު ގައުމީ ލީގު ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 5-13 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖާ އެކުގަ އެވެ. ނަމަވެސް މި މުބާރާތް މިހާރު ވަނީ އަންނަ މަހުގެ 17-23 އަށް ފަސްކޮށްފަ އެވެ.

އަހަރުގެ ދެ ވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު މިހާރު ބާއްވަން ނިންމާފައިވަނީ 21-29 ސެޕްޓެމްބަރުގަ އެވެ. ފުވައްމުލަކުގައި ބާއްވާ މި މުބާރާތް ކުރިން މިމުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ ޖޫން 21-30 އަށެވެ.

ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ.ތުލުސްދޫގައި ސެޕްޓެމްބަރު މަހުގެ 8-16 އަށް ބާއްވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު 13-21 އަށެވެ. ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ އާ ތާރީޚަކީ ނޮވެމްބަރު 12 އިން ޑިސެމްބަރު އެކަކަށެވެ.

ގައުމީ ލީގުގެ މުބާރާތްތައް ބާއްވާ ދުވަސްތަކަށް ބަދަލުތައް އައި ނަމަވެސް ދުނިޔޭގެ ބޮޑީބޯޑިން ފެޑެރޭޝަންގެ އެންމެ މަތީ ފަންތީގެ އެއް މުބާރާތްކަަމަށްވާ މޯލްޑިވްސް ޕްރޯ ބާއްވަން ކަނޑައަޅާފައި އޮތް ތާރީޚަށް ބަދަލެއް ނާންނާނެ އެވެ. މިއަހަރުވެސް މި މުބާރާތް އޮންނާނީ މާލޭގެ ވަރުނުލާ ރާޅުގަނޑުގަ އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތް އޮންނާނީ އޮގަސްޓް 3-12 އަށެވެ.

މޯލްޑިވްްސް ޕްރޯއަކީ މިއަހަރުވެސް އެމްބީބީއޭ އިން އެންމެ ބޮޑު އިސްކަމެއްދީގެން ތައްޔާރުވަމުން އަންނަ އެއް މުބާރާތެވެ. މިގޮތުން މި މުބާރާތުގެ ކަންކަން މިއަހަރު ފުރިހަމައަށް ގެންދިޔުމާ ގުޅޭގޮތުން މިދިޔަ މާޗު މާހުގެ ތެރޭގައި އެމްބީބީއޭގެ އޮފިޝަލުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާވެސް ބައްދަލުކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގައި ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެ ގޮތުން ޖޫނިއާ ބައިގެ ފައިނަލްގައި އާމިން އުމަރު މޫސާ ވާދަކުރިއިރު، ޑްރޮޕް-ނީ ބައިގެ ސެމީ ފައިނަލުގައި ކުޑައައްޔަ ވާދަކުރި އެވެ. މި ނަތީޖާތަކާ އެކު ދުނިޔޭގެ ރޭންކިންގައި ވެސް މި ދެ ކުޅުންތެރިން ހިމެނުނެވެ. އަހަރު ނިންމާލިއިރު، ކުޑަ އައްޔަ އޮތީ ޑްރޮޕް-ނީ ބައިގެ 12 ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox