ގައުމީ ޓީމުގެ މެޗަކާ އެކު މަހިބަދޫ ދަނޑު ޕެލޭ އަށް ހާއްސަކުރަނީ

May 27, 2023, 7:22 AM
މަހިބަދޫ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސޯޝަލް މީޑިއާ

މަހިބަދޫ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް.--- ފޮޓޯ: ސޯޝަލް މީޑިއާ

މަހިބަދޫގައި އަޅާފައިވާ ޓާފް ދަނޑު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭ އަށް ހާއްސަކުރަން ނިންމައި އެ ދަނޑުގެ ނަން ރަސްމީކޮށް ރީބްރޭންޑްކޮށް ހުޅުވަން ނިންމައިފި އެވެ.

އެޑްސަން އަރަންޓޭސް ޑޮ ނެސިމެންޓޯ (ޕެލޭ) 82، މަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށެވެ. އޭނާގެ ބަލިހާލަތު ގޯސްވެ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ހޮސްޕިޓަލްގައި އެޑްމިޓްކުރިއިރު އޭނާ އައީ ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް ގެންދިޔައީ ފަރުވާ ހޯދަމުންނެވެ.

ޕެލޭ މަރުވުމާ ގުޅިގެން ފީފާއިން ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ޕެލޭގެ ނަމަށް ހާއްސަކޮށް އެއް ސްޓޭޑިއަމް ބޭއްވުމަށް އިލްތިމާސްކޮށްފަ އެވެ.

މަހިބަދޫ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ހާއްސަ ފުޓްބޯޅަ މެޗެއް ވެސް ކުޅޭނެ އެވެ. މި މެޗުގައި ވާދަކުރާނީ ގައުމީ ފުޓްބޯޅަ ޓީމާއި މަހިބަދޫ އިން ހޮވާލެވޭ ޓީމެކެވެ. އެ ގޮތުން، ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ކުޅޭ ގައުމީ ޓީމުގައި ހިމެނެނީ އަންނަ މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ނެގި ޕްރިލިމިނަރީ ސްކޮޑުގެ ކުޅުންތެރިންނެވެ. މަހިބަދޫ އަކީ އެހާރާއި މިހާރަށް ބެއްޔަސް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވާ ރަށެކެވެ.

މަހިބަދޫ އަކީ ފުޓްބޯޅައިގެ ގިނަ ތަރިންތަކެއް ނެރެދީފައިވާ ރަށެކެވެ. މިގޮތުން ގައުމީ ޓީމަށް 17 އަހަރު ކުޅެދިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، އިމްރާން މުހައްމަދު (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އަދި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ އިތުރުން ހުނަރުވެރި ވިންގް، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަކީ މަހިބަދޫ އަށް އުފަން ގައުމީ ޓީމަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންނެވެ.

މީގެ އިތުރުން، މިހާރު ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަކީވެސް މަހިބަދޫގެ ކުޅުންތެރިއެކެވެ.

ރާއްޖޭފެ ފުރަތަމަ ޑިިވިޝަނަށް މި ވަގުތު ބެލިޔަސް އެއް ރަށުން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މަހިބަދޫގެ އިތުރުން ބ. އޭދަފުށިންނެވެ. މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ 2014 އާއި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. މި ވަގުތު މަހިބަދޫ އޮތީ ދެ ވަނަ ޑިވިޝަނުގަ އެވެ.

މަހިބަދޫގެ ދަނޑު ޕެލޭއަށް ހާއްސަކުރަން ނިންމާފައިވާއިރު، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ ޝަރަފުގައި އެންމެ ފުރަތަމަ ފުޓްބޯޅަ ދަނޑެއް ހުޅުވީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ-ބިސާއުގެ ސްޓޭޑިއަމް ކަށެވެ. މީގެ އިތުރުން ރުވާންޑާ، ކޭޕް ވާޑޭގެ އިތުރުން ކޮލަމްބިއާގެ ސްޓޭޑިއަމަކަށް ވެސް ޕެލޭގެ ނަމުން ނަންދީފައިވެ އެވެ.

ކޮންމެ ގައުމެއްގައި ޕެލޭއަށް ހާއްސަ ދަނޑެއް ބޭއްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގޮވައިލެއްވީ މިދިޔަ ޖެނުއަރީ މަހުގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޕެލޭ ފަދަ ލެޖެންޑަރީ ކުޅުންތެރިއެއްގެ ނަން ހިމެނޭ ގޮތަށް ދަނޑެއްގެ ނަން ރީބްރޭންޑް ކުރަން އެންމެ ރަނގަޅުވާނީ މަހިބަދޫ ފަދަ ދިވެހި ފުޓްބޯޅައިގެ ގިނަ ލެޖެންޑުން ނިސްބަތްވާ ރަށެއްގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox