މި ސީޒަނަށް ފަހު ވެސްޓް ހޭމްގައި ރައިސް މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް

May 13, 2023, 10:11 AM
މި ސީޒަނަށް ފަހު ވެސްޓް ހޭމްގައި ރައިސް މަޑުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް

ލަންޑަން (މެއި 13) - މި ސީޒަނަށް ފަހު، ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސް އެ ކްލަބު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނެފި އެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ރައިސް، 24، ވެސްޓް ހޭމްއާ އެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2024 ވަނަ އަހަރު އެވެ.

ވެސްޓް ހޭމް އިން އޭނާގެ ކޮންޓުރެކްޓް އާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޮންޓުރެކްޓް އާކުރުމަށް ރައިސް އަދި އެއްބަހެއް ނުވެ އެވެ.

ރައިސް އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގެ ޝައުގުވެރިކަން ލިބިފައިވާ ކުޅުންތެރިއެކެވެ.

މޮއިސް ބުނީ އެ ކްލަބުގައި ރައިސް ބަހައްޓަން ބޭނުންވިޔަސް، މި ސީޒަނަށް ފަހު އޭނާ އެ ކްލަބުގައި މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"އަހަރަމެންގެ އުންމީދަކީ އޭނާ މި ކްލަބުގައި މަޑުކުުރުން. އެކަމަކު އަހަރަމެން ގަބޫލްކުރަން އޭނާ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑުކަން،" މޮއިސް ބުންޏެވެ.

ވެސްޓް ހޭމްގެ އެކެޑަމީން ތަމްރީނުވި ރައިސް އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 243 މެޗު ކުޅެފައެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މެންޗެސްޓާ ސިޓީ، އާސެނަލް އަދި ލިވަޕޫލުން ރައިސް ގެންދަން ޝައުގުވެރިވެ އެވެ. ވެސްޓް ހޭމް ބޯޑުގެ ވިސްނުމަކީ ޗެމްޕިއަންސް ލީގުގައި ކުޅޭ ކްލަބަކަށް ރައިސް ވިއްކާލާނަމަ، 110-135 މިިލިއަން ޑޮލަރުގެ ފީއެއް ނެގުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox