ބްރައިޓަން ބަލިކޮށް ޔުނައިޓެޑް ތާރީހީ ފައިނަލަކަށް ސިޓީއާ ދެކޮޅަށް

Apr 24, 2023, 4:29 AM
ބްރައިޓަން ބަލިކޮށް ޔުނައިޓެޑް ތާރީހީ ފައިނަލަކަށް ސިޓީއާ ދެކޮޅަށް

ލަންޑަން (އޭޕްރީލް 24) - ޕެނަލްޓީ ޖަހައިގެން 7-6 އިން ބްރައިޓަންގެ މައްޗަށް ކުރިހޯދައި، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ފުރުސަތު ހޯދައިފި އެވެ.

މިއީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް، އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލެއްގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާނެ ފުރަތަމަ ފަހަރެެވެ. އެހެންކަމުން، މިއީ މެންޗެސްޓާ ސަރަަހައްދަށް ނިސްބަތްވާ ދެ ޓީމުގެ މެދުގައި ކުރިއަށްދާނެ ތާރީހީ ފައިނަލެކެވެ. ފައިނަލް ކުޅޭނީ ޖޫން ތިން ވަނަ ދުވަހުގަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމަށް ވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޔުނައިޓެޑުން ވަނީ އެ ޓީމުން ފޮނުވާލި ހަތް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު، ބްރައިޓަންގެ ފަހު ޕެނަލްޓީ ސޮލީ މާޗް ފޮނުވާލިއިރު، ހުރަސް ދަނޑިމަތިން ދިއުމުން މޮޅުވާން ލިބުނު ޕެނަލްޓީ ވައްދައިގެން ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީ އެވެ.

ޔުނައިޓެޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ކަސެމީރޯ، ޑިއޯގޯ ޑަލޯ، ޖޭޑަން ސަންޗޯ، މާކަސް ރަޝްފޯޑް، މާސެލް ސަބިޓްޒާ، ވައުޓް ވެގްހޯސްޓް އަދި ވިކްޓަ ލިންޑެލޯފް އެވެ. ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ، ޕަސްކާލް ގްރޮސް، ޑެނިޒް އުންޑޭވް، ޕެލްވިސް އެސްޓޫޕީނިއާން، ލެވިސް ޑަންކް، އެޑަމް ވެބްސްޓާ ޕެނަލްޓީ ވައްދާލި ނަމަވެސް މާޗްގެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މުހިންމު ވަގުތުތަކުގައި ޔުނައިޓެޑްގެ ތަޖުރިބާގެ ބޭނުން ރަނގަޅަށް ހިފުނު ކަމަށާއި ޕެނަލްޓީން މޮޅުވީ ވެސް ޖަހަން ދިޔަ ކޮންމެ ކުޅުންތެރިއެއްގެ ކޮންފިޑެންސް ރަނގަޅުވުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox