ރަމަޟާން ކްރިކެޓް ކާނިވަލް: އެމްއޭސީއެލް އާއި އެވިއާ ފެށި މޮޅަކުން

Mar 25, 2023, 8:19 AM
ރަމަޟާން ކްރިކެޓް ކާނިވަލް: އެމްއޭސީއެލް އާއި އެވިއާ ފެށި މޮޅަކުން

ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން މުބާރާތުގެ ފުރަތަމަ ދެ މެޗު އެވިއާ މޯލްޑިވްސް އާއި މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ކާމިޔާބުކޮށްފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މި އަހަރުގެ ރޯދަ މަހު ވެސް މާލޭގައި ތިން މުބާރާތެއް ކުރިއަށްގެންދާނެ އެވެ. އެއީ އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެވެ. އޯޕަން ބައިގައި 12 ޓީމަށް ފުރުސަތު ލިބޭއިރު، އޮފީސްތަކުގެ ބައިގައި ހަ ޓީމު އަދި ކުންފުނިތަކުގެ ބައިގައި 12 ޓީމަށް ފުރުސަތު ލިބޭނެ އެވެ.

ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އެވިއާ މޯލްޑިވްސް އާއި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗު އެވިއާ އިން ކާމިޔާބުކުރީ ކާމިޔާބުކުރީ ހަ ވިކެޓުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން އެވިއާ އިން ނިންމީ އުކުމަށެވެ. ދިވެހި ސިފައިންގެ ކުލަބުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 31 ލަނޑު ހެދި އިސްމާއިލް ނާޝިދު އާއި 21 ބޯޅައިން 29 ލަނޑު ހެދި މުހައްމަދު ޝަރީފް އެވެ. މި އިނިންގްސްގައި އެވިއާގެ އިބްރާހިމް ރިޒާން އާއި އަލީ އިމާން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގި އެވެ.

ޖަވާބުގައި އެވިއާއިން ކުޅެން އަރާ ހަތް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 104 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 32 ލަނޑު ހެދި ޒިލްވާޒް ރަޝީދު އާއި ނުބައިނުވެ 16 ބޯޅައިން 33 ލަނޑު ހެދި އަލީ ޝޫނާން އެވެ.

އޯޕަން މުބާރާތުގެ ދެވަނަ މެޗު އެމްއޭސީއެލް އިން ކާމިޔާބުކުރީ ކޭޑީއެމްއާ ވާދަކޮށް 17 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން ކޭޑީއެމުން ނިންމީ ފުރަތަމަ އިނިންގްސްގައި ފީލްޑިން ކުރާށެވެ. އެމްއޭސީއެލުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 145 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި އަމީލް އަހުމަދު މައުރޫފް އާއި ނުވަ ބޯޅައިން 22 ލަނޑު ހެދި އާދަމް ނާސިފް އުމަރު އެވެ. މި އިނިންގްސްގައި ކޭޑީއެމްގެ އިބްރާހިމް ޝާޒް ހަބީބު ދެ ވިކެޓުނ ނެގި އެވެ.

ޖަވާބުގައި ކޭޑީއެމުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 13 ބޯޅައިން 34 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 13 ބޯޅައިން 36 ލަނޑު ހެދި ހާޒިގު ހަސަން ރަޝީދު އެވެ.

އޯޕަން މުބާރާތުގެ މިއަދު ކުޅޭ މެޗުގައި ޓީމް ޔޯޔޯ ނިކުންނާނީ ވައިޒެންސް ކްރިކެޓް ކުލަބާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox