ބާސެލޯނާ އިން ރެފްރީއެއްގެ ކުންފުންޏަކަށް ފައިސާ ދިން މައްސަލަ ޔުއެފާ އިން ވެސް ބަލަނީ

Mar 24, 2023, 1:12 AM
ބާސެލޯނާ އިން ރެފްރީއެއްގެ ކުންފުންޏަކަށް ފައިސާ ދިން މައްސަލަ ޔުއެފާ އިން ވެސް ބަލަނީ

ޒިއުރިކް (މާޗް 24) - ސްޕެނިޝް ލީގުގެ ރެފްރީ ކޮމިޓީގެ ކުރީގެ ނައިބް ރައީސް އެންރިކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ކުންފުނި، ޑަޒްނިލް 95 އަށް ބާސެލޯނާ އިން ފައިސާ ދިން މައްސަލައިގައި އެ ކްލަބާ ދެކޮޅަށް ސްޕެއިނުގެ ކޯޓަކުން ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާއިރު، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ވެސް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނާ ގާތްގުޅުމެއް އޮންނަ ރެފްރީ ނެގްރެއިރާގެ ހިއްސާ އޮންނަ ޑަޒްނިލް 95 އަށް ބާސެލޯނާ އިން ވަނީ 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.

ޑަޒްނިލް 95 އަށް ބާސެލޯނާ އިން އެކި ފަަހަރު މަތިން ދިން މި ފައިސާތަކާ ގުޅޭ ލިޔެކިޔުންތަކުގައި ފުށުއެރުން ގިނަ ކަންކަން ހިމެނޭއިރު، ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ވެސް ވަނީ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ ކްލަބްތަކުގެ ޕްރެޝަރާ ހެދި ލަލީގާ އިން އެ މައްސަލަ ބަލަން ނިންމިއިރު، ސްޕެއިނުގެ ޕްރޮސެކިއުޓަރުންތަކެއް ވަނީ އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ފަށައިފަ އެވެ. ބާސެލޯނާއާ ވާދަވެރި ރެއާލުން ވެސް ވަނީ މި މައްސަލައިގައި ބާސެލޯނާ އަށް ފިޔަވަޅު އަޅަން ތާއީދުކުރާ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ދިފާއުވުމަށް ބާސެލޯނާ އިން ބުނަމުން އަންނަނީ އެ ފައިސާ އަކީ ރެފްރީންގެ ކަންކަމުގައި ބާސެލޯނާގެ އެކި ޓީމުތަކަށް ކަންކަން އޮޅުންފިލުވައިދޭން އެކި އަހަރުތަކެއް މަތިން ދީފައިވާ ފައިސާ ކަމަށެވެ. އެކަމަކު، ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި މިއީ މެޗުތަކުގައި ބާސެލޯނާއާ އެއްކޮށް ކަންކަން ނިންމައިދޭން ދީފައިވާ ފައިސާ އެވެ.

ކަޓަލޫނިއާ ސަރަހަައްދުގެ ޕްރޮސެކިއުޓަރުން އިސްނަގައިގެން، ކުރާ މި ދައުވާގައި ހިމަނާފައިވާ މުއްދަތަށް ބަލައި، ބާސެލޯނާގެ ދެ ވަނަ ދައުރެއްގައި ރައީސްކަން ކުރައްވަމުން އަންނަ ޖޮއާން ލަޕޯޓާގެ އިތުރުން ބާސެލޯނާގެ ކުރީގެ ދެ ރައީސުން ކަމަށްވާ ސަންޑްރޯ ރޮސެލް އާއި ހޯސޭ މާރިއާ ބާޓޮމެއުއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ އެވެ.

ޔުއެފާ އިން މި މައްސަލަ ބެލުމަށް ފަހު މައްސަލައިގައި ބާސެލޯނާ ކުށްވެރިވާނަމަ އެ ޓީމަށް ވަކި މުއްދަތެއް ވަންދެން ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތް ހެދުމުގެ އިހުތިޔާރު ލިބިދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox