ބޮޑީބޯޑިން ވައިޑީޕީ ޕްރޮގްރާމް "ހުދު ފޮނު" ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދަނީ!

Mar 23, 2023, 11:21 AM
މިދިޔަ އަހަރު ވިޒިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން ކުރިއަށްގެންދިޔަ ބޮޑީބޯޑިން ކްލިނިކްއެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރު ވިޒިޓް މޯލްޑިވްސް ޕްރޯގެ ތެރެއިން ކުރިއަށްގެންދިޔަ ބޮޑީބޯޑިން ކްލިނިކްއެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ފައިލް ފޮޓޯ

ބޮޑީބޯޑިން އަށް ޝައުގުވެރިވާ ޒުވާން ބޮޑީބޯޑަރުން އުފެއްދުމުގެ މަގުސަދުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން "ހުދު ފޮނު"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

އެމްބީބީއޭގެ ވައިޑީޕީ ޕްރޮގްރާމް "ހުދު ފޮނު" ތައާރަފްކޮށްފައިވަނީ ދާދި ފަހުން ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ވަނީ މި އަހަރު ބޮޑީބޯޑިން ކުރިއަރުވުމަށް އެސޯސިއޭޝަނުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެމްބީބީއޭ އިން މި އަހަރު ކުރިއަށްގެންދާ އެންމެ ބޮޑު އެއް ހަރަކާތަކީ ރާއްޖޭގެ އަށް ރަށެއްގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ "ހުދު ފޮނު" ވައިޑީޕީ ޕްރޮގްރާމް އެވެ.

"ހުދު ފޮނު" ޕްރޮގްރާމް ފަށާނީ މެއި މަހުގަ އެވެ. އޭގެ ފަހުން ނޮވެމްބަރު މަހާ ހަމަ އަށް އަށް ރަށެއްގައި މި ޕްރޮގްރާމް ކުރިއަށްދާނެ އެވެ. ފުރަތަމަ ހަރަކާތް ށ. ކަނޑިތީމުގައި އޮންނާނީ މެއި މަހުގެ 18-20 އަށެވެ. އޭގެ ފަހުން ނ. ޅޮހީގައި މެއި މަހުގެ 25-27 އަށް އޮންނައިރު، ބ. މާޅޮހުގައި އޮންނާނީ ޖޫން މަހުގެ 1-3 އަށެވެ.

މި އަހަރުގެ ގައުމީ ލީގުގެ މުބާރާތެއް ބާއްވަން ހަމަޖެހިފައިވާ ފުވައްމުލަކުގައި "ހުދު ފޮނު" ޕްރޮގްރާމް ކުރިއަށްދާނީ 16-18 ޖޫން އަށެވެ. އޭގެ ފަހުން މާލޭގައި އޮންނަ ބައިނަލްއަގްވާމީ މުބާރާތްކަމަށްވާ "މޯލްޑިވްސް ޕްރޯ" ގެ ކުރިން މާލޭގައި ޖުލައި 28 އަދި 29 އަށް "ހުދު ފޮނު" ޕްރޮގްރާމް ކުރިއަށްދާނެ އެވެ.

"ހުދު ފޮނު" ޕްރޮގްރާމްގެ ފަހު ތިން ހަރަކާތަކީ ކ. ތުލުސްދޫ އާއި ދ. ކުޑަހުވަދޫ އަދި ތ. ހިރިލަންދޫގައި އޮންނަ ހަރަކާތެވެ. ތުލުސްދޫ ގައި އޮންނާނީ ސެޕްޓެމްބަރު 3-5 އަކަށެވެ. ކުޑަހުވަދޫ ގައި އޮކްޓޯބަރު 26-28 އަށް މި ޕްރޮގްރާމް އޮންނައިރު ފަހު ހަރަކާތް ހިރިލަންދޫގައި އޮންނަނީ ނޮވެމްބަރު 9-11 އަށެވެ.

ބޮޑީބޯޑިންގެ ހުނަރު ކުރިއެރުވުމަށް މި ދިޔަ އަހަރު އެމްބީބީއޭ އިން ހާއްސަ ވައިޑީޕީ ކްލިނިކްތަކެއް ކުރިއަށްގެންދިޔަ އެވެ. މިގޮތުން "މޯލްޑިވްސް ޕްރޯ" ގައި ވާދަކުރި ދުނިޔޭގެ މަޝްހޫރު ޗެމްޕިއަނުންނާ އެކު މާލޭގައި ހާއްސަ ކްލިނިކްތަކެއް ކުރިއަށްގެންދިޔަ އެވެ.

އެ ގޮތުން ދުނިޔޭގެ ކުރީގެ ފިރިހެން ޗެމްޕިއަން ކަމަށްވާ ފްރާންސްގެ އަމައުރީ ލެވާން ވަނީ ފިރިހެން ޖުނިއާ ކުޅުންތެރިންނަށް ކްލިނިކެއް ކުރިއަށް ގެންގޮސްފަ އެވެ. އަންހެން ޗެމްޕިއަން ނޭމަރާ އާއިއެކު ދުނިޔޭގެ މަތީ ފަންތީގެ އަންހެން ބޯޑަރުން ޖޫނިއާ އަންހެން ކުދިންނަށް ހާއްސަ ކްލާސްތަކެއް ހިންގިއިރު، ޖޫނިއާ ގައުމީ ޓީމަށް ދުނިޔޭގެ ޗެމްޕިއަން ޑޭވިޑް ހުބާޑް ވަނީ ހާއްސަ ކްލިނިކެއް ހިންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox