ގައުމީ އެމްބީބީއޭ ލީގުގެ ދެ މުބާރާތެއް ތުލުސްދޫ އާއި ފުވައްމުލަކުގައި ބާއްވަން ނިންމައިފި

Mar 23, 2023, 9:32 AM
ގައުމީ ބަނޑުފިލާ ޗެެލެންޖްގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބަނޑުފިލާ ޗެެލެންޖްގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބޮޑީބޯޑިން ލީގުގެ ދެ މުބާރާތެއް މި އަހަރު މާލެ އިން ބޭރުގައި ބާއްވަން ނިންމައި، އަހަރުގެ ކަލަންޑަރު އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ އަހަރުގެ ހަރަކާތްތަކުގެ ކަލަންޑަރު އިއުލާންކުރި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ކުޅިވަރު ކަލަންޑަރުގެ އިތުރުން އަހަރީ ރިޕޯޓް ފާސްކުރުމާއި، އަހަރުގެ ބަޖެޓް އަދި މި އަހަރަށް އެސޯސިއޭޝަނުން ކުރިއަށްގެންދާ އެކި އެކި ހަރަކާތްތަކުގެ ތަފްސީލްތައް މެންބަރުންނާ ހިއްސާކޮށްފައިވެ އެވެ.

އަހަރުގެ ކުޅިވަރު ކަލަންޑަރުގައި މި ފަހަރު ގިނަ ހަރަކާތްތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ގައުމީ ލީގުގެ ބައެއް މުބާރާތްތައް މާލެއިން ބޭރުގައި ބާއްވަން ނިންމުމެވެ. އެ ގޮތުން، މި އަހަރުގެ އެމްބީބީއޭ ލީގުގެ ދެ މުބާރާތެއް ކ. ތުލުސްދޫ އާއި ޏ.ފުވައްމުލަކުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ގައުމީ ލީގުގައި މި އަހަރު ހަތަރު މުބާރާތެއްވަނީ ބާއްވަން ނިންމައިފަ އެވެ. ފުރަތަމަ މުބާރާތަކީ މެއި މަހުގެ 5-13 އަށް މޭލާގައި ކުރިއަށްގެންދާ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖެވެ. މި މުބާރާތް މިދިޔަ އަހަރު ވެސް ވަނީ ބާއްވާފަ އެވެ. ދެ ވަނަ މުބާރާތް އޮންނާނީ ޖޫން 21-30 އަށް ފުވައްމުލަކުގަ އެވެ. ޒުވާން ބޮޑީބޯޑަރުން އުފައްދަމުން އަންނަ ފުވައްމުލަކުގައި ބާއްވާ މުބާރާތަކީ ފުވައްމުލަކު ބޮޑީބޯޑިން ޗެލެންޖެވެ.

އަންގާރަ ދުވަހުގެ ރޭގައި ބޭއްވި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: މިރާން ނާޝިމް/ އަދަދު

ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި އޮންނަނީ ސެޕްޓެމްބަރު 8-16 އަށެވެ. މި މުބާރާތަށް ދީފައިވާ ނަމަކީ ރަނދާ ބޮޑީބޯޑިން ޗެލެންޖެވެ. އަހަރުގެ އެންމެ ބޮޑު ލޯކަލް މުބާރާތް ކަމަށްވާ ގައުމީ ލީގުގެ ފަހު މުބާރާތަކީ އޮކްޓޯބަރު މަހުގެ 5-14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ބަނޑުފިލާ ޗެލެންޖެވެ. މި މުބާރާތް އޮންނާނީ މާލޭގަ އެވެ.

މިދިޔަ އަހަރު އެމްބީބީއޭ އިން ގައުމީ ލީގުގައި ހަ މުބާރާތެއް ހިމެނި އެވެ. ނަމަވެސް އޭގެ ތެރެއިން ބޭއްވުނީ ދެ މުބާރާތެވެ. އެހެން މުބާރާތްތައް ނުބޭއްވުނު އެންމެ ބޮޑު އެއް ސަބަބަކީ މިދިޔަ އަހަރު ކަލަންޑަރުގައި ނުހިމެނޭ ބަައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ޖެހުމެވެ. އެއީ، އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" އެވެ. މި އަހަރު އެ މުބާރާތްވެސް ކަލަންޑަރުގައި ހިމަނައިފައިވަނީ އެހެން މުބާރާތްތަކަށް އުނދަގޫ ނުވާ ގޮތަށެވެ.

އެމްބީބީއޭ އިން މިދިޔަ އަހަރުގެ ކަލަންޑަރުގައި ހަ މުބާރާތެއް ހިމެނި އެވެ. އެއީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، ލަބޭރާ ބޮޑީބޯޑިން ޗެލެންޖް، ގައުމީ ބަނޑުފިލާ ޗެލެންޖް، ސުލްޓާން އޮފް ތަނބުރުދޫ، އަދަހުކުރު ގޮންޖެހުން އަދި މުލަ ބޮޑީބޯޑިން ޗެލެންޖް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox