ރެޑްވޭވްގެ 15 ވަނަ ފިހާރަ މާލޭގައި ހުޅުވައިފި

ރެޑްވޭވުން މިއަދު ހުޅުވި ފިހާރަ: ފިހާރަ ހުޅުވައިދެއްވީ ކުންފުނީގެ ޗެއާމަން އަހުމަދު ސަލީމް -- ފޮޓޯ: މުހައްމަދު ހަފީޒު

ރެޑްވޭވުން މިއަދު ހުޅުވި ފިހާރަ: ފިހާރަ ހުޅުވައިދެއްވީ ކުންފުނީގެ ޗެއާމަން އަހުމަދު ސަލީމް -- ފޮޓޯ: މުހައްމަދު ހަފީޒު

ރެޑްވޭވުން މާލެ ސަރަހައްދުގައި ހުޅުވި އެ ކުންފުނީގެ 15 ވަނަ އައުޓްލެޓެ މިއަދު ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރެޑްވޭވްގެ އެންމެ ފަހުގެ ފިހާރަ ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމެވެ. މިފަހަރު ހުޅުވި "ރެޑްވޭވް ސެންޓްރަލް" ހުންނަނީ ކުރިން އަގޯރާ ފިހާރަ ހިންގި އިމާރާތުގަ އެވެ.

އެ ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރެޑްވޭވް ސެންޓްރަލް ހުޅުވުމުގެ ބޭނުމަކީ މިހިސާބުގަަނޑުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ވިޔަފާރި ކޮށްލެވޭނެ ގޮތް ހެދުން ކަމަށެވެ.

ރެޑްވޭވުގެ ޗެއާމަން ސަލީމް، އެ ފިހާރައިގެ މުވައްޒަފުންނާއެކު. -- ފޮޓޯ: އަދަދު
ރެޑްވޭވުގެ ޗެއާމަން ސަލީމް، އެ ފިހާރައިގެ މުވައްޒަފުންނާއެކު. -- ފޮޓޯ: އަދަދު

ރެޑްވޭވުގެ ޗެއާމަން ސަލީމް، އެ ފިހާރައިގެ މުވައްޒަފުންނާއެކު. -- ފޮޓޯ: އަދަދު

"މިތަނުން ވެސް ރެޑްވޭވް އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެ ރެޑްވޭވްގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިގައި ވެސް ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ،" ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވް ސެންޓްރަލްއަކީ ހަތަރު ފަންގިފިލާއަށް ހަދާފައި ހުރި ފިހާރައެކެވެ. އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކާބޯތަކެއްޗަށެވެ. ދެ ވަނަ ފަންގިފިލާގައި ހުންނަނީ ރީތިވާން ގެންގުޅޭ ސާމާނެވެ. ތިން ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގޭގައި ގެންގުޅޭ ތަކެއްޗަށެވެ. އަދި ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އަންނައުނަށެވެ.

ފިހާރަ ހުޅުވުމަށްފަހު ރެޑްވޭވުން ރޯދައަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox