އެމްބީބީއޭ އަށް 10 އަހަރު: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ވެސް މަތީ ފަޑީގައި

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

ބޮޑީބޯޑިން ކުޅިވަރެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަރުވައި, ރާއްޖޭގެ ބޮޑީބޯޑަރުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި މޯލްޑިވްސް ބޯޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އުފެއްދީ 2013 ވަނަ އަހަރުގެ ފެބްރުއަރީ 11 ގަ އެވެ. އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީކުރެވި ކުރިއަށްދިޔުމުގެ ކުރިން ވެސް މި ކުޅީވަރަކީ ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރެކެވެ. ދެހާހުގެ ކުރީކޮޅުގައި ވެސް ފޯރިއާ އެކު މާލޭ ރާޅުގަނޑު ސަރަހައްދުގައި "ބޫގީ ބޯޑުތައް" ހިފައިގެން ޒުވާނުން ރާޅާ އަޅަމުންދިޔަ އެވެ. އެމްބީބީއޭގެ ކޯ ފަައުންޑަރުންނަކީ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި މިފްޒާލް ހަމީދު އެވެ. މިއީ ދެ ބޮޑީބޯޑަރުންނެވެ.

އެސޯސިއޭޝަނެއްގެ ގޮތުގައި އޮވެ ފުރަތަމަ މުބާރާތް ވެސް އެމްބީބީއޭ އިން ބޭއްވީ 2013 ގަ އެވެ. އެސޯސިއޭޝަން އުފެދުމުގެ ކުރިން ވެސް ބޮޑީބޯޑިންގެ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ވާދަކޮށް ކާމިޔާބީ ހޯދަމުން އައި ނަމަވެސް ކުޅުންތެރިންނަށް ރަސްމީ ސިފައެއްގައި އަމިއްލަ ވަކި އެސޯސިއޭޝަނެއްގެ ދަށުން މުބާރާތަކުގައި ވާދަކުރަން ފުރުސަތު ލިބުނީ 2013 ގަ އެވެ. އެސޯސިއޭޝަނެއްގެ ގޮތުގައި އޮވެ, ބައިނަލްއަގްވާމީ ލެވެލްގައި އެމްބީބީއޭ އަށް ލިބުުނު ފުރަތަމަ ކާމިޔާބީ އަކީ އޮސްޓްރޭލިއާގައި އޮތް މުބާރާތަކުން ލިބުނު ރަން މެޑައްޔެވެ. އެ މުބާރާތުގެ ޖޫނިއާ ބައިން ރަން މެޑަލް ގެނެސްދިނީ އަލީ ޝާމް ރާފިއު އެވެ.

އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފެށި މަސައްކަތް އެމްބީބީއޭ އިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބުކުރި އެވެ. ސާފިންގެ އޭޝިއާގެ މައި އިދާރާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއި ރާއްޖޭގެ އެސޯސިއޭޝަންތައް ގުޅިގެން 2014 ގައި ސާފިން އާއި ބޮޑީބޯޑިން ހިމެނޭ ގޮތަށް "މޯލްޑްވިސް އޯޕަން"ގެ ނަމުގައި ބައިނަލްއަގްވާމީ މުބާރާތެއް ވެސް ބޭއްވި އެވެ. އެ މުބާރާތް ޖެހިޖެހިގެން ދެ އަހަރު ބޭއްވި އެވެ.

އެމްބީބީއޭ އިން ހޯދަމުން އައި ކުރިއެރުމާ އެކު ދެން ވިސްނުން ބަދަލުކުރީ ބޯޑަރުންގެ ފެންވަރު ރަނގަޅުކޮށް ބޮޑީބޯޑިންއާ ގުޅޭ ފަންނީ މީހުން ތަމްރީން ކުރުމަށެވެ. އެ ގޮތުން 2015 ގައި ބައިނަލްއަގްވާމީ ލެވެލްގެ ޖަޖިން ކޯހެއް ފުރަތަމަ ފަހަރަށް ބޭއްވި އެވެ. މި ކޯހާ އެކު މުބާރާތްތަކުގައި ދިވެހި ބޯޑަރުން ވާދަކުރާއިރު، އިސްކަންދޭންވީ ކަންތައްތަކާއި، މާކްސް ދިނުމުގައި ބަލާ މިންގަނޑުތައް ރަނގަޅަށް އެނގި، ބޯޑަރުންގެ ފެންވަރު ރަނގަޅުކުރަން ފުރުސަތު ލިބުނެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ އިވެންޓެއްގެ ތެރެއިން ކުޑަ އައްޔަ ރާޅާއަޅަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދުނިޔޭގެ އެކި އެކި ޖަމިއްޔާތަކާ ގުޅިގެން ކުރެވުނު މަސައްކަތުގައި އޭރު ދުނިޔޭގެ ބޮޑީބޯޑިން ޖަމިއްޔާ އެސޯސިއޭޝަން ފޯ ޕްރޮފެޝަނަލް ބޮޑީބޯޑާސްގެ މެންބަރަކަށް އެމްބީބީއޭ ވީ 2016 ގަ އެވެ. އެ އަހަރު، ގައުމީ ކުޅިވަރު ކައުންސިލްގެ މެންބަރަކަށްވެ، ގައުމީ ކުޅިވަރެއްގެ ދަރަޖަ ބޮޑީބޯޑިން އަށް ލިބުނެވެ. މިއާ އެކު ރާއްޖޭގައި ބޯޑީބޯޑިން ކުރިއެރުމާއި މުބާރާތްތައް ބޭއްވުމުގެ ރަސްމީ ޒިންމާ އެމްބީބީއޭ އާ ހަވާލުކުރެވުނެވެ.

އެ ގޮތުން، 2016 ގައި މާލޭ ރާޅުގަނޑު ސަރަހައްދު ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ މަސައްކަތަށް ނެގުމުން ބޮޑީބޯޑަރުންނަށް މުބާރާތްތައް ބޭއްވުމާ ޕްރެކްޓިސް ކުރުމުގައި އުނދަގޫތައް ދިމާވި އެވެ. މި ކަމަށް ހައްލެއް ހޯދައިދިނުމަށް އެމްބީބީއޭ އިން ވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ ގުޅިގެން ސާފް ފެރީ އޮޕަރޭޝަން ކުރިއަށް ގެންގޮސްފަ އެވެ. މިއީ، މާލެ އަތޮޅުގެ ސާފިން ޕޮއިންޓްތަކަށް މާލޭގެ ބޯޑަރުން ގޮސް ޕްރެކްޓިސް ކުރުމަށް ތަނަވަސްކޮށްދިން މުހިންމު ފުރުސަތެކެވެ.

އިދާރީ ކަންކަން ރަނގަޅުކުރެވި މި ކުޅިވަރުގެ މަގުބޫލުކަން އިތުރުކުރެވި ގައުމީ ފެންވަރުގެ މުބާރާތްތައް ވެސް އިތުރު ކުރެވުނެވެ. 2019ގައި ގައުމީ މުބާރާތުގެ ނަމުގައި ފުރަތަމަ ފަހަރަށް ރަސްމީ މުބާރާތެއް ބޭއްވި އެވެ. އޭގެ ކުރިން އެކި އެކި ނަން ނަމުގައި މުބާރާތްތައް ބޭއްވި ބޮޑީބޯޑިންގެ ޑިވިޝަންތައް އެ މުބާރާތްތަކުގައި ހިމެނި ކުރިއަށްދިޔަ އެވެ.

ޒުވާން ބޯޑަރުންނަށް އަމާޒުކޮށް ޖޫނިއާ ޑިވިޝަންތައް ތައާރަފްކުރެވި ގައުމީ ޓީމު އެކުލަވާލާ އުސޫލެއް ކަނޑައަޅައި އެ މަސައްކަތްވެސް 2019 އާއި 2020 ގައި ކުރިއަށްދިޔަ އެވެ.

ބޮޑިބޯޑިން ކުރިއެރުވުމުގައި އެސޯސިއޭޝަނާއި ކުޅުންތެރިނަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ މި ކުޅިވަރުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރެވުނު މަސައްކަތަށް އެސޯސިއޭޝަންގެ މިހާރުގެ ރައީސް އަބްދުﷲ އަރީފް (ފުކު) އާއި ގައުމީ ޗެމްޕިއަން، ކުޑަ އައްޔަ އަށް ގައުމީ އިނާމް ލިބުމެވެ. މިއީ، މި ކުޅިވަރުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކަށް ވެސް މި ކުޅިވަރުން ގިިނަ ކުރިއެރުންތަކެއް ހޯދިދާނެ ކަމުގެ އާ އުއްމީދެއް ލިބުނު ކަމެކެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ އިވެންޓެއްގެ ތެރެއިން ބޯޑަރަކު ރާޅާ އަޅަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮވިޑް-19ގެ ސަބަބުން ގިނަ ކަންކަން މަޑު ޖެހުނު ނަމަވެސް އެމްބީބީއޭ އިން 2022 އަށް ނުކުތީ ބޮޑެތި ސަޕްރައިޒިން ކަންތައްތަކަކާ އެކުގަ އެވެ. ބޮޑީބޯޑިންގެ ކުރީގެ ލެޖެންޑުންނަށް ގައުމީ ލެވެލްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނެެވެ. އަންހެން ބޯޑަރުންނަށް ގައުމީ މުބާރާތުގައި ވަކި ޑިވިޝަނެއް ތައާރަފްކޮށް އެމްބީބީއޭގެ ފިޔަގަނޑު އަނެއްކާވެސް ފުޅާކުރި އެވެ.

މުޅި ރާއްޖެ އަށާއި އެމްބީބީއޭގެ ކާމިޔާބީތަކުގެ އެންމެ މުހިންމު ތަނަބަކަށްވީ ރާއްޖޭގެ ބޮޑީބޯޑަރުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޯޑަރުންނާ ވާދަކޮށްލާނެ ފުރުސަތު އެމްބީބީއޭ އިން ތަނަވަސްކޮށްދިނުމެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ބޮޑީބޯޑިންގެ ވޯލްޑް ޓުއާ މުބާރާތުގެ ލެގެއް ރާއްޖޭގައި ބޭއްވީ 2022ގަ އެވެ. މާލޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި "ވިޒިޓް މޯލްޑިވްސް ޕްރޯ" ވެގެންދިޔައީ ރާއްޖޭގެ ބޯޑަރުންގެ ހަގީގީ ފެންވަރު ވަޒަންކޮށްލައި މި ކުޑަ ކުޑަ ރާއްޖޭގެ ނަން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުރަހާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އޭގެ ބޭނުން ދިވެހި ބޯޑަރުން ވަރަށް ރަނގަޅަށް ހިފި އެވެ. އެ ގޮތުން މޯލްޑިވްސް ޕްރޯގެ ސީނިއާ ބައިގެ ތިން ވަނަ ހޯދި ޓެނާ މެކްޑެނިއެލް އަތުން ރާއްޖޭގެ ކުޑައައްޔަ ތިން ވަނަ ބުރުގައި ހޯދި މޮޅަކީ ހުރިހާ ގޮތަކުން ބަލާއިރު ދިވެހިން ފަހުރުވެރިވެ، އުފާފާޅުކުރި ކަމެކެވެ. އޯޕަން ބައިގެ ކުއާޓާ ފައިނަލާ ހިސާބުން އައްޔަ ކެޓި ނަމަވެސް އޭނާ ވަނީ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަނެއްކޮޅުން، ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އުއްމީދީ ބޯޑަރު އާމިން އުމަރު މޫސާ ވާދަކުރި އެވެ. ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ރާއްޖޭގެ މުހަމްމަދު ޖަރީޝް ޖިހާދު އާއި އަބްދުﷲ ޝިމާލް ޝަމީމް ވެސް ވާދަކުރި އެވެ. އަހަރު ނިންމާލިއިރު ޑްރޮޕް-ނީ ބައިގެ ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި އޮތީ މި ކުޑަ ކުޑަ ރާއްޖޭގެ ކުޑަ އައްޔަ އެވެ.

މިދިޔަ 10 އަހަރުގެ ކާމިޔާބީއާ އެކު ކުރިއަށް އަހަރުތަކަށް އެމްބީބީއޭ އިން ނިކުންނަނީ އާ އުއްމީދުތަކަކާ އެކުގަ އެވެ. އިތުރު ކުރިއެރުމާ ކާމިޔާބީތަކަށް އުއްމީދު ކޮށްގެންނެވެ. އެމްބީބީއޭ، ކުޑައިގެ ދަށުން ހިންގާ މުބާރާތްތައް ފުޅާކޮށް މުޅި ރާއްޖެއަށް މި ކުޅިވަރުގެ ގޮފިތައް ދޫށްލައި އާ ދިރުމެއް ގެނައުމުގެ އިތުބާރާ ޔަގީންކަމާއެކުގަ އެވެ. އެމްބީބީއޭގެ އަމާޒަކީ 10 އަހަރު ފުރާ މުނާސަބާ މުޅި އަހަރު އެއްކޮށް ފާހަގަކުރުމެވެ. މި އަހަރަކީ "އިޔާ އޮފް ބޮޑީބޯޑިން"ގެ ގޮތުގައި ފާހަގަކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox